Roadha Mihaaru
ފުޓްބޯޅަ އަލުން ދިރުވަން ސޮނީ ސްޕޯޓްސް އިން ކެމްޕޭނެއް

ފުޓްބޯޅަ އަލުން ދިރުވައި އާލަކުރަން ސޮނީ ސްޕޯޓްސް އިން ކެމްޕޭނެއް

26 ޖޫން 2024

ވަޅުޖެހިފައި އޮތް ދިވެހި ފުޓްބޯޅަ އަލުން ކޮޅަށްނަގަން، ސޮނީ ސްޕޯޓްސް އިން އިސްނަގައިގެން ކެމްޕޭނެއް ފަށަން ތައްޔާރުވެއްޖެ އެވެ.

ވަޅުޖެހިފައި އޮތް ދިވެހި ފުޓްބޯޅަ އަލުން ކޮޅަށްނަގަން، ސޮނީ ސްޕޯޓްސް އިން އިސްނަގައިގެން ކެމްޕޭނެއް ފަށަން ތައްޔާރުވެއްޖެ އެވެ.

ފުޓްބޯޅައަކީ ރާއްޖޭގައި، ކުރިން އެންމެ މަގުބޫލު ކުޅިވަރެވެ. ހަގު އުމުރުފުރާތަކުން ފެށިގެން ސްކޫލް މަރުހަލާ އާއި ޔޫތު މުބާރާތްތަކުން އަދި ގައުމީ ފެންވަރުގެ ވާދަވެރި ލީގުތަކާ ހަމައަށް ވެސް ރާއްޖޭގެ އެންމެ ފޯރިގަދަ ކުޅިވަރުގެ ގޮތުގައި އޭރު އޮތީ ފުޓްބޯޅަ އެވެ.

އެކަމަކު، މި ކުޅިވަރަށް ޝައުގުވެރިވާ ކުދިންގެ އަދަދު ދަނީ ދަށްވަމުންނެވެ.

ސޮނީ ސްޕޯޓްސްއިން ދާދި ފަހުން ކުރި ދިރާސާއަކުން ދައްކާގޮތުގައި އެމެޗްއާ ކުޅުންތެރިންގެ ތެރެއިން، ވަކިން ހާއްސަކޮށް ފޫހިފިލުވާލުމަށާއި ކަސްރަތެއްގެ ގޮތުގައި ކުޅޭ ކުޅުންތެރިންގެ މެދުގައި ވެސް ފުޓްބޯޅައިގައި ބައިވެރިވާ ނިސްބަތް 43.5 ޕަސެންޓް، ވަނީ ދަށަށް ގޮސްފަ އެވެ.

މި ނަންބަރުތަކަކީ ހަމައެކަނި ތަފާސްހިސާބުތަކެއް ނޫނެވެ. މިއީ ދިރިއުޅުމުގެ ވައްޓަފާޅި އާއި އިސްކަންދޭ ކަންކަމަށް އަންނަ ބޮޑެތި ބަދަލުތައް ދައްކުވައިދޭ އަދަދުތަކެކެވެ.

ބިޒްނަސް މެނޭޖްމެންޓް ކޮންސަލްޓަންސީ ފޯރުކޮށްދޭ ދުނިޔޭގެ އެންމެ ބޮޑު ކޮންސަލްޓަންޓް ފާމް، 'ދަ މެކިންޒީ'ން އެކުލަވާލި ކޮންޒިއުމާ ސްޕޯޓްސް ބިހޭވިއާސް ރިޕޯޓްގައި ބުނެފައިވާ ގޮތުން އާންމުން ބޭނުންވަނީ ކުޅިވަރު ކުޅުމަށް ފަހި، ހޭދަކުރަން ޖެހޭ ވަގުތު މަދު އަދި ފަސޭހައިން ބައިވެރިވެވޭނެ ފުރުސަތުތައް ފޯރުކޮށްދޭ ހަރަކާތެކެވެ.

މިވަގުތު ފުޓްބޯޅައިގެ ސަގާފަތް އޮތް ގޮތުން، އެ ސިފަތައް އެކަށައެޅޭނެ ގޮތެއް ނެތެވެ.

ފުޓްބޯޅައިގައި ބައިވެރިވާން އޮތް މައިގަނޑު ހުރަހެއްގެ ގޮތުގައި، ސޮނީ ސްޕޯޓްސްގެ ދިރާސާ ސާވޭގައި ބައިވެރިވި މީހުންގެ ތެރެއިން 40 ޕަސެންޓް މީހުން ފާހަގަ ކުރީ، އެ މީހުންނަށް ވަގުތު ނުވުމެވެ. އަދި 17 ޕަސެންޓް މީހުން ފާހަގަކޮށްފައިވަނީ ފުޓްބޯޅައާ މެދު މޮޓިވޭޝަން ގެއްލުމެވެ.

ފުޓްބޯޅަ ފަހަތަށް ސޮއްސާލައިގެން ދިއުމުގެ، ކަންބޮޑުވުން ގުޅިފައި އޮތީ ހަމައެކަނި ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ފުޓްބޯޅައިގައި ބައިވެރިވާ މީހުންގެ އަދަދު ދަށަށް ދިއުމާ މެދު އެކަންޏެއް ނޫނެވެ. ރާއްޖޭގެ ފުޓުބޯޅައިގައި އޮތް އިޖްތިމާއީ އަދި ސަގާފީ ފޯރި ވެސް ގެއްލިގެން ދިއުމަކީ، އިންތިހާ އަށް އޮތް ކަންބޮޑުވުމެކެވެ.

