ސަރުކާރުން އުމްރާނީ ބޮޑެތި މަޝްރޫއުތަކަށް ކުރި ހޭދަ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ދަށްވެއްޖެ އެވެ.
19 ޖޫން 2024
ސަރުކާރުން އުމްރާނީ ބޮޑެތި މަޝްރޫއުތަކަށް ކުރި ހޭދަ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ދަށްވެއްޖެ އެވެ.
ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ކެޕިޓަލް ހަރަދުގެ ގޮތުގައި މި އަހަރުގެ މިހާތަނަށް ހޭދަކުރީ 3.5 ބިލިއަން ރުފިޔާ އެވެ. އެއީ މިދިޔަ އަހަރުގެ މި މުއްދަތަށް ވުރެ ގާތްގަނޑަކަށް 50 ޕަސެންޓު ދަށް އަދަދެކެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފަހު އަހަރު، މި މުއްދަތުގައި ދައުލަތުން ކެޕިޓަލް ހަރަދުތަކަށް 6.5 ބިލިއަން ރުފިޔާ ހޭދަކުރި އެވެ.
މި އަހަރަށް ކަނޑައަޅާފައިވާ ބަޖެޓުގައި ބޮޑެތި މަޝްރޫއުތައް ހިންގުމަށް 13 ބިލިއަން ރުފިޔާ ކަނޑައަޅާފައި ވެ އެވެ. އެކަމަކު، މި އަހަރުގެ މިހާތަނަށް ހަރަދުކުރީ ބަޖެޓުގެ 26 ޕަސެންޓެވެ.
މި އަހަރުގެ އުމްރާނީ މަޝްރޫއުތަކަށް ކުރާ ހޭދަ އެހާ ބޮޑަށް ދަށްވެފައިވަނީ މަގު ހެދުމާއި އެއާޕޯޓު ޕްރޮޖެކްޓްތަކަށް ކުރި ހޭދަ ކުޑަވުމުންނެވެ. މި އަހަރުގެ މިހާތަނަށް އެފަދަ މަޝްރޫއުތަކަށް ހޭދަކުރީ 300 މިލިއަން ރުފިޔާ އެވެ. މިދިޔަ އަހަރު ޖޫން މަހާ ހަމައަށް އެފަދަ މަޝްރޫއުތަކަށް ދެ ބިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.
މި ސަރުކާރުން އަންނަނީ ދައުލަތުގެ ހަރަދުތައް ކުޑަ ކުރުމަށްޓަކައި އިތުރު ފިޔަވަޅުތައް އެޅުމަށް ތައްޔާރު ވަމުންނެވެ.
މި އަހަރުގެ ޖުމްލަ ހަރަދު ވެސް ވަނީ 2.4 ބިލިއަން ރުފިޔާ މިދިޔަ އަހަރަށް ވުރެ ކުޑަކޮށްފަ އެވެ. ހަރަދުތައް އެންމެ ބޮޑަށް ކުޑަކޮށްފައި ވަނީ ޕްރޮޖެކްޓްތަކުންނެވެ.
ދައުލަތުގެ ޖުމްލަ ބަޖެޓު 49.8 ބިލިއަން ރުފިޔާ އަށް އަރާއިރު، މި އަހަރުގެ މިހާތަނަށް ބަޖެޓުން ވަނީ 18.8 ބިލިއަން ރުފިޔާ ހޭދަކޮށްފަ އެވެ.
ބަޖެޓުގައި ޖެހި މަޝްރޫއުތަކުގެ ތަފްސީލު ނުދޭތީ ނުރުހުން
އަންނަ އަހަރު ހަރަދުން 6.6 ބިލިއަން ސަލާމަތް ކުރަނީ
އަންނަ އަހަރަށް ލަފާކުރާ ބަޖެޓު 64 ބިލިއަނަށް
އަންނަ އަހަރުގެ ބަޖެޓު ހުށަހެޅުން ބުރާސްފަތި ދުވަހު
2.7 ބިލިއަން ކުޑަކުރަން އުނދަގޫވާނެ: އޮޑިޓް
ހަރަދުތައް ކުޑަ ކުރަން ހަރުކަށި ފިޔަވަޅުތަކެއް އަޅަނީ
ކުރީ ސަރުކާރުން މިއަހަރު ބަދަލަށް 438 މިލިއަން ދިން
5މިލިއަނަށް ވުރެ ބޮޑު ބީލަންތައް "ބީލަން ޕޯޓަލް"އަށް
ސަރުކާރުގެ ކުންފުނިތަކަށް 300 މިލިއަން ބަޖެޓުން ދީފި
އަންނަ އަހަރުގެ ބަޖެޓް 50 ބިލިއަނަށް އަރާފާނެ