އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމަނިއަމް ޖައިޝަންކަރު ރަސްމީ ދަތުރުފުޅެއްގައި ދެންމެ ރާއްޖެ ވަޑައިގެންފި އެވެ.
09 އޯގަސްޓް 2024
އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމަނިއަމް ޖައިޝަންކަރު ރަސްމީ ދަތުރުފުޅެއްގައި ދެންމެ ރާއްޖެ ވަޑައިގެންފި އެވެ.
ޖައިޝަންކަރު ރާއްޖެ ވަޑައިގަތުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އޭނާއަށް ރަތްދޫލައިގެ މަރުހަބާއެއް ދެންނެވީ ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރެވެ.
މިއީ ޖައިޝަންކަރު ރާއްޖެ ވަޑައިގެންނެވި ހަތަރު ވަނަ ފަހަރެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން އިންޑިއާގެ ސަރުކާރުގެ އިސް ވަޒީރަކު ރާއްޖެއަށް ރަސްމީ ދަތުރުފުޅެއްވި ކުރެއްވި ފުރަތަމަ ފަހަރު ވެސް މެ އެވެ.
ޖައިޝަންކަރު ތިން ދުވަހަށް ރާއްޖެއަށް ކުރައްވާ މި ދަތުރުފުޅުގައި ރައީސް މުއިއްޒާއި ފޮރިން މިނިސްޓަރު މޫސާ ޒަމީރާ އެކު މަޝްވަރާތައް ކުރައްވަން ވެސް ވަނީ ހަމަޖެހިފަ އެވެ. ރައީސް މުއިއްޒު ދާދިފަހުން އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި ވެސް ޖައިޝަންކަރާ ބައްދަލު ކުރެއްވި އެވެ.
ޖައިޝަންކަރުގެ މި ދަތުރުފުޅުގައި އިންޑިއާގެ ލޯނު އެހީގައި ކުރިއަށް ގެންދާ ތިލަމާލެ ބްރިޖްގެ މަޝްރޫއުގެ މަސައްކަތްތައް އޭނާ ބައްލަވައިލައްވާނެ އެވެ. އޭގެ އިތުރުން އިންޑިއާގެ އެހީގައި އައްޑޫގައި ކުރިއަށް ގެންދާ މަޝްރޫއުތަކުގެ މަސައްކަތްތައް ބައްލަވާލެއްވުމަށް އައްޑޫއަށް ވެސް އޭނާ ވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.
މި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު އޭނާ އެނބުރި އިންޑިއާއަށް ފުރާވަޑައިގަތުމަށް ހަމަޖައްސާފައި ވެސް އައްޑޫންނެވެ.
އައްޑޫގެ މަގުތައް ހެދުމުގެ މަޝްރޫއާއި ހަންކެނޑެ ބްރިޖުގެ މަޝްރޫއު ކުރިއަށް ގެންދަނީ އިންޑިއާގެ ކުންފުނިތަކުންނެވެ. އަދި އައްޑޫގައި ހެދި ފުލުހުންގެ ކޮލެޖަކީ ވެސް އިންޑިއާގެ އެހީގައި ހެދި ތަނެކެވެ.
ކުރީގެ ސަރުކާރުގައި ތިން ފަހަރެއްގެ ޖައިޝަންކަރު ރާއްޖެ ވަޑައިގެންނެވި އެވެ. އެ ދަތުރުފުޅުތަކުގައި ވެސް އައްޑުއަށް އޭނާ ވަޑައިގެންނެވި އެވެ.
އިންޑިއާގެ ފޮރިން މިނިސްޓަރު އައްޑުއަށް ވަޑައިގެންފި
ގުޅުން ރަނގަޅުކުރަން އިންޑިއާ ސަފީރާއެކު މަޝްވަރާކޮށްފި
"އިންޑިއާއާ އެކު އޮންނަ ގުޅުން ހީނަރުވިޔަ ނުދޭނެ"
"އިންޑިއާ އައުޓް ކެމްޕެއިނާ ސަރުކާރާ ގުޅުމެއް ނެތް"
ރާއްޖެއަކީ ނެއިބަހުޑް ފަސްޓްގެ އެންމެ ސާފު މިސާލު
ރަށްރަށުގައި މަޝްރޫއު ހިންގަން އިންޑިއާއާއެކު ސޮއިކޮށްފި
ރަސްމީ ދަތުރެއްގައި މިނިސްޓަރު ހަލީލް އިންޑިއާގައި
އިންޑިއާއަށް އަޒީމާ، ސައުދީ އަށް ސަރީރު އައްޔަންކޮށްފި
ސަފީރުކަމަށް އަޒީމާ އައްޔަނުކުރަން މަޖިލީހުން ފާސްކޮށްފި
"އަވައްޓެރި ގުޅުމުގެ ތެރެއިން ރާއްޖެއަށް އިސްކަންދެން"