އަލް އަގްސާ މިސްކިތުގައި ފައްޅިއެއް އެޅުމަށް އިޒްރޭލުގެ ވަޒީރަކު ގޮވާލި ގޮވާލުން ދިވެހި ސަރުކާރުން ކުށްވެރިކޮށްފި އެވެ.
28 އޯގަސްޓް 2024
އަލް އަގްސާ މިސްކިތުގައި ފައްޅިއެއް އެޅުމަށް އިޒްރޭލުގެ ވަޒީރަކު ގޮވާލި ގޮވާލުން ދިވެހި ސަރުކާރުން ކުށްވެރިކޮށްފި އެވެ.
އިޒްރޭލުގެ ނެޝަނަލް ސެކިޔުރިޓީ މިނިސްޓަރު އިތަމާރު ބެން-ގިވީރް ވަނީ މުސްލިމުންގެ ތިން ވަނަ ހަރަމް ކަމުގައިވާ މާތްވެގެންވާ އަލް އަގްސާ މިސްކިތުގައި ޔަހޫދީންނަށް އަޅުކަން ކުރެވެން ޖެހޭނެ ކަމަށާއި އަދި އެތަނުގައި ފައްޅިއެއް އެޅުމަށް ގޮވާލައިފަ އެވެ.
އެކަން ކުށްވެރިކޮށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ރޭ ނެރުނު ބަޔާނުގައި ވަނީ އަގްސާ މިސްކިތަކީ ދުނިޔޭގެ 1.8 ބިލިއަން މުސްލިމުންނާ ގުޅިފައިވާ ތަނަކަށް ވާއިރު، ބައިނަލްއަގްވާމީ ގާނޫނުތަކާއި އދ.ގެ ގަރާރުތަކާ އެއްގޮތަށް އަގްސާ މިސްކިތުގެ ތާރީހީ އަދި ގާނޫނީ ހައިސިއްޔަތަށް އިހުތިރާމް ކުރަންޖެހޭ ކަމަށެވެ.
ފޮރިން މިނިސްޓްރީން ބުނީ އިސްރާއީލްގެ އިސްވެރިން ދައްކަވާ މިފަދަ ވާހަކަތަކުގެ ސަބަބުން ގާޒާގައި ހިނގަމުންދާ ހަނގުރާމަ ހުއްޓާލުމުގެ މަސައްކަތްތަކަށް ބުރޫއަރާ ކަމަށެވެ. އަދި އޭގެ ސަބަބުން ހަމަނުޖެހުންތަކަށް މަގުފަހިވެ، މެދުއިރުމަތީގެ މަސްރަހު ހަލަބޮލިވުމުގެ ފުރުސަތު އޮތް ކަމަށް ފޮރިން މިނިސްޓްރީން ބުނެފައިވެ އެވެ.
"ގުދުސް އާއި އެތަނުގެ މުގައްދަސް ތަންތަނުގެ ގާނޫނީ ހައިސިއްޔަތު ބަދަލުވެދާނޭފަދަ އެއްވެސް އަމަލެއް ހިންގުން ހުއްޓުވައި ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ހިމާޔަތްކުރުމަށް އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އެޅުމަށް ބައިނަލްއަގްވާމީ މުޖުތަމައަށް ދިވެހިރާއްޖެއިން ގޮވާލަމެވެ." ފޮރިން މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.
އެ ބަޔާނުގައި އިތުރަށް ބުނީ ދިވެހި ސަރުކާރު އަބަދުވެސް އޮންނާނީ ފަލަސްތީނުގެ ރައްޔިތުންނާ އެކުގައި ކަމަށެވެ. އަދި ފަލަސްތީނުގައި ހިނގަމުންދާ ހަމަނުޖެހުމަށް ދާއިމީ ހައްލެއް ހޯދަން މަސައްކަތް ކުރަން ބައިނަލްއަގުވާމީ މުޖުތަމައުއަށް ވެސް އެ ބަޔާނުގައި ގޮވާލާފައިވެ އެވެ.
ފަލަސްތީނުގެ އޮނަރަރީ ކައުންސުލްއާ ޝާހިދު ބައްދަލުކޮށްފި
ގާޒާ ހޮސްޕިޓަލް ހަމަލާ އިންސާނިއްޔަތާ ހިލާފު: ސަރުކާރު
ނަތަންޔާހޫ ދެއްކި ވާހަކަތައް ރާއްޖެއިން ކުށްވެރިކޮށްފި
ފަލަސްތީނަށް އެހީވާން އެެއްކުރި ފައިސާ ފޮނުވައިފި
އދ. ގެ އޮފީސް އިޒްރޭލުން އަތުލުން ކުށްވެރިކޮށްފި
ޓެލެތޯނުން ލިބުނު ފައިސާ އަންރުއާއާ ހަވާލުކޮށްފި
ގާޒާ ސްކޫލަށް ދިން ހަމަލާ ރާއްޖެއިން ކުށްވެރިކޮށްފި
"ފަލަސްތީން ސަލާމަތްކުރެވޭނީ ގާނޫނު ތަންފީޒުކޮށްގެން"
1.29 މިލިއަން ޑޮލަރުގެ އެހީއެއް ފަލަސްތީނަށް ދެނީ
ޓެލެތޯނުން ލިބުނު 19މިލިއަން މިނިސްޓްރީއާ ހަވާލުކޮށްފި