Roadha Mihaaru
އޮފީސް ވޮލީގައި އެޗްޑީސީގެ ކާމިޔާބު ނުހުއްޓުވުނު

އޮފީސް ވޮލީގައި އެޗްޑީސީން ދަމަހައްޓަމުން އަންނަ ކާމިޔާބު ސިފައިންނަށް ވެސް ނުހުއްޓުވުނު

20 އޯގަސްޓް 2024

އޮފީސް/ކޮމްޕެނީ ވޮލީބޯލް ޗެމްޕިއަންޝިޕް 2024 ގެ ވާދަވެރި ފައިނަލުގައި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ މައްޗަށް ކުރި ހޯދައި، އެންމެ ފަހުގެ ޗެމްޕިއަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ތަށި ދިފާއު ކޮށްފި އެވެ.

މިދިޔަ އަހަރު އެޗްޑީސީ ވާދަ ކުރީ ކްލަބް އާބަންކޯގެ ނަމުގަ އެވެ. މިދިޔަ އަހަރުގެ އޭޕްރީލް މަހު އެޗްޑީސީގެ ނަމް އާބަންކޯއަށް ބަދަކުކޮށް ރީބްރޭންޑް ކުރި އިރު، އާ ސަރުކާރާ އެކު ކުންފުނީގެ ނަން މިއަހަރުގެ ޖެނުއަރީ މަހު އަލުން އެޗްޑީސީ އަށް ބަދަލު ކުރީ އެވެ.

ހުޅުމާލޭ އެޗްޑީސީ ވޮލީ ކޯޓުގައި ރޭ ކުޅުނު ފައިނަލް މެޗުގައި އެޗްޑީސީ މޮޅުވީ ފަސް ސެޓު ކުޅެގެން، 3-2 ސެޓުންނެވެ.

އެޗްޑީސީން ފުރަތަމަ ސެޓު 25-16 އިން ގެންގޮސްފައި ވަނިކޮށް އެމްއެންޑީއެފުން ވަނީ 25-18 އިން ދެވަނަ ސެޓު ކާމިޔާބު ކޮށްފަ އެވެ. ވާދަވެރި ކުޅުމަކަށް ފަހު ތިންވަނަ ސެޓުގައި 27-25 އިން އެޗްޑީސީން ކުރި ހޯދި ނަމަވެސް ފަސްވަނަ ސެޓަކަށް ދާން ޖެހުނީ އެމްއެންޑީއެފުން 29-27 އިން ހަތަރުވަނަ ސެޓް ގެންދިޔުމުންނެވެ.

ފަސްވަނަ ސެޓު، އެޗްޑީސީން ކާމިޔާބު ކުރީ 15-10 އިންނެވެ.

މުބާރާތުގެ ޑްރީމް ޓީމްގެ ބައެއް ކުޅުންތެރިންނާއި މޮޅު ކޯޗުގެ މަގާމް ހޯދި ހުސެއިން ޝަރީފް.-- ފޮޓޯ: އެޗްޑީސީ

މުބާރާތުގެ ޑްރީމް ޓީމްގެ ބައެއް ކުޅުންތެރިންނާއި މޮޅު ކޯޗުގެ މަގާމް ހޯދި ހުސެއިން ޝަރީފް.-- ފޮޓޯ: އެޗްޑީސީ

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެޗްޑީސީގެ އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) އެވެ. މުބާރާތުގެ ޑްރީމް ޓީމުގައި ވެސް ހިމެނުނު ކުޑަކާއްޓޭ ވަނީ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދައިފަ އެވެ.

ކުޑަކާއްޓޭގެ އިތުރުން މުބާރާތުގެ ޑްރީމް ޓީމުގައި ދެން ހިމެނުނީ އެޗްޑީސީގެ އަލީ ނިމާލް އަދި މުހައްމަދު އަހުސަންގެ އިތުރުން ވެމްކޯގެ އަލީ ހުޒާމް އާއި އެމްއެންޑީއެފްގެ ހުސެއިން ޔޫސުފް އާއި ހުސެއިން ރައްޒާން އަދި ޕޮލްކޯގެ މުހައްމަދު ނައީމެވެ. އެންމެ މޮޅު ކޯޗަކަށް ހޮވުނީ އެޗްޑީސީގެ ހުސެއިން ޝަރީފް އެވެ.

މިއަހަރުގެ މުބާރާތުން ތިންވަނަ ހޯދާފައި ވަނީ، މިދިޔަ އަހަރުގެ ރަނަރަޕް، ވެމްކޯ އެވެ.