ސައޫދީ އަރަބިއްޔާގެ މައްކާއަށް އިއްޔެ ހޫނުމިން 51.8 ޑިގްރީ ސެލްސިއެސް އަށް މައްޗަށް ދިޔަ ކަމަށާއި އެހެންވެ ހައްޖުގެ އަޅުކަމަށް ގޮސް ތިބި ދެ މިލިއަނެއްހާ މީހުން ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކު އުޅުމަށް ސައޫދީ ސަރުކާރުން އަނެއްކާވެސް އިލްތިމާސްކޮށްފި އެވެ.
ސައޫދީ އަރަބިއްޔާގެ މައްކާއަށް އިއްޔެ ހޫނުމިން 51.8 ޑިގްރީ ސެލްސިއެސް އަށް މައްޗަށް ދިޔަ ކަމަށާއި އެހެންވެ ހައްޖުގެ އަޅުކަމަށް ގޮސް ތިބި ދެ މިލިއަނެއްހާ މީހުން ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކު އުޅުމަށް ސައޫދީ ސަރުކާރުން އަނެއްކާވެސް އިލްތިމާސްކޮށްފި އެވެ.
ހައްޖު މޫސުން ފެށުމުގެ ކުރިން ވެސް ސައޫދީން ވަނީ އާންމުކޮށް ހޫނު ގަދަވާ ވަރަށް ވުރެ މިފަހަރު ހޫނު ގަދަވާނެ ކަމަށް ލަފާކޮށްފަ އެވެ. ހައްޖުގެ އަޅުކަމުގެ ތެރޭގައި ހޫނުގެ ސަބަބުން ބައެއް ހައްޖާޖީން މަރު ވެސް ވެފައި ވަނިކޮށް ސައޫދީން ބުނީ އާދީއްތަ ދުވަހު އެކަނި ވެސް ހޫނުގެ ސަބަބުން ސިއްހީ އެކި މައްސަލަތައް ކުރިމަތިވި 2،700 މީހަކަށް ފަރުވާ ދޭން ޖެހުނު ކަމަށެވެ.
ސައޫދީގެ މޫސުމާ ބެހޭ އިދާރާއިން ބުނީ މައްކާ ސަރަހައްދުގައި އިއްޔެ 51.8 ޑިގްރީ ސެލްސިއެސް އަށް ހޫނުމިން އެރި އިރު، ހައްޖުގެ އަޅުކަމުގެ އެންމެ ފަހު ރުކުންތަކުގެ ތެރޭގައި ހިމެނޭ ޖަމްރާއަށް ހިލަ އުކުން ކުރިއަށްދާ މިނާގައި 46 ޑިގްރީ ސެލްސިއެސް އަށް ހޫނުމިން ހުރި ކަމަށެވެ.
"މިއަދަކީ [އިއްޔެ] ހައްޖުގެ އަޅުކަން ފެށި ފަހުން ހޫނު އެންމެ ގަދަވި ދުވަސް ... އަޅުގަނޑުމެންގެ އިލްތިމާސަކީ ސީދާ އަތްވަށް ހުށަހެޅޭ ގޮތަށް ނޫޅުން،" ސައޫދީ ހެލްތު މިނިސްޓްރީއާ ހަވާލާދީ އަލް އިޚްބާރިއްޔާ ޗެނަލް އިން ބުންޏެވެ.
މި އަހަރު ހައްޖަށް ދިޔަ މީހަކު ގަދަ ހޫނުގެ ތެރޭގައި ކަރު ހިއްކުން ފިލުވައިލަން ފެން ބޮނީ: އިއްޔެ އަކީ މި ހައްޖު މޫސުމުގައި މައްކާއަށް އެންމެ ހޫނުވި ދުވަސް. -- ފޮޓޯ: އޭއެފްޕީ
ހޫނު ގަދަވެގެން ކުރިމަތިވި ސިއްހީ މައްސަލަތަކުގައި އުރުދުންގެ ހައްޖާޖީންގެ ތެރެއިން 14 މީހަކު މަރުވެފައިވާ ކަމަށް އެ ގައުމުގެ ފޮރިން މިނިސްޓްރީން ކުރިން ވަނީ ބުނެފަ އެވެ. އަދި އިތުރު 17 މީހަކު ގެއްލިފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ. އީރާނުން ވެސް ވަނީ އެ ގައުމުގެ ހައްޖާޖީންގެ ތެރެއިން ފަސް މީހަކު މަރުވެފައިވާ ކަމަށް ބުނެފަ އެވެ. އެކަމަކު ސަބަބެއް ހާމައެއް ނުކުރެ އެވެ.
ސައޫދީގައި ހުންނެވި އިންޑޮނީޝިއާގެ ހެލްތު މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި އެ ގައުމުން ހައްޖަށް ދިޔަ މީހުންގެ ތެރެއިން މިހާތަނަށް 136 މީހަކު މަރުވެފައި ވާއިރު އޭގެ ތެރެއިން އެކަކު މަރުވީ ހޫނު ގަދަވެ "ހީޓް ސްޓްރޯކް" އެއް ޖެހިގެން ކަމަށެވެ.
އިރާގުގެ ކުރުދީންގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި، ކުރުދީންގެ ތެރެއިން ވެސް 13 މީހަކު ވަނީ މަރުވެފަ އެވެ. އޭގެ ތެރެއިން 11 މީހުންނަކީ އަންހެނުް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ހާޓް އެޓޭކް ޖެހިގެން ވެސް ވެސް ބަޔަކު މަރުވި ނަމަވެސް މައިގަނޑު އެއް ސަބަބަކީ ގަދަ ހޫނު ކަމަށާއި އެކަމަކު މަރުވި 12 މީހުންނަކީ ހައްޖަށް ދިއުމުގެ ރަސްމީ ހުއްދަ ނެތި އުޅޭތީ، ފިނިކުރާ ނިޒާމުތައް ހަރުކޮށްފައި ހުރި ސަރަހައްދުތަކަށް ވަދެވޭނެ ގޮތެއް ނެތް މީހުން ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
މިދިޔަ އަހަރު ވެސް ގަދަ ހޫނުގެ ސަބަބުން ހައްޖުގެ އަޅުކަމުގެ ތެރޭގައި 240 މީހަކު މަރުވި އެވެ. -- އޭއެފްޕީ
ހައްޖާއި ހޫނު މޫސުން ދެން ދިމާވާނީ 25 އަހަރު ފަހުން
ހައްޖު ދުވަހު ހައްޖާޖީން ޓެންޓުތަކުގައި ތިބެން އެދެފި
ހޫނު މޫސުމުގެ ހައްޖެއް އޮންނާނީ 16 އަހަރު ފަހުން
ގަދަ ހޫނުގެ ސަބަބުން ހައްޖާޖީންގެ ބަޔަކު މަރުވެއްޖެ
ހައްޖުގެ އަޅުކަމަށްފަހު ރައީސް ރާއްޖެ ވަޑައިގެންފި
ރައީސް، ސައުދީގެ ވަލީ އަހުދާ ބައްދަލުކުރައްވައިފި
171 ގައުމަކުން 1.6 މިލިއަން މީހުން ހައްޖުވި
ސައޫދީގެ ރަސްގެފާނަށް ރައީސް މުއިއްޒުގެ ހާއްސަ ޝުކުރު
ފަލަސްތީނަށް ނަސްރު ދެއްވުން އެދި އަރަފާތުގައި ދުއާއެއް
ހައްޖާޖީންގެ ރައްކަލަށް އޭއައި، ޑްރޯން، ހާހުން ކެމެރާ