Roadha Mihaaru
ބައްސާމްގެ ދައުރު ނިމެނީ، ރާއްޖެ ފީފާގެ އިންތިޒާރުގައި

ބައްސާމްގެ ދައުރު ހަމަވަނީ، ރާއްޖޭން ފީފާގެ ނިންމުމެއްގެ އިންތިޒާރުގައި

04 ޖޫން 2024

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ، މި ދައުރު ހަމަވާތީ ދެން އަމަލުކުރާނެ ގޮތަކާ މެދު އެފްއޭއެމުން ފީފާގެ ލަފައަކަށް އެދިއްޖެ އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ، މި ދައުރު ހަމަވާތީ ދެން އަމަލުކުރާނެ ގޮތަކާ މެދު އެފްއޭއެމުން ފީފާގެ ލަފައަކަށް އެދިއްޖެ އެވެ.

ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާގެ ރައީސްކަމުގައި ދެވަނަ ދައުރު ހޭދަކުރައްވަމުން ގެންދަވާ، ބައްސާމްގެ މި ދައުރު ހަމަވާނީ އަންނަ މަހުގެ ދެވަނަ ދުވަހަށެވެ.

އިންތިހާބީ މަރުހަލާއެއްގައި އޮތް އެފްއޭއެމުން އެ މަސައްކަތް ހުއްޓާލާފައި އޮތީ ފީފާއިން އަންގައިގެންނެވެ. އެފްއޭއެމުން މި ފަހަރު، އިންތިހާބު ބާއްވަން މަސައްކަތް ކުރި ދެ ފަހަރު ވެސް ފީފާއިން އެ މަސައްކަތް ހުއްޓުވި އެވެ. ދެވަނަ ފަހަރު އެންގީ އިންތިހާބުގެ ކަންކަން މަޑުޖައްސާލުމަށެވެ.

މުޅިން އާ އިންތިހާބެއް އިއުލާނުކޮށްގެން ކުރިއަށް ގެންދެވޭނެ މުއްދަތެއް ބައްސާމްގެ މި ދައުރުގައި ދެން ނެތެވެ. އެފްއޭއެމްގެ އަސާސީ ގަވާއިދުގައިވާ ގޮތުގެ މަތިން އިންތިހާބަށް އިއުލާނުކުރުމަށް ފަހު، އިންތިހާބު ބާއްވާ ދުވަހާ ދެމެދު 45 ދުވަހުގެ މުއްދަތެއް ދޭން ޖެހޭނެ އެވެ. އެ މުއްދަތެއް މިދައުރުގައި ދެން ނެތެވެ.

ފެބްރުއަރީ މަހުގެ ކޮންގްރެސްގައި ޖައުޝަން (ކ) އާއި ބައްސާމް މަޝްވަރާ ކުރަނީ --- ފައިލް ފޮޓޯ: މިހާރު | ފަޔާޒު މޫސާ

ފެބްރުއަރީ މަހުގެ ކޮންގްރެސްގައި ޖައުޝަން (ކ) އާއި ބައްސާމް މަޝްވަރާ ކުރަނީ --- ފައިލް ފޮޓޯ: މިހާރު | ފަޔާޒު މޫސާ

އެފްއޭއެމްގެ އެކްޓިން ޖެނަރަލް ސެކްރެޓަރީ މުހައްމަދު ޖައުޝަން ޝަރީފް ވިދާޅުވީ، ދައުރު ހަމަވާތީ، އެކަން ފީފާގެ ސަމާލުކަމަށް ގެނެސްފައި ވާނެ ކަމަށެވެ.

މިހާތަނަށް އަދީ ވަކި ގޮތެއް ފީފައިން އަންގާފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކްލަބްތަކާއި އިދާރާތަކުން ވެސް ފީފާގެ ނިންމުމެއްގެ އިންތިޒާރުގައި

ފީފާގެ ޖަވާބެއްގެ އިންތިޒާރުގައި ތިބީ، ހަމައެކަނި އެފްއޭއެމްގެ ލީޑާޝިޕް އެކަންޏެއް ނޫނެވެ. ބައްސާމާ މެދު ހިތްހަމަނުޖެހިގެން އޭނާއާ ފެއަށް ޖެހުނު ކްލަބްތަކުން ވެސް ތިބީ ފީފާގެ ނިންމުމެއްގެ އިންތިޒާރުގަ އެވެ.

