ރާއްޖޭގެ އިގުތިސާދަށް މި ވަގުތު ކުރިމަތިވެފައިވާ އުނދަގޫ ހާލަތާ ގުޅިގެން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވުމަށް އަސަރެއް ނުކުރާނެ ކަމަށް އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.
30 ޖޫން 2024
ރާއްޖޭގެ އިގުތިސާދަށް މި ވަގުތު ކުރިމަތިވެފައިވާ އުނދަގޫ ހާލަތާ ގުޅިގެން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވުމަށް އަސަރެއް ނުކުރާނެ ކަމަށް އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަރީފު ވިދާޅުވީ، އާ ޓާމިނަލަށް ބޭނުންވާ ފައިނޭންސިން ހަމަޖެހިފައި ހުރުމުން، މިހާރު ދިމާވެފައިވާ އިގުތިސާދީ ދަތި ހާލަތުގެ އަސަރެއް ނުކުރާނެ ކަމަށެވެ.
"އެމްއޭސީއެލްގެ ސާވިސަސް އެންހޭންސް ކުރަން ކުރާ އެއްވެސް ކަމަކަށް ކުޑަ ވެސް މަޑުޖެހުމެއް ހުއްޓުމެއް ނާންނާނެ،" އޭނާ ވިދާޅުވި އެވެ.
އާ ޓާމިނަލްގެ ތިން އެއިރޯ ބްރިޖާ އެކު 3.7 މިލިއަން މީހުންނަށް އަމާޒުކޮށް ހިދުމަތް ދޭން އަންނަ ނޮވެމްބަރު ފަށާނެ ކަމަށް އެމްއޭސީއެލް އިން ބުނެފައި ވެ އެވެ. އަދި ޓާމިނަލް އެއްކޮށް ނިންމާލާނީ އަންނަ އަހަރުގެ ފަހުކޮޅު ކަމަށް އެ ކުންފުނިން ބުންޏެވެ.
ޕްރޮޖެކްޓް އަވަސް ކުރަން ސައުދީ ފަންޑުން 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ) އާއި 80 މިލިއަން ޑޮލަރު (1.2 ބިލިއަން ރުފިޔާ)، އަބޫ ދާބީ ފަންޑް ފޯ ޑިވެލޮޕްމެންޓް (އޭޑީއެފްޑީ) އިން ވަނީ ހޯދައިފަ އެވެ. އެއާ އެކު އެ ޕްރޮޖެކްޓްގެ ޖުމްލަ އަގު ހަތް ބިލިއަން ރުފިޔާ އަށް އަރާނެ އެވެ.
އާ ޓާމިނަލް އެއްކޮށް ބޭނުން ކުރަން ފެށުމުން ގާތްގަނޑަކަށް 7.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ އެވެ.
އާ ޓާމިނަލްއާ އެކު، އެއާޕޯޓަށް 1،800 މުވައްޒަފުން އިތުރުވާނެ އެވެ. ގާތްގަނޑަކަށް 30 އަށް ވުރެ ގިނަ އެއާލައިނުން ހިދުމަތް ދޭ އިރު އާ ޓާމިނަލްއާ އެކު، އިތުުރު އެއާލައިންތަކަށް ވެސް ފުރުސަތުތައް ދެވޭނެ އެވެ.
އާ ޓާމިނަލް ޖުލައި 26ގައި ހުޅުވަން ކައުންޓްޑައުންއެއް
ޑްރޯންތައް ވެއްޓުނު މައްސަލަ ތަހުގީގުކުރަން އެދިއްޖެ
ޓާމިނަލްގެ 70 ޕަސެންޓް ނިންމީ މި ސަރުކާރުން: ޝަރީފު
އާ ޓާމިނަލާ އެކު އާމްދަނީ 7-8 ޕަސެންޓަށް އިތުރުވާނެ
އާ ޓާމިނަލް ފުލް އޮޕަރޭޝަނަށް ގެންނާނީ ސެޕްޓެމްބަރުމަހު
ގޮންޖެހުންތަކަށްފަހު ޓާމިނަލުން ހިތްގައިމު އުދުހިގަތުމެއް
ޓާމިނަލް ހުޅުވަން ދަތުރުތައް ދޮޅުގަޑިއިރަށް ހުއްޓާލަނީ
އާ ޓާމިނަލް ހުޅުވަން ތާރީހީ ހަވައެއް އަދި ސަޕްރައިޒެއް
އާ ޓާމިނަލް އޮޕަރޭޓް ކުރުމުގެ ހުރިހާ ކަމެއްގައި ދިވެހިން
ޓާމިނަލް ހުޅުވާ ހަފުލާއަށް ހުރިހާ ރައީސުންނަށް ދަައުުވަތު