Roadha Mihaaru
މިޔަންމާ މައްސަލަ އަށް ވަނުމުގެ ފުރުސަތު ރާއްޖެއަށް

އައިސީޖޭގައި ކުރިއަށް ގެންދާ މިޔަންމާ މައްސަލަ އަށް ވަނުމުގެ ފުރުސަތު ރާއްޖެއަށް ލިބިއްޖެ

14 ޖުލައި 2024

އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީ.ޖޭ) ގައި ކުރިއަށް ގެންދާ "އެޕްލިކޭޝަން އޮފް ދަ ކޮންވެންޝަން އޮން ދަ ޕްރިވެންޝަން އެންޑް ޕަނިޝްމަންޓް އޮފް ދަ ކްރައިމް އޮފް ޖެނޮސައިޑް (ދަ ގެމްބިއާ ވ. މިޔަންމާ)" މައްސަލައަށް ވަނުމަށް އެދި ރާއްޖެއިން ހުށަހެޅި ޑެކްލަރޭޝަން އޮފް އިންޓަވެންޝަން ބަލައިގަތުމަށް އައިސީޖޭގެ ފަނޑިޔާރުންގެ އިއްތިފާގުން ނިންމަވައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

މިއަންމާގައި ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ އަނިޔާވެރި ލާއިންސާނީ އަމަލުތަކާ ގުޅިގެން އައީސީޖޭއަށް 2019 ވަނަ އަހަރުގެ ނޮވެމްބަރު ހުށަހެޅީ ގެމްބިއާގެ ސަރުކާރުންނެވެ.

އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ އައިސީޖޭގައި ކުރިއަށް ގެންދާ އެ މައްސަލައަށް ރާއްޖެއިން ވަނުމަށް ހުށަހެޅި ހުށަހެޅުން އެ ކޯޓުން ބަލައިގެންފައިވަނީ މި މަހުގެ ތިން ވަނަ ދުވަހު ކަމަށެވެ.

ރާއްޖެއިން އެ މައްސަލައަށް ވަނީ ގަތުލުއާންމުގެ ކުށް ހުއްޓުވުމާއި އަދަބު ދިނުމާގުޅޭ މުއާހަދާގެ މާއްދާތައް މާނަކުރުމާ ގުޅޭގޮތުންނެވެ.

އޭޖީ އޮފީހުން ބުނީ ރޮހިންޖާ މުސްލިމުންނަށް އަދުލުއިންސާފު ހޯދައިދިނުމަށާއި ގަތުލުއާންމުގެ ކުށް ހުއްޓުވުމާއި އަދަބުދިނުމާ ގުޅޭ މުއާހަދާ ތަންފީޒުކުރުމަށް ބައިނަލްއަގުވާމީ މައިދާނުގައި ކުރާ މަސައްކަތްތަކަށް ރާއްޖެއިން އަބަދުވެސް އެއްބާރުލުން ދިނުމުގައި ސާބިތުކަމާއެކީ ދެމި އޮންނާނެ ކަމަށެވެ.