ރާއްޖޭގައި އަންހެނުންނަށް ވުރެ ފިރިހެނުންގެ އުމުރު ދިގު ކަމަށް ސްޓެޓިސްޓިކްސް ބިއުރޯގެ ހިސާބުތަކުން ދައްކައިފި އެވެ.
22 ޖުލައި 2024
ރާއްޖޭގައި އަންހެނުންނަށް ވުރެ ފިރިހެނުންގެ އުމުރު ދިގު ކަމަށް ސްޓެޓިސްޓިކްސް ބިއުރޯގެ ހިސާބުތަކުން ދައްކައިފި އެވެ.
ޕެންޝަން އޮފީހުން މިއަދު ބޭއްވި މޯލްޑިވްސް ފައިނޭންސް ފޯރަމްގައި ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ޗީފް ސްޓެޓިސްޓީޝަން އައިޝަތު ހަސަން ހުށަހެޅުއްވި ޕްރެޒެންޓޭޝަންގައި ބުނީ، ދިވެހިންގެ އެވްރެޖު އުމުރަކީ 80 އަހަރު ކަމަށް އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ކަމަށެވެ. އެ ހިސާބުތަކަށް ބަލާއިރު، ފިރިހެނުންނަށް ވުރެ އަންހެނުންގެ އުމުރު ގާތްގަނޑަކަށް ހަތް އަހަރު ދިގު ކަމަށް އޭނާ ވިދާޅުވި އެވެ.
މި ފަހުން ހިސާބުތައް މިގޮތަށް ދެއްކިއަސް 1995 ވަނަ އަހަރުގެ ކުރިން ރާއްޖޭގައި އުމުރު ދިގީ ފިރިހެނުންނެވެ.
ތަފާސްހިސާބުތަކުން ދައްކާ ގޮތުން 2013 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި، ދަރިން ހޯދާ އަދަދު މަދެވެ. އެންމެ ފަހުގެ ބޯހިމެނުމުގެ ހިސާބުތަކުން ދައްކާ ގޮތުން ދަރިމައިވާ ރޭޓު ވަނީ 1.7 ކުދިންނަށް ދަށްވެފަ އެވެ. އަދި 2019 ވަނަ އަހަރުން ފެށިގެން ކެންސަރާއި ސްޓޯކް ފަދަ ބަލިތަކުގައި ޒުވާނުން މަރުވާ މިންވަރު ވެސް ދަނީ އިތުރުވަމުންނެވެ.
"އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން ރާއްޖޭގެ އާބާދީގެ 50 ޕަސެންޓު އުޅެނީ 30 އަހަރުން ދަށުގައި. މިއީ ވެސް އާބާދީ މުސްކުޅިވަމުން އަންނަ ކަމުގެ ހެއްކެއް،" އައިޝަތު ވިދާޅުވި އެވެ.
ފައިނޭންސް ފޯރަމްގެ ޕެނަލް ޑިސްކަޝަންގައި ވާހަކަދައްކަވަނީ -- ފޮޓޯ: ނިޝާން އަލީ / މިހާރު
ފިރިހެނުންނަށް ވުރެ އަންހެނުންގެ އުމުރު ދިގު ކަމަށް ހިސާބުތަކުން ދައްކާއިރު ރާއްޖޭގައި އުމުރުން ދުވަސްވީ މީހުންގެ އާބާދީ ވެސް ދަނީ އިތުރުވަމުންނެވެ.
ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ އަންދާޒާއިން ދައްކާ ގޮތުން 2054 ވަނަ އަހަރު އަންނަ އިރު ރާއްޖޭގެ އާބާދީގެ 43 ޕަސެންޓު ހިއްސާވާނީ ބިދޭސީންނެވެ. އެހެންވެ އާބާދީގެ ކޮންމެ 10 މީހަކުން ހަތަރު މީހުންނަކީ ބިދޭސީންނެވެ.
ތަފާސްހިސާބުތަކުން ދައްކާ ގޮތުން މާލޭ ސަރަހައްދަށް މުޅި އާބާދީގެ 64 ޕަސެންޓު މީހުން ޖަމާވާނެ އެވެ.
"ޕެންޝަންގެ އަސާސްތަކާ ރާއްޖެ ވަނީ ހިލާފުވެފައި"
ޕެންޝަންގެ ބާގަނޑު ބައްދަން ބޭނުންވަނީ ހިތްވަރެއް
"ޕެންޝަނުން އިންވެސްޓުކުރަން ޑޮލަރު ހޯދަން އުނދަގޫ"
ދުވަސްވީ އާބާދީ އިތުރުވާތީ ތައްޔާރުވާންޖެހޭ: މިނިސްޓަރު
ޕެންޝަން ސްކީމްގެ އިދާރީ ފީ ކުޑަކޮށްފި
އިގްތިސާދު ފުޅާކުރަން ފެންޝަން ފަންޑުބޭނުންކުރޭ: އިނާޒް
ބިދޭސީން ޕެންޝަން ފައިސާ ހޯދޭ ގޮތަށް ބަދަލެއް
ފައިނޭންސް ފޯރަމް ހޯމަ ދުވަހު ބާއްވަނީ
ޕެންޝަން އޮފީހުގެ ބޯޑަށް އަމިއްލަ މެންބަރަކު ހޯދަނީ
ޕެންޝަން ސްކީމް: 17.5 ބިލިއަންގެ ބޮޑު ފަންޑެއް