ފެބްރުއަރީ މަހު ބޭއްވި އެފްއޭއެމްގެ ކޮންގްރެސްގައި ބައިވެރި ނުކުރި ކްލަބްތަކާ އެކު، ފީފާގެ ވަފުދުން މިދިޔަ އޭޕްރީލް މަހު ވަނީ ބައްދަލުވުމެއް ބާއްވާފަ އެވެ. އެފްއޭއެމް އާއި ރާއްޖޭގެ ފުޓްބޯޅައިގެ ހާލަތު ބެލުމަށް ފީފާ އާއި އޭއެފްސީން ފޮނުވި މަންދޫބުން ހިމެނޭ އެ ވަފުދުން ފުޓްބޯޅައިގެ އިދާރީ ހިއްސާދާރުންނާ ބައްދަލު ކުރި އިރު އެ ކްލަބްތަކާ އެކު ވެސް ބައްދަލުވުމެއް ބޭއްވި އެވެ.

އެ ބައްދަލުވުމުގައި ކްލަބްތަކުން ވަނީ، އެފްއޭއެމް ނޯމަލައިޒޭޝަނަށް ގެންގޮސް ދޭން ފީފާގެ ވަފުދުގެ ކިބައިން އެދިފަ އެވެ.

"މި ކްލަބްތަކުން ގަބޫލު ކުރަނީ ރާއްޖޭގެ މުޅި ފުޓްބޯޅަ އަށް ވެސް އަދި ކްލަބްތަކަށް ވެސް އެންމެ މަސްލަހަތު ހުރި ގޮތަކަށް ވާނީ އެފްއޭއެމް ނޯމަލައިޒޭޝަނަކަށް ގެންގޮސްކަން. ނޯމަލައިޒޭޝަން ކޮމީޓީގެ ބެލުމުގެ ދަށޫން މައްސަލަތައް ހައްލުކޮށް އާ އިންތިހާބަކަށް ދިއުންކަމަށް. ފީފާ އިން ނިންމާނެ ގޮތަކާ މެދު އެހެން ބަޔަކު އިންތިޒާރު ކުރާ ވަރަށް ވުރެ މާ ބޮޑަށް މި ކްލަބްތަކުން ތިބީ އެ އިންތިޒާރުގައި،" ފީފާގެ ވަފުދާ އެކު ބޭއްވި ބައްދަލުވުމުގައި ބައިވެރިވި އޮފިޝަލަކު ބުންޏެވެ.

ފީފާއިން ރާއްޖެ އަށް ފޮނުވި ވަފުދުގެ ބޭފުޅުން: ވަފުދަށް ކްލަބްތަކުން ހުށަހެޅީ އެފްއޭއެމް ނޯމަލައިޒޭޝަނަކަށް ގެންދިއުމަށް --- ފޮޓޯ: އިސްމާއީލް ތޯރިގް | އެމްއޯސީ

ފީފާއިން ރާއްޖެ އަށް ފޮނުވި ވަފުދުގެ ބޭފުޅުން: ވަފުދަށް ކްލަބްތަކުން ހުށަހެޅީ އެފްއޭއެމް ނޯމަލައިޒޭޝަނަކަށް ގެންދިއުމަށް --- ފޮޓޯ: އިސްމާއީލް ތޯރިގް | އެމްއޯސީ

ސްޕޯޓްސް މިނިސްޓްރީ އާއި ސްޕޯޓްސް ކޮމިޝަނާގެ އޮފީހުން ވެސް ތިބީ ފީފާއިން ނިންމާނެ ގޮތަކަށް ކުރިއަށްދާން ތައްޔާރުވެގެންނެވެ. ފީފާގެ ވަފުދުން ވަނީ ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު އާއި ސްޕޯޓްސް ކޮމިޝަނާ މުހައްމަދު ރޮލާލްއާ ވެސް ބައްދަލު ކޮށްފަ އެވެ.

މިދިޔަ މަހު އެ މިނިސްޓްރީން ބޭއްވި ޕްރެސް ކޮންފަރެންސްގައި ސްޕޯޓްސް ކޮމިޝަނާ ތޮލާލް ވިދާޅުވީ އެފްއޭއެމާ މެދު ފީފާއިން ގޮތެއް ނިންމާނެ ކަމަށް، ރާއްޖެ އަށް އައި ފީފާގެ ވަފުދުން ބުނެފައިވާ ކަމަށެވެ.

