ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ސަލާމަތީ ކަންކަން ވަރުގަދަކޮށް, ރައްކާތެރިކަން ކަށަވަރު ކުރުމަށް އިތުރު ދެ ޗެކްޕޯސްޓް ހަދައިފި އެވެ.
15 ޖުލައި 2024
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ސަލާމަތީ ކަންކަން ވަރުގަދަކޮށް, ރައްކާތެރިކަން ކަށަވަރު ކުރުމަށް އިތުރު ދެ ޗެކްޕޯސްޓް ހަދައިފި އެވެ.
އެމްއޭސީއެލް އިން އެއާޕޯޓުގެ ހުޅަނގާއި އިރުމަތީގައި ހުޅުވި މި ޗެކްޕޯސްޓުތަކުގެ ބޭނުމަކީ އެއާ ސައިޑަށް ވަންނަ މީހުންނާއި އުޅަނދުތައް ޗެކް ކުރުމެވެ. ޒަމާނީ އެންމެ ފަހުގެ ވަސީލަތްތަކާ އެކު، ހުޅުވި މި ޗެކްޕޯސްޓްތަކުގެ ސަބަބުން ލިބޭނެ އެންމެ ބޮޑު އެއް ފައިދާއަކީ ރާއްޖެ އަށް ގެނައުން މަނާ ތަކެތި އެތެރެކުރުން ހުއްޓުވުމަށް ކަސްޓަމްސް އިން ކުރާ މަސައްކަތްތަކަށް ކުރިއެރުންތަކެއް ލިބުން ކަމަށް އެމްއޭސީއެލް އިން ބުންޏެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އެއާ ސައިޑުގައި އަލަށް ހެދި ސެކިއުރިޓީ ގޭޓް.---ފޮޓޯ: އެމްއޭސީއެލް
އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު ވިދާޅުވީ، އަލަށް އިތުރުކުރި ދެ ޗެކްޕޯސްޓަކީ ރާއްޖެ އަށް މަސްތުވާތަކެތި އެތެރެ ކުރުން ހުއްޓުވުމަށް ވެސް އެޅި އިތުރު ހަރުދަނާ ފިޔަވަޅެއް ކަމަށެވެ.
"މި ޗެކްޕޯސްޓުތަކަކީ ރާއްޖެ އަށް އެތެރެވާ ޑްރަގާއި ކޮންޓަރަބޭންޑްސް ހިފެހެއްޓުމަށް ކަސްޓަމްސް އިން ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމަށް ހުޅުވިގެން ދިޔަ ދޮރެއް،" ޝަރީފު ވިދާޅުވި އެވެ.
އެމްއޭސީއެލްގެ އެމްޑީ ޝަރީފު މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަނީ.---ފޮޓޯ: އެމްއޭސީއެލް
އޭނާ ވިދާޅުވީ، އެމްއޭސީއެލް އިން މަސައްކަތް ކުރަނީ ހުރިހާ ފަސިންޖަރުންގެ ރައްކާތެރިކަން ކަށަވަރުކޮށް، ކަސްޓަމްސްގެ މަސައްކަތްތައް ވެސް ހަރުދަނާ ކުރެވޭނެ ސެކިއުރިޓީ އިންތިޒާމްތައް މިހާރަށް ވުރެ ބޮޑަށް ފުރިހަމަ ކުރުމަށް ކަމަށެވެ. އެއާޕޯޓުގެ އެތެރޭގެ ސަލާމަތީ ކަންތައްތައް ކަށަވަރު ކުރުމަށް އެއާ ސައިޑުން އިތުރަށް ލަގެޖް ސްކޭން ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އެމްޑީ ވިދާޅުވި އެވެ.
ވީއައިއޭގެ އާ މާސްޓަޕްލޭން ސެޕްޓެމްބަރަށް ނިމޭނެ
އާ ޓާމިނަލް އޮޕަރޭޓް ކުރުމުގެ ހުރިހާ ކަމެއްގައި ދިވެހިން
ޓާމިނަލް ހުޅުވާ ހަފުލާއަށް ހުރިހާ ރައީސުންނަށް ދަައުުވަތު
އާ ޓާމިނަލުގެ ޗެކް-އިން ސިސްޓަމް ޓެސްޓުކޮށްފި
ޖެޓެކްސް އަށް ވީއައިޕީ ޓާމިނަލް ދޭކަށް ނޫޅޭ: ޝަރީފު
އެމްއޭސީއެލްއިން އެއިމްގެ ސެޓްފިކެޓު 3 ތައާރަފްކޮށްފި
އާ ޓާމިނަލް: މި ރީތިކަން، އާމްދަނީގެ ދޮރާއްޓަކަށް
އާ ޓާމިނަލް ޖުލައި 26ގައި ހުޅުވަން ކައުންޓްޑައުންއެއް
ވީއައިއޭއަށް 59: ކުރިއަށް އޮތީ ބޮޑެތި ތަރައްގީތަކެއް
އެއާ އަރަބިއާގެ ޝެޑިއުލް ދަތުރުތައް ފަށައިފި