ކޭ ޕާކް ރެސިޑެންސްގެ ފްލެޓްތައް ވިއްކުމުގެ ނަމުގައި ގިނަ ބައެއްގެ އަތުން ފައިސާ އަތުލި ކަމަށް ތުހުމަތުވާ ހަސަން މަމްދޫހު (މަންޑޭ) ގެ ޝަރީއަތް ކްރިމިނަލް ކޯޓުން މިއަދު ފަށައިފި އެވެ.
30 ޖުލައި 2024
ކޭ ޕާކް ރެސިޑެންސްގެ ފްލެޓްތައް ވިއްކުމުގެ ނަމުގައި ގިނަ ބައެއްގެ އަތުން ފައިސާ އަތުލި ކަމަށް ތުހުމަތުވާ ހަސަން މަމްދޫހު (މަންޑޭ) ގެ ޝަރީއަތް ކްރިމިނަލް ކޯޓުން މިއަދު ފަށައިފި އެވެ.
ކޭ ޕާކް ހަދަމުން އަންނަ ހަންބޯ ކުންފުނީގެ ހިއްސާދާރެއް ކަމަށްވާ މަންޑޭ ފްލެޓް ވިއްކާނެ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން ފައިސާ ނެގި ކަމަށް ބުނެ އޭނާގެ މައްޗަށް 100 އަށް ވުރެ ގިނަ ދައުވާ ދައުލަތުން ކުރެ އެވެ. އެއީ ޓެކުމުގެ 50 ދައުވާއަކާއި އޮޅުވާލުމުގެ އަމަލެއް ކުރުމުގެ 50 ދައުވާގެ އިތުރުން ސައްހަ ނޫން ލިޔުމެއް ދިނުމުގެ ތިން ދައުވާ އާއި މަނީ ލޯންޑްރިންގެ އެއް ދައުވާ އެވެ. މިއީ ރާއްޖޭގައި އެކަކުގެ މައްޗަށް އެންމެ ގިނައިން ދައުވާކުރާ މައްސަލަ އެވެ.
މަންޑޭގެ އިތުރުން ރ. އަލިފުށީ ކިނާރާ ޖައިޝަން ސައީދުގެ މައްޗަށް ވެސް 95 ދައުވާއެއް އެ މައްސަލާގައި ކުރެ އެވެ. އެ ދެ މީހުންގެ މައްސަލާގެ ޝަރީއަތް ކްރިމިނަލް ކޯޓުން މިއަދު ފެށީ އެއްކޮށެވެ. މިއަދުގެ އަޑުއެހުމުގައި އެ ދެ މީހުން ވެސް އެދުނީ ވަކީލަކު އައްޔަން ކުރަން ފުރުސަތެއް ދިނުމަށެވެ.
އެ މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ވިދާޅުވީ އަމިއްލައަށް ވަކީލަކު ހަމަޖެއްސޭ ފަދަ މާލީ ތަނަވަސްކަން ނެތް ނަމަ ދައުލަތުގެ ހަރަދުގައި ވެސް މި ބާވަތުގެ މައްސަލަތަކުގައި ވަކީލުން ހަމަޖައްސައި ދެވޭނެ ކަމަށެވެ. އަދި ބޭނުންވަނީ ކޮން ގޮތެއްތޯ ގާޒީ ސުވާލު ކުރެއްވި އެވެ.
މަންޑޭ އާއި ޖައިޝަން މިއަދުގެ އަޑުއެހުމުގައި
އެ ދެ މީހުން ވެސް ބުނީ ބޭނުންވަނީ އަމިއްލައަށް ވަކީލަކު ހަމަޖައްސަން ކަމަށެވެ.
ގާޒީ ނަދީމް ވިދާޅުވީ އެންމެ ގިނަވެގެން އެކަމަށް ދެވޭނީ 10 ދުވަސް ކަމަށާއި އަދި ދެން އޮންނަ އަޑުއެހުމެއްގައި ވަކީލަކު ނެތަސް، މައްސަލަ ކުރިއަށް ގެންދަވާނެ ކަމަށް ގާޒީ ވިދާޅުވި އވެެ.
ގިނަ ބައެއްގެ އަތުން މަންޑޭ ފައިސާ ނެގި ކަމަށް ތުހުމަތުކޮށް ފުލުހުންނަށް މައްސަލަ ހުށަހެޅީ ހަންބޯ ކުންފުނީގެ އަނެއް ހިއްސާދާރުގެ ފަރާތުންނެވެ. އެ މައްސަލާގައި މަންޑޭ ހައްޔަރުކޮށް، އަދި އޭނާގެ ގޭގައި ހުރި އަގުހުރި ސާމާނުތަކާއި ދަބަހާއި ސެންޓާއި އަގުބޮޑު އެޕާޓްމެންޓެއް ވެސް ފުލުހުން ހިފެހެއްޓި އެވެ.
މަންޑޭ މިހާރު ހުރީ ބަންދުން ދޫކޮށްލައިފަ އެވެ.
އެ ދައުވާތައް ސާބިތުވެއްޖެނަމަ މަންޑޭގެ މައްޗަށް 40 އަހަރުގެ ޖަލު ހުކުމެއް އައުމުގެ ފުރުސަތު އެބައޮތެވެ.
ދިވެހިބަސް ނޭނގޭ ދިވެއްސަކަށް ތަރުޖަމާނެއްގެ އެހީ
ރަހީނުކޮށްގެން ގެންގުޅުނު ފްލެޓްގައި އަނެއްކާ ރެއިޑެއް!
ހައި ކޯޓުން ބަލައިނުގަތް ރާޣިބް ކްރިމިނަލް ކޯޓުގައި
ކިންގްސް ކުންފުނީގެ މައްސަލަ ރިވިއުކުރަން އެދެނީ
މަންޑޭގެ މުދާ ހިފަހައްޓަން ނެރުނު އަމުރު ބާތިލެއްނުކުރި
އައްމަޓީ ބޭރަށްދާން ހުއްދަ ދިނީ ރަނގަޅަށް: ހައިކޯޓް
އެކައުންޓަށް ޖަމާވި ފައިސާތަކެއް ބޭނުންކުރުމުން ޖަލަށް
މަންޑޭގެ ޕާސްޕޯޓް ދޫކޮށްލައިފި
އެޕާޓްމަންޓުތަކުން ސްކޭމް ހިންގި ހުނައިން ޖަލަށްލައިފި
ހާރިސްގެ މަރުގެ ދައުވާ ސާބިތުނުވި މައްސަލަ ހައި ކޯޓަށް