ޓްރެފިކް ނިޝާނާ ހިލާފަށް ދުއްވުމުގެ ސަބަބުން 15 ދުވަހަށް ޓޯކުރި ސައިކަލެއްގެ މިލްކުވެރިކަން ސާބިތުކޮށް އެ ހޯދަން ކޯޓު މަރުހަލާގައި ތިން އަހަރު ހޭދަކުރަން މީހަކަށް ޖެހިއްޖެ އެވެ.
05 ސެޕްޓެމްބަރ 2024
ޓްރެފިކް ނިޝާނާ ހިލާފަށް ދުއްވުމުގެ ސަބަބުން 15 ދުވަހަށް ޓޯކުރި ސައިކަލެއްގެ މިލްކުވެރިކަން ސާބިތުކޮށް އެ ހޯދަން ކޯޓު މަރުހަލާގައި ތިން އަހަރު ހޭދަކުރަން މީހަކަށް ޖެހިއްޖެ އެވެ.
މި މައްސަލާގައި ދައުވާކުރި މީހާ އަކީ 2005 ވަނަ އަހަރު އިންސްޓޯލްމަންޓަށް ސައިކަލެއް ގަތް މީހެކެވެ. އޭނާގެ ސައިކަލް ފުލުހުން 2021 ވަނަ އަހަރު ޓޯކުރިއިރު، ސައިކަލުގެ އިންޖީނު ނަންބަރު ސާފެއް ނޫނެވެ. އެހެންވެ، ސައިކަލް ބަލައި ދިއުމުން ފުލުހުން އެންގީ ކޯޓަށް ގޮސްގެން މިލްކުވެރިކަން ސާބިތުކުރުމުން ނޫނީ ސައިކަލް ހަވާލު ނުކުރެވޭނެ ކަމަށެވެ.
ދައުވާކުރި މީހާގެ ސައިކަލް ހުއްޓުވީ ޓްރެފިކް ނިޝާނާ ދެކޮޅަށް ދުއްވަމުންދަނިކޮށެވެ. އެ ސައިކަލް ދުއްވަން އޭރު އިނީ ލައިސެންސް ނެތް ބަންގްލަދޭޝް މީހެކެވެ. އެހެންވެ، ސައިކަލް 15 ދުވަހަށް ޓޯކުރަން ފުލުހުން ނިންމި އެވެ.
ފުލުހުން ބުނި ގޮތުގައި:
● ސައިކަލްގެ އިންޖީނު ނަންބަރު ނުފެންނަ ގޮތަށް ނަންބަރު ހުރީ ކަހާލާފައިކަން ތަހުލީލު ރިޕޯޓުން އެނގޭ ކަމަށާއި އެކަން ކޮށްފައިވަނީ އެއްޗަކުން ގާނައިގެން ކަމަށް.
● އެހެންވެ މުދަލުގެ ވެރިފަރާތަކީ ދައުވާކުރާ ފަރާތްކަމަށް ގަބޫލު ނުކުރެވޭ ކަން
● އެއްވެސް ހެއްކެއް ގަރީނާއެއް ނެތި ސައިކަލްގެ ވެރިފަރާތް ކަނޑައަޅާ ނަމަ، އެކަމުގެ ސަބަބުން، ނުހައްގު ގޮތަކުން ހޯދާފައިވާ މުދަލެއް ހައްގު ނޫން ފަރާތަކަށް ލިބުމުގެ އިހްތިމާލު އޮތްކަން
● ސައިކަލަކީ ދައުވާކުރާ ފަރާތުގެ ސައިކަލެއްކަން ސާބިތުކޮށްދިނުމުން މެނުވީ ސައިކަލް ހަވާލު ނުކުރެވޭނެ ކަން.
ދައުވާކުރާ މީހާގެ ނަމުގައި ސައިކަލްގެ ރަޖިސްޓްރީއެއް އޮތްއިރު، އޭގައި ސައިކަލްގެ އިންޖީނު ނަންބަރާއި ޗެސިސް ނަންބަރު އެނގެން އޮތެވެ. އެ ރަޖިސްޓްރީގެ ސައްހަކަމާ މެދު ފުލުހުން ސުވާލެއް ނުއުފައްދަ އެވެ.
މައްސަލާގައި ސިވިލް ކޯޓުން އިއްވި ހުކުމްގައި ބުނީ ސައިކަލްގެ ރަޖިސްޓްރީ އާއި އެ ސައިކަލް ވިއްކި ތަނުން ދޫކޮށްފައިވާ ލިޔުމުން އެ މުދަލަކީ ދައުވާކުރާ ފަރާތަށް މިލްކުވެފައިވާ މުދަލެއްކަން އެނގެން އޮންނަ ކަމަށެވެ. އަދި ސައިކަލްގެ މިލްކުވެރިކަމާ މެދު އެހެން ފަރާތަކުން ފުލުހުންނަށް މައްސަލައެއް ހުށަހަޅާފައެއް ވެސް ނުވެ އެވެ.
ހުކުމްގައި ބުނީ ސައިކަލްގެ ވެރިފަރާތަކީ ދައުވާކުރާ މީހާ ނޫންކަން ފުލުހުންނަށް ސާބިތުކޮށްދެވިފައިނުވާ ކަމަށާއި ސައިކަލް ޓޯކުރިއިރު އެ ސައިކަލްގެ އަތުގެވެރިއަކީ ދައުވާކުރާ ފަރާތް ކަމަށެވެ. އެހެންވެ ކޯޓުން ވަނީ ސައިކަލްގެ މިލްކުވެރިކަން ދައުވާކުރާ މީހާއަށް ސާބިތުކޮށްދީފަ އެވެ.
މި މައްސަލަ އޭނާގެ ފަރާތުން ކޯޓަށް ހުށަހެޅީ އޯގަސްޓް 22، 2021 ގަ އެވެ. މައްސަލަ ނިންމައި ހުކުމް ކޮށްފައިވަނީ މިދިޔަ އަންގާރަ ދުވަހު އެވެ. އެހެންވެ، 15 ދުވަހަށް ޓޯކުރި ސައިކަލް ލިބޭވަރުވީ ތިން އަހަރަށް ފަހު އެވެ.
މަގުތަކުން 400 އަށް ވުރެ ގިނަ އުޅަނދު ނަގައިފި
ފުލުހުންގެ ޕްރޮމޯޝަން ހުއްޓުވަން ހައިކޯޓުން އަމުރުނުދިން
މިދިޔަ އަހަރު 7،606 އުޅަނދަށް ފިޔަވަޅު އެޅި
ހިޖާމާގެ ހިދުމަތް ހުއްޓުވި މައްސަލާގައި ފަޒީލާ ކޯޓަށް
ރައުންޑްއެބައުޓާއެކު އެކްސިޑެންޓް މަދު، ހޭލުންތެރިކުރަނީ
ޕާކު ކުރަންވީ ވެހިކަލް ދުއްވުމުގެ މުސްކުޅި ގަވައިދު
ކުއްޖަކަށް ހުންގާނު ދީގެން ދުއްވީ ސިފައިންގެ މީީހެއް
ހައިވޭގައި ސައިކަލްގެ ހުންގާނު ކުޑަ ކުއްޖެއްގެ އަތަށް!
ކޮންމެ ފަސް މިނިޓަކުން ފުލުހަކާ ދިމާވާނެ ގޮތް ހަދަނީ
ޕާކިން ޒޯނަކުން ސައިކަލެއް ޓޯކުރި މައްސަލައެއް!