Roadha Mihaaru
ބިލިއަން ޑޮލަރުގެ ފިލްމަކަށް އިންސައިޑް އައުޓް 2

މި އަހަރުގެ ފުރަތަމަ ބިލިއަން ޑޮލަރުގެ ފިލްމަކަށް "އިންސައިޑް އައުޓް 2"

03 ޖުލައި 2024

ދުނިޔޭގެ ބޮކްސް އޮފީހުގައި މި އަހަރު ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދި ފުރަަތަމަ ފިލްމަކަށް ޕިކްސާ އާއި ޑިޒްނީ ގުޅިގެން އުފައްދާފައިވާ އެނިމޭޓެޑް ފިލްމު "އިންސައިޑް އައުޓް 2" ވެއްޖެ އެވެ.

ހަފީޒާ އަހުމަދު ހަފީޒާ އަހުމަދު

ދުނިޔޭގެ ބޮކްސް އޮފީހުގައި މި އަހަރު ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދި ފުރަަތަމަ ފިލްމަކަށް ޕިކްސާ އާއި ޑިޒްނީ ގުޅިގެން އުފައްދާފައިވާ އެނިމޭޓެޑް ފިލްމު "އިންސައިޑް އައުޓް 2" ވެއްޖެ އެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، މި އަހަރުގެ މިހާތަނަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނު ފިލްމުގެ ރެކޯޑު ވެސް މި ފިލްމު ވަނީ ހޯދައިފަ އެވެ. އަދި މި ފިލްމަކީ މިއަހަރުގެ ތެރޭގައި ދުނިޔޭގެ ބޮކްސް އޮފީހުގައި އެއް ބިލިއަން ޑޮލަރު ފަހަނައަޅާދިޔަ ފުރަތަމަ ފިލްމެވެ.

"އިންސައިޑް އައުޓް 2"ގެ މި ކާމިޔާބީއަކީ މިހާތަނަށް ނުދެކޭފަދަ ކާމިޔާބީއެކެވެ. ސަބަބަކީ އެނިމޭޓެޑް ފިލްމަކަށް މިވަރުގެ ބޮޑު ކާމިޔާބީއެއް ލިބުނު ފުރަތަމަ ފަހަރަށް ވާތީ އެވެ.

މިދިޔަ އަހަރު، ވާނާ ބްރަދާސް އިން ގެނެސްދިން "ބާބީ" އަކީ އެއް ބިލިއަން ޑޮލަރު ހޯދި ފުރަތަމަ ފިލްމެވެ. ނަމަވެސް އެ ފިލްމަށް މި ވަރުގެ އާމްދަނީއެއް ހޯދުމަށް ގިނަ ދުވަސްތަކެއް ނެގި އެވެ.

މި ފިލްމަކީ ރައިލީ ކިޔާ އަންހެން ކުއްޖެއްގެ ސިކުނޑީގެ ތެރޭގައި ހިނގާ ކަންތައްތަކެއް ދައްކައިދޭ ފިލްމެކެވެ. ހައި ސްކޫލް ފެށުމާ އެކު އޭނާއަށް ކުރިމަތިވާ އާ އިހުސާސްތަކާއި އެންޒައިޓީއާ ގުޅޭ އެކި ކަހަލަ ޖަޒުބާތުތައް މި ފިލްމުގައި ދައްކަ އެވެ.

މި ފިލްމުގެ ފަހަތުން ބޮކްސް އޮފީހުގެ ދެވަނައިގައި އޮތީ ޕެރަމައުންޓްގެ ފިލްމު "އަ ކުއަޓް ޕްލޭސް: ޑޭ ވަން" އެވެ. މިއީ ކެންޔާ-މެކްސިކޯގެ ބަތަލާ ލުޕިޓާ ނިޔޮންގްއޯ ލީޑް ރޯލު ކުޅޭ އެޕޯކަލިޕްޓިކް ބިރުވެރި ސީރީޒްގެ ތިންވަނަ އިންސްޓޯލްމަންޓެވެ.