ކުޅެން އެއްވާ ޒުވާނުން މަދުވުމުން، ގެއްލިގެން ދަނީ ފުޓްބޯޅައިގައި އުފެދޭ އެތުލީޓުން އެކަންޏެއް ވެސް ނޫނެވެ. މުޖުތަމައު ގުޅުވައިދޭ އިޖުތިމާއީ ގުޅުންތެރިކަން ވެސް ފަނޑުވެގެން ހިނގައިދާނެ ކަމުގެ ކަންބޮޑުވުން ވެސް އެބައޮތެވެ.

ނަމަވެސް ހުރިހާ ކަމެއް ގެއްލިގެން ވެސް ނުދެ އެވެ. ހުރިހާ އުންމީދެއް ވެސް ފަނޑެއް ނުވެ އެވެ. މިހާރު އޮތް ގޮންޖެހުންތަކުގެ ތެރެއިން ވެސް، ހާލަތު ބަދަލު ކުރުމަށް އާ ވިސްނުންތަކާ އެކު ފުރުސަތުތަކެއް ހުޅުވިގެންދެ އެވެ.

ސޮނީ ސްޕޯޓްސްއިން އިސް ނެގީ އެ މަސައްކަތަށެވެ. މަރުވެފައި އޮތް ފުޓްބޯޅަ އަލުން ދިރުވަން މަސައްކަތް ކުރާނެ ގޮތުގެ ވިސްނުންތަކާ އެކު އެ ކުންފުނިން ވަނީ ކެމްޕޭނެއް ފެށުމަށް ތައްޔާރުވެފަ އެވެ.

"މި މައްސަލަތަކަށް ޕްރޯ އެކްޓިވް އިޖާބައެއް ދިނުމުގެ ގޮތުން ސޮނީ ސްޕޯޓްސް އިން ދަނީ ފުޓްބޯޅަ އަށް ބޮޑު ދިރުމެއް އަންނާނެ ފަދަ ބޮޑު މަސައްކަތެއް ކުރުމަށް މަގު ފަހިކުރަމުން،" ސޮނީ ސްޕޯޓްސްގެ މާކެޓިން ޓީމުގެ ސްޕޯކްޕާސަން ވިދާޅުވި އެވެ.

"ފުޓްބޯޅައާ މެދު ޝައުގުވެރިކަން އަލުން އުފެއްދުމުގެ މަގްސަދުގައި އާ ކެމްޕޭނެއް މި ހަފްތާގެ ފަހުކޮޅު އިއުލާން ކުރާނަން. ފުޓްބޯޅައާ ގުޅޭ އެހެނިހެން ސާމާނުތަކުން ބޮޑެތި ޑިސްކައުންޓްތަކެއް ލިބިގެންދާނެ. އޭގެ ސަބަބުން އަލަށް ފުޓްބޯޅައިގެ ތެރެއަށް ވަންނަ ކުދިންނަށާއި އަދި އެނބުރި އަންނަ ކުޅުންތެރިންނަށް ކުޅިވަރުގެ ތެރެއަށް ވަނުމަށް އިތުރަށް ފަހި ކުރުމަށްޓަކައި ހެޔޮ އަގުގައި ފުޓްބޯޅައިގެ ސާމާނުތައް ލިބިގެންދާނެ."

ސޮނީ ސްޕޯޓްސްއިން ބުނީ މި ޕްރޮމޯޝަނުގެ އެންމެ ބޮޑު ބޭނުމަކީ މުޅި ރާއްޖޭގައި ވެސް ފުޓްބޯޅައިގެ ޝައުގުވެރިކަން އަލުން އާލާކުރުން ކަމަށެވެ.

ސޮނީ ސްޕޯޓްސް އިން ވަނީ ފުޓްބޯޅަ އަލުން ކޮޅަށް ނަގަން ކެމްޕޭނެއް ފަށާފަ --- ފޮޓޯ: ސޮނީ ސްޕޯޓްސް

ސޮނީ ސްޕޯޓްސް އިން ވަނީ ފުޓްބޯޅަ އަލުން ކޮޅަށް ނަގަން ކެމްޕޭނެއް ފަށާފަ --- ފޮޓޯ: ސޮނީ ސްޕޯޓްސް

ވީހާވެސް ފަސޭހައިން، ކޮންމެ މީހަކަށްވެސް ފުޓްބޯޅައިގައި ބައިވެރިވެވޭނެ ގޮތަށް ކަންކަން ފަހިވުމަކީ ސޮނީ ސްޕޯޓްސް އެންމެ ބޮޑު މަގުސަދެވެ.

ސޮނީ ސްޕޯޓްސް އިން ގަބޫލުކުރާ ގޮތުގައި، ފުރިހަމަ ސަޕޯޓާއި އަދި އެކަށީގެންވާ ވަސީލަތްތަކާ އެކު ފުޓްބޯޅަ އަލުން ދިރުވައި މުޖުތަމައުގެ މައިގަނޑު ބައެއްގެ ގޮތުގައި އަލުން ޖާގަ ހޯދިދާނެ އެވެ.

ހިތްގައިމު މި ކެމްޕޭނާ ބެހޭ އިތުރު މައުލޫމާތުތަކަށް އިންތިޒާރުގައި ތިއްބަވާށެވެ.

ސޮނީ ސްޕޯޓްސްގެ އަމާޒަކީ ފުޓްބޯޅައަކީ މިހާރަށް ވުރެ ބޮޑަށް މުޖުތަމައުގެ ގަދަރު ލިބިފައިވާ ހަރުދަނާ ކުޅިވަރަކަށް ހެދުމެވެ.