Roadha Mihaaru
ޓޭލާ ލަވަކިޔަނިކޮށް އަނގަޔަށް މެއްސެއް ވަދެއްޖެ

ޓޭލާ ލަވަކިޔަނިކޮށް އަނގަޔަށް މެއްސެއް ވަދެއްޖެ

26 ޖޫން 2024

އެމެރިކާގެ ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓްގެ "އިރާސް ޓުއާ"ގެ ދަށުން ލަންޑަނުގައި ޕާފޯމްކުރަނިކޮށް އޭނާ އަނގަޔަށް މެއްސެއް ވަދެއްޖެ އެވެ.

ހަފީޒާ އަހުމަދު ހަފީޒާ އަހުމަދު

އެމެރިކާގެ ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓްގެ "އިރާސް ޓުއާ"ގެ ދަށުން ލަންޑަނުގައި ޕާފޯމްކުރަނިކޮށް އޭނާ އަނގަޔަށް މެއްސެއް ވަދެއްޖެ އެވެ.

އެ ހާދިސާ ހިނގީ ލަންޑަންގެ ވެމްބްލީ ސްޓޭޑިއަމްގައި ބޭއްވި "އިރާސް ޓުއާ" ކޮންސެޓްގައި އޭނާގެ މަޝްހޫރު ލަވައެއް ކަމަށްވާ "އޯލް ޓޫ ވެލް" ކިޔުމަށް އަނގަ ހުޅުވައިގެން ހުއްޓަ އެވެ. އެއީ މިދިޔަ އާދިއްތަ ދުވަހުގެ ރޭގަ އެވެ.

އޭނާގެ އަނގަޔަށް މެހި ވަނުމުން ކެއްސާތަން ވެސް ފެނެ އެވެ. އަދި ކުޑަ އިރުކޮޅަކަށް ލަވަކިޔުން ހުއްޓާލުމަށް ފަހު އަނެއްކާ ވެސް ފަށަ އެވެ. އަދި އަނގަޔަށް މެއްސެއް ވަތް ކަމަށް ވެސް އޭނާ ބުނެ އެވެ.

މީގެ ކުރިން ވެސް ކޮންސެޓެއްގައި ޕާފޯމްކުރަނިކޮށް ޓޭލާގެ އަނގަޔަށް މެއްސެއް ވަނެވެ. އެއީ މިދިޔަ އަހަރު ޖޫން މަހު ޗިކާގޯގައި ބޭއްވި ޝޯއެއްގަ އެވެ.

ޓޭލާގެ ލޯބިވެރިޔާ ޓްރެވިސް ކެލްސޭ ވެސް ވަނީ ލަންޑަންގައި ބޭއްވި ކޮންސެންޓުގައި ބައިވެރިވެފަ އެވެ. އަދި އިނގިރޭސި ޝާހީ އާއިލާގެ ޕްރިންސް ވިލިއަމް އާއި އޭނާގެ ކުދިން ވެސް ބައިވެރިވެވަޑައިގަތެވެ. އަދި ހޮލީވުޑްގެ މަޝްހޫރު ބައެއް ތަރިން ވެސް އެ ކޮންސެޓަށް ދިޔަ އެވެ.