Roadha Mihaaru
ސައިކަލާއެކު މޫދަށް ވެއްޓުނު މީހަކު މަރުވެއްޖެ

ނޮޅިވަރަމް ބަނދަރުމަތިން ސައިކަލާއެކު މޫދަށް ވެއްޓުނު މީހަކު މަރުވެއްޖެ

21 ޖޫން 2024

ހދ. ނޮޅިވަރަމް ބަނދަރުމަތިން ސައިކަލާއެކު މޫދަށް ވެއްޓުނު މީހަކަށް ފަރުވާ ދެނިކޮށް ނިޔާވެއްޖެ އެވެ.

ހދ. ނޮޅިވަރަމް ބަނދަރުމަތިން ސައިކަލާއެކު މޫދަށް ވެއްޓުނު މީހަކަށް ފަރުވާ ދެނިކޮށް ނިޔާވެއްޖެ އެވެ.

ފުލުހުން ބުނީ ސައިކަލާއެކު މޫދަށް ވެއްޓިގެން މީހަކަށް ފަރުވާދެމުންދާ ކަމަށް ރޭ 9:15 ގައި ރިޕޯޓު ކޮށްފައިވާ ކަމަށާއި ނޮޅިވަރަމް ހެލްތު ސެންޓަރުގައި އޭނާ އަށް ފަރުވާ ދެމުން ދަނިކޮށް ނިޔާވެފައިވާ ކަމަށެވެ.

އެ ހާދިސާގައި ނިޔާވީ އުމުރުން 32 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާއަކީ އެ ރަށު މީހެކެވެ.

އެނގިފައިވާ ގޮތުގައި އޭނާ މަރުވީ މޫދަށް ވެއްޓި ފިޓު ޖެހިގެންނެވެ.

ފުލުހުން ބުނީ އެ މައްސަލާގައި އިތުރަށް ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.