ފ. މަގޫދޫ ސްކޫލުގެ ހިދުމަތްތައް ރަނގަޅުކުރަން އެ ރަށު ކައުންސިލުން އެއް މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކުރަން ނިންމައިފި އެވެ.
08 ސެޕްޓެމްބަރ 2024
ފ. މަގޫދޫ ސްކޫލުގެ ހިދުމަތްތައް ރަނގަޅުކުރަން އެ ރަށު ކައުންސިލުން އެއް މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކުރަން ނިންމައިފި އެވެ.
މަގޫދޫ ކައުންސިލްގެ ރައީސް އަބްދުﷲ ވަހީދު ވިދާޅުވީ އެ ރަށު ސްކޫލުގެ ކުލާސްރޫމްތަކާއި ސްކޫލްގެ ގޯތިތެރެއަކީ ދަރިވަރުންނަށް ކިޔެވުމަށް ފަހި މާހައުލަކަށް ހެދުމަށް ކައުންސިލުން އެކި ކަންކަން ރާވާފައިވާ ކަމަށެވެ.
ފ. މަގޫދޫ ސްކޫލްގެ ހިދުމަތްތައް ރަނގަޅުކުރަން އެ ރަށު ކައުންސިލުން ސްކޫލާ އެކު އެމްއޯޔޫއެއްގައި ސޮއިކުރުން.-- ފޮޓޯ: މަގޫދޫ ސްކޫލް
ވަހީދު ވިދާޅުވި ގޮތުގައި، ކައުންސިލުގެ ބަޖެޓުން ބޮޑު ހަރަދެއް ކޮށްގެން ވަނީ ސްކޫލްގެ ހުރިހާ ކުލާސްރޫމްތަކެއް އޭސީ ކުރުމަށާއި ކޮމްޕިއުޓަ ލެބެއް ހެދުމަށާއި ޕާކެއް ހެދުމަށް އަދި ލައިބްރަރީއެއް ހަދަން ވެސް ނިންމައިފަ އެވެ.
"މީގެ އިތުރުން ވެސް، މިހާރު ވެސް ސްކޫލްގެ ހުރިހާ ތައުލީމީ އަދި ކުޅިވަރު ހަރަކާތްތަކުގައި، ހުރިހާ އިނާމާއި ތައްޓާއި މެޑަލް އަދި ސްކޫލްގެ އަހަރީ އިނާމު ދިނުމުގެ ހަފުލާގެ ހުރިހާ އިނާމެއް ދެނީ ކައުންސިލުން،" ވަހީދު ވިދާޅުވި އެވެ.
ފ. މަގޫދޫ ސްކޫލްގައި ހަދާ ކޮމްޕިއުޓާ ލެބްގެ މޮޑެލް.-- ފޮޓޯ: މަގޫދޫ ސްކޫލް
ސްކޫލަށް ގެންނަ ވަގުތީ ޓީޗަރުންގެ ހުރުމާއި ކެއުމާއި އަދި ދަތުރުގެ ހަރަދުތައް ވެސް ކައުންސިލުން ދޭނެ ކަމަށް ވަހީދު ވިދާޅުވި އެވެ.
އެ މަސައްކަތްތައް ކުރުމަށް މަގޫދޫ ކައުންސިލުން ވަނީ މިދިޔަ ބުދަ ދުވަހު އެ ރަށު ސްކޫލާ އެކު އެމްއޯޔޫގައި ވެސް ސޮއިކޮށްފަ އެވެ. އެ އެމްއޯޔޫގެ ދަށުން ހުރިހާ މަސައްކަތަކަށް 1،393،000ރ. ހަރަދުކުރަން ކައުންސިލުން ވަނީ ނިންމައިފަ އެވެ.
ސްކޫލްތަކުގެ ބޮޑު ޗުއްޓީ ފަށައިފި
މަޖީދިއްޔާގެ ޕްރިންސިޕަލް އައިސްތު ރިޓަޔާ ކުރައްވައިފި
ސެޕްޓެމްބަރުގެ ނިޔަލަށް ސްކޫލްތައް އޭސީކޮށް ނިންމަނީ
"އެކްޓިވިޓީ ކަލަންޑަރު" ހެދުމުގެ ކުރިން ހިޔާލު ހޯދަނީ
އޯވަލޯޑު ނުވާނެ ގޮތަކަށް ހަރަކާތްތައް ބާއްވަން އެދިއްޖެ
ގްރޭޑް 9،8 ގެ ދަރިވަރުންގެ އޯ ލެވެލް އަންނަ އަހަރު
ކުދިން ބައިވެރިކުރާ ހަރަކާތްތަކަށް ހުއްދަ ހޯދަން ޖެހޭ
ޓެބްލެޓްތަކާ ގުޅިގެން 23 މިލިއަން ދޭން ޖެހިއްޖެ
ހުރިހާ ޓޮޕް 10 ގައި އެންމެ އުފާވެރި މާމަ
150 އެއްހާ ސްކޫލްގައި ހެލްތު އޮފިސަރުންނެއް ނެތް!