ސިމްޑީ ގްރޫޕުން ހުޅުމާލެ 2 ގެ ބީޗުގައި 100 ގަސް އިންދައިފި އެވެ.
08 ޖޫން 2024
ސިމްޑީ ގްރޫޕުން ހުޅުމާލެ 2 ގެ ބީޗުގައި 100 ގަސް އިންދައިފި އެވެ.
މިދިޔަ ބުދަ ދުވަހު ފާހަގަކުރި މި އަހަރުގެ ތިމާވެށީގެ ދުވަހާ ގުޅުވައިގެން ބޭއްވި އެ ހަރަކާތުގައި އެ ކުންފުނީގެ މުވައްޒަފުންގެ އިތުރުން ސްކޫލުތަކުގެ ކުދިންނާއި ބެލެނިވެރިންނާއި އަމިއްލަ ޖަމިއްޔާތަކާއި ހުޅުމާލޭގައި ދިރިއުޅޭ މީހުން ވެސް ބައިވެރިވި އެވެ.
ސިމްޑީ އިން ބޭއްވި ގަސް އިންދުމުގެ ޕްރޮގްރާމްގައި ދެ ފުލުހަކު ހުޅުމާލެ 2 ގެ ބީޗު ސަރަހައްދުގައި ގަހެއް އިންދަނީ.--- ފަޔާޒު މޫސާ| މިހާރު
ސިމްޑީ އިން ބުނިގޮތުގައި އެ ކުންފުނީގެ އިސްވެރިންނާއި ކުންފުނީގެ އެކި ފަންތީގެ 100 މުވައްޒަފުންނާ އެކު، މި ހަރަކާތުގައި ހާހަކަށް ވުރެ ގިނަ މީހުން ބައިވެރިވި އެވެ. އެއީ ތިމާވެށި ރައްކާތެރިކުރުމަށްޓަކައި ގަސް އިންދުމަށް އާއްމުންނަށް ހިތްވަރުދީ، ސަރުކާރުން ފެށި ފަސް މިލިއަން ގަސް އިންދުމަށް ޕްރޮގްރާމަށް އެހީތެރިވާން ހިންގި ހަރަކާތެއް ކަމަށް ވެސް ސިމްޑީ އިން ބުންޏެވެ.
މި ހަރަކާތް ސިމްޑީއިން ކުރިއަށް ގެންދިޔައީ ހުޅުމާލެ ކޮމިއުނިޓީ އެލަޔަންސާ ގުޅިގެންނެވެ.
މާލެއިން 922 ޓަނުގެ ޕްލާސްޓިކް ކުނި ބޭރުކުރި
ހުޅުމާލެ ފަރަށް ގެއްލުން ދިން މީހުންނަށް ފިޔަވަޅުއަޅަނީ
ހުޅުމާލޭ ފަރަށް ބަޔަކު ގެއްލުން ދީފި
ފަހި ފްލެޓްގައި ރެނދު، ބުނީ ނުރައްކަލެއް ނެތް ކަމަށް
ހުޅުމާލެ ޗެނަލް ޕާކަށް ނުވަދެވޭ ގޮތަށް ބޮއި އަޅައިފި
ފްލެޓްތައް ކައިރީ މާރާމާރީ ހިންގި ބަޔަކު ހައްޔަރުކޮށްފި
ހުޅުމާލެ ޗެނަލްގައި އިންޖީނުލީ އުޅަނދު ދުއްވުން މަނާ
ހުޅުމާލޭގައި 60 ރުއް އިންދައިފި
މާލެ އާއި ހުޅުމާލޭގެ އެކި ހިސާބުން ކަރަންޓު ކެނޑިއްޖެ
ހުޅުމާލެ ޗެނަލް ޕާކުގައި މުރަކަ އާލާކުރަނީ