ހަމާސްގެ ސިޔާސީ ލީޑަރު އިސްމާއިލް ހަނިއްޔާގެ މައްޗަށް ރާއްޖޭގައި ޣައިބަށް ކަށު ނަމާދުކުރުން އިސްލާމިކް މިނިސްޓްރީން އިހުތިޔާރަށް ދޫކޮށްލި މައްސަލާގައި ފާޑު ކިޔުން އަމާޒުވުމުން އެކަން އެ މިނިސްޓްރީން ދިފާއު ކޮށްފި އެވެ.
02 އޯގަސްޓް 2024
ހަމާސްގެ ސިޔާސީ ލީޑަރު އިސްމާއިލް ހަނިއްޔާގެ މައްޗަށް ރާއްޖޭގައި ޣައިބަށް ކަށު ނަމާދުކުރުން އިސްލާމިކް މިނިސްޓްރީން އިހުތިޔާރަށް ދޫކޮށްލި މައްސަލާގައި ފާޑު ކިޔުން އަމާޒުވުމުން އެކަން އެ މިނިސްޓްރީން ދިފާއު ކޮށްފި އެވެ.
ހަނިއްޔާގެ މައްޗަށް މިއަދު ހުކުރު ނަމާދަށް ފަހު ޣައިބަށް ކަށު ނަމާދު ކުރަން އިސްލާމިކް މިނިސްޓްރީން ވަނީ ނިންމާފަ އެވެ. ނަމަވެސް އެކަން ހުރިހާ މިސްކިތަކުން ކުރަން މަޖުބޫރު ކުރުމުގެ ބަދަލުގައި އެ މިނިސްޓްރީން ވަނީ އެކަން އިމާމުންގެ އިހްތިޔާރަށް ދޫކޮށްލާފަ އެވެ.
އެ މައްސަލައިގައި ކުރީގެ އިސްލާމިކް މިނިސްޓަރު އަހުމަދު ޒާހިރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހަނިއްޔާގެ މައްޗަށް ކަށު ނަމާދު ކޮށްދިނުމަށް އެދި މިދިޔަ ބުދަ ދުވަހު އަދާލަތު ޕާޓީން ސަރުކާރަށް ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ.
ނަމަވެސް ސިޓީ އަށް ޖަވާބެއް ނުދީ މިއަދު ހެނދުނު އިމާމުން ތިބި ވައިބާ ގްރޫޕެއްގައި "ކަށު ނަމާދު ކުރުމުގެ ފުރުސަތު އޮތް" ކަމަށް މެސެޖެއް ކޮށްފައިވާ ކަމަށް ޒާހިރު ވިދާޅުވި އެވެ.
އެކަމަށް ރައްދު ދެއްވަމުން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ އެ މިނިސްޓްރީން ކަންކަން ކުރަނީ އަދާލަތު ޕާޓީން އަންގާ ގޮތަކަށް ނޫން ކަމަށެވެ.
މިނިސްޓްރީން ކަންކަން ނިންމަނީ އިލްމުވެރިންގެ ފުރިހަމަ މަޝްވަރާ އާ އެކުގައި ޤުރުއާނާއި ސުންނަތާ އެއްގޮތަށް ކަމަށް ޝަހީމް ވިދާޅުވި އެވެ.
"ޣައިބަށް ކަށު ނަމާދު ކުރުމަކީ ވާޖިބެއްތޯ؟ އެހެންވިއްޔާ ވާޖިބުވާ ކަމުގެ ދަލީލް ދައްކަވާ ދެއްވާ. ދީނީ ކަމެއް ތި ގޮތަށް ސިޔާސީ ކޮށްލުމަކީ ވަރަށް ބޮޑު ނުބައެއް. ސަރުކާރާ މެދު ނަފްރަތު އުފައްދަން ތި ކުރާ މަސައްކަތް ހުއްޓާލަން ޖެހޭ،" ޝަހީމް ވިދާޅުވި އެވެ.
އެ މައްސަލައިގައި އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ މެންބަރު ޑރ. މުހައްމަދު އިޔާޒު ވެސް ވަނީ ސަރުކާރުން އަމަލު ކުރި ގޮތަށް ފާޑު ވިދާޅުވެފަ އެވެ. އެކަމަށް ރައްދު ދެއްވަމުން ވެސް ޝަހީމް ވިދާޅުވީ ޣައިބަށް ކަށު ނަމާދު ކުރުމަކީ ވާޖިބެއް ކަމަށް ބުނާ ދަލީލް ދައްކައި ދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
ހަނިއްޔާ ޝަހީދު ކޮށްލި މައްސަލާގައި ސަރުކާރުން ވަނީ އެކަން ކުށްވެރިކޮށް ބަޔާނެއް ނެރެފަ އެވެ. އެހެން ނަމަވެސް އެ ބަޔާން ނެރުން ލަސްވުމުން ވެސް އިދިކޮޅު ފަރާތްތަކުން ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ކިޔާފަ އެވެ.
ޝަހީމްގެ ސުވާލު، މަހްލޫފަކީ އިސްލާމިކް މިނިސްޓަރުތޯ؟
މަޖީދު: ގެއްލިގެން ދިޔައީ އަގު ބޮޑު ޝަހުސިއްޔަތެއް
ސިޔާސީ މަސްރަހުން އަލުން ފެނިދާނެ: ޑރ. ޝަހީމް
ސައުދީން ރާއްޖެއަށް އިތުރު 10 ޓަނުގެ ކަދުރު ދީފި
ދިވެހި ހައްޖުވެރިންގެ ދަތުރުތައް ގައުމީ އެއާލައިނުން
"މައިންޑްފުލް ރަމަޟާން" ބަހުސަކަށް: ލިޔަންވީ ކީކޭ؟
މިސްކިތްތަކުގައި ފަންޑް ފޮށި ބެހެއްޓުމާ ގުޅޭ ގަވާއިދެއް
ޒަކާތު ހައުސްގެ ނަމުގައި 10 ބުރީގެ އިމާރާތެއް އަޅަނީ
މިސްކިތަށް ގެނައި މުދަލުން ޑިއުޓީއެއް ނުކަނޑާ: ޝަހީމް
މިސްކިތެއްގައި ކުޅިވަރު ކުޅުނު މައްސަލައެއް ބަލަނީ