ގައުމުގެ އިގުތިސާދީ ހާލަތު މިހާރު ވެސް އޮތީ 2019 ވަނަ އަހަރު އޮތް ހާލަތަށް ވުރެ ރަނގަޅު ހާލަތެއްގައި ކަމަށާއި ދިމާވެގެން އުޅެނީ މި ސަރުކާރަށް އިގްތިސާދު މެނޭޖުކުރަން ނޭނގުމުގެ މައްސަލައެއް ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ.
29 ޖޫން 2024
ގައުމުގެ އިގުތިސާދީ ހާލަތު މިހާރު ވެސް އޮތީ 2019 ވަނަ އަހަރު އޮތް ހާލަތަށް ވުރެ ރަނގަޅު ހާލަތެއްގައި ކަމަށާއި ދިމާވެގެން އުޅެނީ މި ސަރުކާރަށް އިގްތިސާދު މެނޭޖުކުރަން ނޭނގުމުގެ މައްސަލައެއް ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ މާލީ ހާލަތާ ގުޅިގެން އިދިކޮޅު އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަމީރު ވިދާޅުވީ ގިނަ ބަޔަކަށް އޮޅިފައި ވީ ނަމަވެސް ރާއްޖޭގެ އިގްތިސާދީ ހާލަތު އޮތީ ރަނގަޅު ހާލަތެއްގައި ކަމަށް ފޯކާސްޓުތަކުން ދައްކާ ކަމަށެވެ. އެގޮތުން އެމްޑީޕީން 2024 ވަނަ އަހަރަށް ބަޖެޓު ހުށަހެޅުއިރު އިގްތިސާދީ އުފެއްދުންތެރިކަން 5.5 ޕަސެންޓް އިތުރުވާނެ ކަމަށް ވާނެ ކަމަށް އަންދާޒާ ކޮށްފައިވާނެ ކަމަށާއި ނަމަވެސް މިހާރު އެ އަދަދު 4.9 ޕަސެންޓަށް ދަށްވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އަމީރު ވިދާޅުވީ މާލީގޮތުން ކުރިމަތިވެފައިވާ ގޮންޖެހުންތައް ދިމާވީ ކޮވިޑް-19 އާ ގުޅިގެން އެޅި ފިޔަވަޅުތަކުގެ ސަބަބުން ކަމަށް ގަބޫލުކުރާ ކަމަށާއި ނަމަވެސް މިހާރު އެ މައްސަަލަ ކުރިމަތިވީ މި ސަރުކާރުން އިގްތިސާދު މެނޭޖުކުރަން ނޭނގުމުގެ ސަބަބުން ކަމަށް އަމީރު ސިފަ ކުރެއްވި އެވެ.
"ސަރުކާރުގެ މިސްޓޭކްތަކާއި އަދި މިދިޔަ ހަތް މަސް ދުވަސް ތެރޭގައި އިގްތިސާދު މެނޭޖް ކުރުމާއި މާލީ ކަންކަން މެނޭޖު ކުރުމުގައި ސަރުކާރުގެ ނާގާބިލްކަމުން ރާއްޖޭގެ އިގްތިސާދު އަދި މާލީ ކަންކަން ވެއްޓިފައި އޮތް ހާލަތު ފޮރުވުމަށް އޮޅުވާލަމުން މިދަނީ،" އަމީރު ވިދާޅުވި އެވެ.
އަމީރު ވިދާޅުވި ގޮތުގައި އެމްޑީޕީގެ ސަރުކާރުން އޭރު ފިޔަވަޅުތައް އެޅީ ކޮވިޑް-19 އާ ގުޅިގެން ކޮންމެހެން އަޅަން ޖެހިގެންނެވެ. އޭރު ވެސް ދަރަނި އިތުރުވާނެ ކަން އޭރު ވެސް އެނގޭ ކަމަށާއި ނަމަވެސް އެ ހާލަތު ރަނގަޅު ކުރާނެ ގޮތުގެ ޕްލޭނެއް އޭރުގެ ސަރުކާރުގައި އޮތް ކަމަށް އޭނާ ވިދާޅުވި އެވެ.
އިދިކޮޅު އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން -- ފޮޓޯ": އެމްޑީޕި
"ޕްލޭން ހެދީ 2023 ގައި އޮންނަ އިންތިހާބުން މޮޅުވާނެ ކަމަށް ބަލައިގެން. އަދި މިސާލަކަށް ބަލި ވިޔަސް ދެން އަންނަ ސަރުކާރަކުން މި ކަންކަން ކުރިއަށް ގެންދާނޭ ގޮތުގެ ޕްލޭނެއް ނެތި ނާގާބިލް ބަޔަކު އަންނާނެ ކަމަށް ބަލައިގެނެއް ނޫން އެ މަސައްކަތް ކުރީކީ،" އަމީރު ވިދާޅުވި އެވެ.
އަމީރު ވިދާޅުވީ އެ ހާލަތު ރަނގަޅު ކުރާނެ ގާބިލްކަން މި ސަރުކާރުގައި ހުންނަން ޖެހޭނެ ކަމަށާއި ނަމަވެސް ނެތް ކަމަށެވެ. އޭގެ ސަބަބުން އެ ކަންކަން އޮޅުވާލުމަށް އެމްޑީޕީ ސަރުކާރާ ގުޅުވައި ހަގީގަތާ ހިލާފު ވާހަކަ ދައްކަމުން އަންނަ ކަމަށް އަމީރު ވިދާޅުވި އެވެ.
އާޒިމް ވިދާޅުވަނީ މައްސަލައަކީ ބައެއް ވަޒީރުން ކަމަށް
އަންނަ އަހަރުގެ ބަޖެޓް ކުދި ބަދަލުތަކާ އެކު ފާސްކޮށްފި
ފިޗްގެ ރޭޓިން ދަށްކުރީ މަޖިލީހުގެ ސަބަބުން: ޝަރީފު
ދަރަންޏާ ބެހޭ ރިޕޯޓާ ހެދި މަޖިލީހުގައި ޒުވާބެއް!
ލޯނުން މަޝްރޫއު ހިންގަނީ ހާލަތު ބަދަލުކުރަން: އަމީރު
އެމްއެމްއޭއިން ފައިސާ ނަގަން ސަރުކާރަށް ހުއްދަދީފި
އެމްޑީޕީން ހީކުރީ 3މަހުން ސަރުކާރު ބަނގުރޫޓުވާނެކަމަށް
"ބަނގުރޫޓް"ކޮށްލި ކަމުގެ ތުހުމަތާ އެކު ހޫނު ބަހުސެއް
ދަރަނި ދައްކާނެ ގޮތުގެ ޕްލޭނެއް އެބައޮތް: ރައީސް
"އަދިވެސް ނުދަރާ, ދެން އޮތީ ދުވެލި ބާރު ބަދަލެއް"