މި އަހަރުގެ ދެ ވަނަ ކުއާޓަރުގައި އެމްޓީސީސީގެ އާމްދަނީ ވަރަށް ބޮޑަށް ދަށަށް ހިނގައްޖެ އެވެ.
މި އަހަރުގެ ދެ ވަނަ ކުއާޓަރުގައި އެމްޓީސީސީގެ އާމްދަނީ ވަރަށް ބޮޑަށް ދަށަށް ހިނގައްޖެ އެވެ.
އެ ކުންފުނިން އާންމުކޮށްފައިވާ ކުއާޓަލީ ތަފާސްހިސާބުތައް ދައްކާ ގޮތުން ދެ ވަނަ ކުއާޓަރުގައި އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި ލިބުނީ 497 މިލިއަން ރުފިޔާ އެވެ. އެއީ މި އަހަރުގެ ފުރަތަމަ ކުއާޓާއަށް ވުރެ 25 ޕަސެންޓް ދަށް އަދަދެކެވެ. މި އަހަރުގެ ފުރަތަމަ ކުއާޓާގައި އެ ކުންފުންޏަށް ވަނީ 664 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފަ އެވެ.
މިދިޔަ އަހަރުގެ ދެވަނަ ކުއާޓާގައި އެމްޓީސީސީއަށް 727 މިލިއަން ރުފިޔާގެ ފައިދާއެއް ލިބުނެވެ. އެހެންވެ، މިއަހަރުގެ އާމްދަނީ މިދިޔަ އަހަރުގެ ދެވަނަ ކުއާޓައާ އަޅާބަލާއިރު 32 ޕަަސެންޓު ދަށެވެ.
މިއަހަރުގެ ދެވަނަ ކުއާޓާގައި އެހާ ބޮޑު ދަށްވުމެއް އައީ ކުންފުނީގެ ޖުމްލަ ހަރަދުތައް ބޮޑުވުމުންނެވެ. މާކެޓިން އާއި އެޑްމިނިސްޓްރޭޓިވް ހަރަދުތައް ވެސް ވަނީ އަހަރުގެ ފުރަތަމަ ކުއާޓައާ އަޅާބަލާ އިރު އިތުރުވެފަ އެވެ.
މިއަހަރުގެ ފުރަތަމަ ކުއާޓާގައި އެ ކުންފުންޏަށް ވަނީ ފަސް މިލިއަން ރުފިޔާގެ ފައިދާއެއް ލިބިފަ އެވެ.
މިދިޔަ އަހަރު އެ ކުންފުންޏަށް ފައިދާގެ ގޮތުގައި 97 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އޭގެ ކުރީ އަހަރު އެ ކުންފުންޏަށް ވަނީ 196 މިލިއަން ރުފިޔާގެ ފައިދާއެއް ލިބިފަ އެވެ. ކުންފުނި ވަރަށް ބޮޑަށް އަޑިއަޅާލުމަށް ފަހު ވޭތުވެދިޔަ ހަތަރު އަހަރު އެ ކުންފުނި އަންނަނީ ފައިދާ އިތުރު ކުރަމުންނެވެ. އެ ކުންފުންޏަށް އެންމެ ބޮޑު ފައިދާއެއްވީ 2021 ވަނަ އަހަރު އެވެ. އެ އަހަރު ވަނީ 270 މިލިއަން ރުފިޔާގެ ފައިދާއެއް ވެފަ އެވެ.
އެމްޓީސީސީގެ ހިއްސާއަކަށް 3ރ. ބަހަން ފާސްކޮށްފި
ބޭރުމަގު ފުރަތަމަބައި ނިންމައި ހަފްތާއެއް ތެރޭ ހުޅުވަޅީ
ބޭރުގެ މަގުގެ ބާކީބައި ހަދަން އާންމުންގެ ހިޔާލު ހޯދަނީ
ޓެކްސީ ލައިން ފަށަން 407 ޑްރައިވަރުން ހޯދަނީ
މަގު ބަންދުކުރި ސަރަހައްދުގައި ބަހުގެ ހިދުމަތް ނޯންނާނެ
ގުޅިއަށް 10.5 ހެކްޓަރުގެ ބިން އިތުރުކޮށް ނިމިއްޖެ
މަސައްކަތް ހިނގާތަން ކޮންމެ ރަށަކުން މިހާރު ފެންނާނެ
ތާރުއަޅަން ޖުމްހޫރީ މައިދާން ކައިރި މަގުތައް ބަންދު
އެސްއޯއީތަކަށް ދޭ ފައިސާ 88 ޕަސެންޓު ކުޑަކުރަނީ
ރައީސް ދެއްވީ ދިއްފުއްޓަށް ބޯހިޔާވަހިކަމުގެ ޔަގީންކަން