ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގައި ބަންޑާރަ ނައިބަށް ނުހުންނެވޭ ގޮތަށް ހަމަޖައްސަން ގާނޫނީ ފަންނުގެ ގާނޫނަށް އިސްލާހެއް ހުށަހަޅައިފި އެވެ.
17 ޖުލައި 2024
ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގައި ބަންޑާރަ ނައިބަށް ނުހުންނެވޭ ގޮތަށް ހަމަޖައްސަން ގާނޫނީ ފަންނުގެ ގާނޫނަށް އިސްލާހެއް ހުށަހަޅައިފި އެވެ.
ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގައި މިހާރު ތިއްބަވަނީ ނުވަ މެންބަރުންނެވެ. އެއީ ބަންޑާރަ ނައިބާއި ގާނޫނީ ވަކީލުންގެ ތެރެއިން އިންތިހާބުކުރާ ރައީސާއި ނައިބު ރައީސް އަދި އިތުރު ހަ މެންބަރެކެވެ.
ސަރުކާރުގެ ފަރާތުން ހުޅުމާލެ އުތުރު ދާއިރާގެ ޕީއެންސީގެ މެންބަރު ހުސައިން ޝަރީފް ހުށަހެޅުއްވި އެ ބިލުްގައިވާ ގޮތުން، ބާ ކައުންސިލުން ބަންޑާރަ ނައިބަށް ފުރުސަތު ނުދޭ ގޮތަށް ނިންމަން ބޭނުންވަނީ އެ ކައުންސިލަށް ފުރިހަމަ މިނިވަންކަން ދިނުމުގެ ބޭނުމުގަ އެވެ.
އެ ބިލްގައި މިހާރު އޮތް ގޮތުން އެ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގައި ތިއްބަވާނީ ރައީސާއި ނައިބު ރައީސް އަދި އިތުރު ހަތް މެންބަރެކެވެ.
ރަސްމީ އިދާރާތަކުގައި ރަޖިސްޓަރީ ކޮށްގެން ކިޔަވައިދޭ މަރުކަޒުތަކުން ދޫކޮށްފައިވާ ލިޔުންތަކުގައި އަސްލާ އެއްގޮތް ކަމުގެ ތައްގަނޑު ޖަހައި ދިނުމާއި ރައްޔިތުންނަށް ދޫކޮށްފައިވާ ރަސްމީ ލިޔުންތައް ނުވަތަ ތައުލީމީ ސަނަދުތައް ބޭރު ގައުމުތަކުގައި ބޭނުން ކުރުމަށް އެ ގައުމުތަކުގައި ހުންނަ ޑިޕްލޮމެޓިކް މިޝަންތަކުން ވެސް އަސްލާ އެއްގޮތް ކަމުގެ ތައްގަނޑު ޖެހޭ ގޮތަށް އެ ގާނޫނަށް ވަނީ އިތުރު އިސްލާހެއް ވެސް ހުށަހަޅައިފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ބިލްގެ ފުރަތަމަ ކިޔުން ވަނީ އިއްވައިފަ އެވެ.
އޭޖީ ނުހިމަނާ ބާ ކައުންސިލް އެކުލަވާލަން ފާސްކޮށްފި
ގޮނޑި ގެއްލޭ އިސްލާހު ސައްހަކަމަށް ކަނޑައަޅަން އެދެފި
ބެންޗް ކުޑަކުރުން ގާނޫނުއަސާސީއާ ހިލާފު:ބާ ކައުންސިލް
ގޮނޑީގެ މައްސަލާގައި ނިންމީ ޝަރީއަތް ކުރިއަށް ގެންދަން
ގާނޫނުއަސާސީއާ ކުޅެވޭނީ މަޖިލީހަށް އެކަނި: އިމްތިޔާޒު
ގާނޫނުއަސާސީއަށް ގެންނަ ބަދަލު ކޯޓުތަކަށް ނުބެލޭނެ:އޭޖީ
ގޭންގްތައް ކަނޑައެޅުން ކޮމިޓީއަށް ދޭ މާއްދާ އުނިކޮށްފި
އޭޖީ އޮފީސް ސިވިލް ސާވިސް އިން ވަކިކުރަނީ
"ގޮނޑި ގެއްލޭ އިސްލާހުގައި ހިޔާލަށް ފުރުސަތުދީ"
މަދަނީ އަދުލުގެ ނިޒާމު ހުއްޓިފައި، އިސްލާހު ހުށަހަޅަނީ