Roadha Mihaaru
ޖަރުމަނުން އެއްވަނަ ގެންގޮސްފި، ހެންގޭރީ އިންތިޒާރުގައި

ސްވިޒަލެންޑާ ވާދަކޮށް ޖަރުމަނުން އެއްވަނަ އަތުލައިފި، ސްކޮޓްލެންޑް ބަލިކޮށް ހެންގޭރީ އިންތިޒާރުގައި

24 ޖޫން 2024

ފްރެންކްފާޓް (ޖޫން 24) – ބަލިވެދާނެ ކަމަށް ބަލައިގެން ތިއްބައި، ސްވިޒަލެންޑާ އެއްވަރުކޮށް ގުރޫޕް އޭގެ އެއްވަނަ ޖަރުމަނުން ހޯދައިފި އެވެ.

ފްރެންކްފާޓް (ޖޫން 24) – ބަލިވެދާނެ ކަމަށް ބަލައިގެން ތިއްބައި، ސްވިޒަލެންޑާ އެއްވަރުކޮށް ގުރޫޕް އޭގެ އެއްވަނަ ޖަރުމަނުން ހޯދައިފި އެވެ.

މުބާރާތުގެ ފުރަތަމަ މެޗުން ފެށިގެން ދިޔައީ އެ ގުރޫޕްގެ އެއްވަނަ ދަމަހައްޓަމުންނެވެ. ކުޅުނު ތިން މެޗުން ހަތް ޕޮއިންޓް ހޯދައި، ތާވަލުގައި ދެ ޕޮއިންޓްގެ ލީޑެއް ވެސް ނެގި އެވެ.

ސްވިޒަލެންޑަށް ލިބިފައި އޮތް ހަތަރު ޕޮއިންޓްގެ ތެރެއަށް، މިރޭގެ މެޗުން ހޯދި އެއް ޕޮއިންޓް އެއްކޮށްލުމުން ޖުމުލަ ފަސް ޕޮއިންޓް އެ ޓީމަށް ހަމަ ވެއެވެ.

ދެވަނަ ބުރުން ޖާގަ ކަށަވަރުވެފައި އޮތް ނަމަވެސް، ޓީމު ބަދަލުކުރުމުގެ ވިސްނުމެއް ޖަރުމަނުގެ ކޯޗު ހޫލިއަން ނަގެލްސްމަން، ނުގެން ގުޅުނެވެ. އޭނާ ނެރުނީ ޖަރުމަނުގެ މުހިންމު ކުޅުންތެރިންގެ ފުލް ސެޓް އޮތް ގޮތަށެވެ.

ފުރަތަމަ ހާފުގައި ޖަރުމަނުގެ ރޮބާޓް އަންޑްރިޗް ލަނޑު ޖަހައި، ޖަރުމަނަށް ލީޑް ނަގައިދެވުނު ކަމަށް ހީކޮށް އުފާފާޅު ވެސް ކުރި އެވެ. އެކަމަކު ވީއޭއާރްގެ ލޮލުން ބެލުމުން ލަނޑު ސައްހައެއް ނުވި އެވެ. ގޯލް ޖަހަން ޖަރުމަނުން ކުޅުނު ބިލްޑްއަޕްގައި ފައުލުކޮށްފައިވާކަން، އެ ޓެކްނޮލޮޖީގެ އެހީގައި ދެނެގަތެވެ.

މެޗުގައި ލީޑް ނެގި ފުރަތަމަ ސައްހަ ލަނޑު ޖެހީ ސްވިޒަލެންޑުންނެވެ. ޑާން އަންޑޯއީ މެޗުގެ 28 ވަނަ މިނެޓްގައި ލަނޑު ޖެހީ ރެމޯ ފްރައިލާ ދިން ބޯޅައިންނެވެ.

މެޗު ނިމެން ވަގުތުކުޑަތަން ވެފައި ވަނިކޮށް، ސްވިޒަލެންޑުން ގުރޫޕްގެ އެއްވަނަ ހޯދަން ކުރި އުންމީދު ޖަރުމަނުގެ ނިކޮލާ ފުލްކުރްގް ހުރަސް އެޅީ މެޗުގެ ނަތީޖާ ހަމަހަމަކޮށްގެންނެވެ. އޭނާ ލަނޑު ޖެހީ މެޗުގެ 90 މިނެޓް ހަމަވެގެން ދެއްކި އިތުރު ވަގުތުގެ ދެވަނަ މިނެޓްގަ އެވެ.

ސްކޮޓްލެންޑް ކައިރިން، ހަންގޭރީ ވެސް މޮޅުވެ ދެވަނަ ބުރަށް ދިއުމުގެ އުންމީދު ވަނީ ދަމަހައްޓައިފަ އެވެ.

މެޗު އެއްވަރުވެދާނެ ކަމަށް ބެލެވިފައި ވަނީކޮށް އިތުރު ވަގުތުގެ 10 ވަނަ މިނެޓްގައި ޖެހީ ކެވިން ޗަސަބޮތު އެވެ.

ހަ ގުރޫޕްގެ ތެރެއިން ތިންވަނަ އަށް ދާ ޓީމުތަކުގެ ތެރެއިން، އެންމެ ރަނގަޅު ހަތަރު ޓީމު ވެސް ދެވަނަ ބުރަށް ކޮލިފައި ވާނެ އެވެ. ހަންގޭރީ އަށް އޮތީ އެ ފުރުސަތަށް އިންތިޒާރު ކުރުމެވެ.