ފީފާއިން ނިންމި ގޮތަކާ މެދު، ސަރުކާރުން އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން ފީފާގެ ވަފުދަށް އަރުވާފައިވާނެ ކަމަށް ތޮލާލް ވިދާޅުވި އެވެ. އަދި އޭނާ ވިދާޅުވީ އެފްއޭއެމާ ބެހޭގޮތުން ހިއްސާ ކުރަން ޖެހޭ މައުލޫމާތުތައް އޭނާ އެ ވަފުދާ ހިއްސާ ކުރެއްވި ކަމަށެވެ.

"ހަމަ އެ ގޮތަށް އަޅުގަނޑުމެންނަށް ވެސް އެބޭފުޅުން [ފީފާގެ ވަފުދު] ގެ ފަރާތުން މައުލޫމާތުތަކެއް ލިބިގެން ދިޔަ،" ތޮލާލް ވިދާޅުވެފައި ވެ އެވެ.

"ފީފާ އާއި އޭއެފްސީން އެ މައްސަލަތައް ބައްލަވަމުން ގެންދަވާތީ އަދި އެ ބޭފުޅުންގެ ޑިސިޝަންއެއް ވަރަށް އަވަހަށް އަޅުގަނޑުމެންނާ ހަމައަށް ހިއްސާ ކޮށްދެއްވާނެ ކަމަށް ވިދާޅުވެފައި ވާތީ އަޅުގަނޑުމެން އިތުރަކަށެއް އެފްއޭއެމްގެ ކަންކަން ކުރިއަކަށް ނުގެންދަން.

ސްޕޯޓްސް ކޮމިޝަނާ މުހައްމަދު ތޮލާލް، (ކ) ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު އާ އެކު: ފީފާގެ ވފުދުން އެ ދެބޭފުޅުންނާ ވެސް ބައްދަލު ކުރި --- ފައިލް ފޮޓޯ: ސްޕޯޓްސް މިނިސްޓްރީ

ސްޕޯޓްސް ކޮމިޝަނާ މުހައްމަދު ތޮލާލް، (ކ) ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު އާ އެކު: ފީފާގެ ވފުދުން އެ ދެބޭފުޅުންނާ ވެސް ބައްދަލު ކުރި --- ފައިލް ފޮޓޯ: ސްޕޯޓްސް މިނިސްޓްރީ

"އެ ބޭފުޅުން އެ ނިންމާ ކޮންމެ ގޮތަކާ މެދު ކަމެއްގެ އެއްބާރުލުމާއި އެހީތެރިކަން އަޅުގަނޑުމެން ދޭނެ ވާހަކަ ފީފާ އާއި އޭއެފްސން މިކޮޅަށް ވަޑައިގެންނެވި ވަފުދަށް އެ ޔަގީންކަން ދީފައި އަޅުގަނޑުމެން އޮންނާނީ

އެފްއޭއެމްގެ ލީޑާޝިޕާ މެދު ވަކިގޮތެއް އަދި ފީފާއިން އަމަލު ނުކުރިޔަސް، އެފްއޭއެމާ ދެކޮޅަށް ބައެއް ފިޔަވަޅުތައް އެ އިދާރާއިން ވަނީ އަޅައިފަ އެވެ. އެގޮތުން ފީފާއިން ގައުމުތަކަށް ދޭ ޑިވެލޮޕްމެންޓް ފަންޑު، އެފްއޭއެމް އަށް މި އަހަރު ދީފައެއް ނުވެ އެވެ. ވެސް."

އެފްއޭއެމްގެ ލީޑާޝިޕާ މެދު ވަކިގޮތެއް އަދި މިހާތަނަށް ފީފާއިން ނުނިންމިޔަސް، އެފްއޭއެމާ ދެކޮޅަށް ބައެއް ފިޔަވަޅުތައް އެ އިދާރާއިން ވަނީ އަޅައިފަ އެވެ. އެގޮތުން ފީފާއިން ގައުމުތަކަށް ދޭ ޑިވެލޮޕްމެންޓް ފަންޑު، އެފްއޭއެމް އަށް މި އަހަރު ދީފައެއް ނުވެ އެވެ.