ހުޅުމާލޭގެ އެފްޑަބްލިއު ރެސިޑެންސްގެ ފްލެޓެއް ބައްލަވައިގަތީ މިދިޔަ ސަރުކާރުގައި ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގެ ލިބުމުގެ ކުރިން ކަމަށާއި އެތަނުގައި ދިރިއުޅޭތާ އެތައް އަހަރެއް ވެފައިވާ ކަމަށް ޒިފްލީނާ ހަސަން ވިދާޅުވެއްޖެ އެވެ.
ހުޅުމާލޭގެ އެފްޑަބްލިއު ރެސިޑެންސްގެ ފްލެޓެއް ބައްލަވައިގަތީ މިދިޔަ ސަރުކާރުގައި ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގެ ލިބުމުގެ ކުރިން ކަމަށާއި އެތަނުގައި ދިރިއުޅޭތާ އެތައް އަހަރެއް ވެފައިވާ ކަމަށް ޒިފްލީނާ ހަސަން ވިދާޅުވެއްޖެ އެވެ.
ފްލެޓްގެ އަގަށްވާ ފައިސާ ޒިފްލީނާގެ ފަރާތުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް ދައްކާފައިވާތީ އެ ފްލެޓް އޭނާއަށް މިލްކުކޮށްދީ ސިވިލް ކޯޓުން ކޮށްފައިވާ ހުކުމްގައިވާ ގޮތުން އެއީ 3.5 މިލިއަން ރުފިޔާގެ އަގުހުރި އަދި 1،200 އަކަފޫޓްގެ ފްލެޓެކެވެ.
ޒިފްލީން މިއަދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އޭނާ އެޕާޓްމަންޓެއް ގަނެފައި ވާނީ ސްޓޭޓް މިނިސްޓަރުގެ މަގާމް ލިބިވަޑައިގަތުމުގެ ކުރިން ކަމަށާއި އަދި މަގާމާ ހަވާލުވެ، ރައީސް އޮފީހަށް ހުށަހެޅި އެސެޓް ޑިކްލަރޭޝަން ފޯމުގައި ވެސް އެޕާޓްމަންޓްގެ މައުލޫމާތު ހިމަނާފައިވާނެ ކަމަށެވެ.
މ މަހުގެ އަށް ވަނަ ދުވަހު އޭނާގެ ނަމަށް މި އެޕާޓްމަންޓް ބަދަލުކޮށް، ސިވިލް ކޯޓުން މައްސަލަ ނިންމާފައި ވަނީ އިމާރާތްކުރި ފަރާތާއި އެޗްޑީސީއިން ކުރަންޖެހޭ އިދާރީ ކަންކަން ނިންމުމަށްފަހު، އޭނާ އެ އެޕާޓްމަންޓްގައި ދިރިއުޅެމުން އަންނަތާ ހަތަރު އަހަރު ފަހުން ކަމަށް ޒިފްލީން ވިދާޅުވި އެވެ.
"މީޑިއާގައި މިވާހަކަ ލިޔުމުން ރަޖިސްޓްރީ ނުކޮށް އޮންލައިންކޮށް ހިންގާ ނޫސްތަކާއި ސޯޝަލް މީޑިއާ ޕްލެޓްފޯމްގައި އަޅުގަނޑަށް ނިސްބަތްކޮށް އަޅުގަނޑު ބުނި ކަމަށް ބުނެ، ބޭއަދަބީ ބަސްތައް ބޭނުންކޮށް އަޅުގަނޑުގެ ފޮޓޯ އެކި ގޮތްގޮތަށް ހަދައިގެން އަބުރު ކަތިލުމުގެ މަސައްކަތް ކޮށްފައިވާތީ ވެސް ހިތާމަކުރަން،" ޒިފްލީން ކުރެއްވި ޕޯސްޓްގައި ވިދާޅުވެފައިވެ އެވެ.
އޭނާ ވިދާޅުވީ ސިޔާސީ މަސައްކަތުގައި އޭނާ އުޅެން ފެށި ފަހުން ޒާތީގޮތުން ދިމާކޮށް އަބުރު ކަތިލަން ކުރަމުން ގެންދާ މަސައްކަތަށް ހުއްޓުމެއް އައިސްފައި ނުވާ ކަމަށާއި އަދި ސިޔާސީ މައިދާނަށް ނުކުންނަ އަންހެނުންނާއި ޒާތީ ގޮތުން ދިމާކުރުމަކީ އިތުރުވަމުން އަންނަ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"މިފަދަ ދިމާކުރުމާއި ފުރައްސާރަ އިންތިހާއަށް ދިއުމުން ސިޔާސީ މައިދާނުގައި މަސައްކަތްކުރާ އަންހެނުންނަށް މަޖުބޫރު ވަނީ ދަރިންނާއި އާއިލާގެ ރައްކާތެރި ކަމަށްޓަކައި ފަހަތަށް ޖެހެން،" ޒިފްލީން ވިދާޅުވި އެވެ.
ޒިފްލީނާ ވަނީ ކުރީގެ ސަރުކާރުގައި ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުގެ އިތުރުން އެމްޑީޕީގެ ބައެއް މަގާމުތައް ވެސް އަދާ ކުރައްވައިފަ އެވެ. މީގެ އިތުރުން އެންމެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓްގައި އޭނާ ތިނަދޫ ދެކުނު ދާއިރާ އަށް ވެސް ވާދަކުރެއްވި އެވެ.
ކުރީގެ ސްޓޭޓް މިނިސްޓަރު ޒިފްލީނާ ފްލެޓެއް ގަނެފި
ހައުސިން މިނިސްޓްރީން 10މީހަކު ސަސްޕެންޑް ކޮށްފި
ހެލްތު މިނިސްޓަރު ހަލީލް ފްލެޓެއް ބައްލަވައިގެންފި
ޒިފްލީނާ ފްލެޓު ގަތް މައްސަލަ އޭސީސީ އަށް!
ބަދަލު ހޯދަން ޔުނިވަސިޓީން އެޗްޑީސީ އަށް ދައުވާކޮށްފި
ފްލެޓު ލިސްޓާ ގުޅިގެން އެމްޑީޕީގެ ތުހުމަތުތަކެއް!
އެޗްޑީސީގެ ސީއެފްއޯ އާއި ބިޒްނަސް ހެޑް ވަކިކޮށްފި
ވިނަރެސްގެ އެޕާޓްމެންޓެއް ވިއްކުން ހުއްޓުވައިފި
އެމްޑީޕީގެ ހަރުގެ އަތުލި މައްސަލަ އަނބުރާ ގެންގޮސްފި
އެސްޖޭއިން 15 މިލިއަނަށް ބިމެއް ގަނެފި