މި އަހަރުގެ ހައްޖުގެ އަޅުކަމަށް ދިޔުމަށް ހައްޖު ކޯޕަރޭޝަނުން ހަވާލުވި ހުރިހާ އެންމެން ވެސް ވެކްސިންތައް ފުރިހަމަ ކޮށްފައިވާ ކަމަށް އެ ކޯޕަރޭޝަނުން މިރޭ ބުނެފި އެވެ.
25 ޖޫން 2024
މި އަހަރުގެ ހައްޖުގެ އަޅުކަމަށް ދިޔުމަށް ހައްޖު ކޯޕަރޭޝަނުން ހަވާލުވި ހުރިހާ އެންމެން ވެސް ވެކްސިންތައް ފުރިހަމަ ކޮށްފައިވާ ކަމަށް އެ ކޯޕަރޭޝަނުން މިރޭ ބުނެފި އެވެ.
އެ ކޯޕަރޭޝަން އިން މިހެން ބުނީ ފުޓްބޯޅަ ކުޅުންތެރިޔާ މުހައްމަދު އާރިފް (ބަކާ) ހައްޖުގެ އަޅުކަމަށް ފަހު މެނިންގޯކޮކަލް ބަލީގައި މިއަދު ނިޔާވުމާ ގުޅިގެންނެވެ.
ނަމަވެސް ބަކާ ހައްޖުގެ އަޅުކަމަށް ދިޔައީ ސައޫދީ ރަސްގެފާނުގެ ހަރަދުގައި މި އަހަރު ގެންދިޔަ މީހުންގެ ގުރޫޕުގަ އެވެ.
ރާއްޖެއިން އަލަށް މެނިންގޯކޮކަލް ފެނުމާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން އަންނަނީ އަޅަމުންނެވެ.
ހައްޖު ކޯޕަރޭޝަނުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ އެ ކޯޕަރޭޝަނުން ހަވާލުވި ހުރިހާ ހައްޖުވެރިން މެނިންގޯކޮކަލް ބަލިން ދިފާއުވުމަށް ޖަހާ މެނިންޖައިޓިސް ވެކްސިން އާއި ޕޯލިއޯ އާއި އިންފްލުއެންޒާ ވެކްސިން ވެސް ސައުދީގެ ހައްޖު މިނިސްޓްރީގެ ގައިޑްލައިނާ އެއްގޮތަށް ފުރިހަމަ ކޮށްފައިވާ ކަމަށެވެ.
"..ހައްޖުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަކީ މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ މެނޭޖްމަންޓުން އެންމެ ހާއްސަ ސަމާލުކަމެއް ދޭ ކަންތައް ކަމުގައި ވެސް މި ފުރުސަތުގައި ދަންނަވަން." އެ ކޯޕަރޭޝަނުން ބުންޏެވެ.
މެނަންޖައިޓިސް ނަމަކަށް ކިޔާ ބެކްޓީރިއާގެ ސަބަބުން ޖެހޭ މި ބަލީގެ ނުރައްކާ، ބަލި ޖެހިފައިވާ މީހާއާ އެންމެ ގާތްކޮށް އުޅޭ މީހުންނަށް ބޮޑެވެ. އެ ބަލީގެ އަލާމަތްތައް ފެންނާނީ ބަލި ޖެހޭތާ 1-10 ދުވަހާ ދޭތެރޭގަ އެވެ. އަދި އެ ބަލި ޖެހުމުން ކުއްލިއަކަށް މީހާގެ ހާލަތު ގޯސްވެ އެވެ.
- ހުންއައުން
- ބޮލުގައި ރިއްސުން
- ކަނދުރާ ވާންވުން
- މޭނުބައިކޮށް ހޮޑުލެވުން
- ވާނުވާ ނޭނގޭ ގޮތްވުން
- ގައިގައި ރަތް ބިހި/ ލައްތަކެއް ނެގުން
- ފިޓުޖެހުން
- އަލި ގަދަވުމުން އުނދަގޫވުން
- ވަރުދެރަވުން
- ނޭވާ އަވަސްވުން
މެނިންޖައިޓިސް ވެކްސިން ޖެހުމުން އެ ބަލިން ރައްކާތެރިކޮށްދީ، ހަށިގަނޑުގެ ދިފާއީ ބާރު އުފެއްދުމަށް ގާތްގަނޑަކަށް ދެ ހަފްތާ ނަގަ އެވެ. އެހެންވެ، ހައްޖު އަދި އުމްރާއަށް ފުރާ މީހުން ވެސް މަދުވެގެން ދެ ހަފްތާ ކުރިން އެ ވެކްސިން ޖެހުން ރައްކާތެރި އެވެ.
ހައްޖަށް ދިޔަ 80 އަހަރުގެ ދިވެއްސަކު ނިޔާވެއްޖެ
ކޯމާއެއްގައި އޮތް ހައްޖުވެރިޔާ ނިޔާވެއްޖެ
ހައްޖު މެޑިކަލް ޓީމުގައި ރަޖިސްޓްރީވާން ހުޅުވާލައިފި
ހައްޖު ނުވާ މީހުންނަށް އިސްކަންދޭ ވިސްނުން އެބަހުރި
ޖާގަލިބިފައިވާ އެންމެންނަށް އަންނަ އަހަރު ހައްޖަށްދެވޭނެ
ހައްޖު ކޯޕަރޭޝަނުން މާފުށީގައި ސިޓީ ހޮޓަލެއް އަޅަނީ
ހައްޖު ކޯޕަރޭޝަން ހިންގީ 40 މިލިއަންގެ ގެއްލުމުގައި
ހައްޖު ކޯޕަރޭޝަންގެ އޮފީސް އިމާރާތުގެ ބިންގާ އަޅައިފި
އަތަމާ އަބްދުއްލަތީފް އަވަހާރަވެއްޖެ
ބަކާ: ރަން ޖީލުގެ މައި ތަނބެއް، ނަމޫނާ އެތުލީޓެއް