Roadha Mihaaru
ކުޅުދުއްފުށީ ފަޅުގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ

ކުޅުދުއްފުށީ ފަޅުތެރޭގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ

11 ސެޕްޓެމްބަރ 2024

ހދ. ކުޅުދުއްފުށީގެ ފަޅުތެރޭގައި މަރުވެފައި އޮތް މީހަކު މިއަދު ހެނދުނު ފެނިއްޖެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ހދ. ކުޅުދުއްފުށީގެ ފަޅުތެރޭގައި މަރުވެފައި އޮތް މީހަކު މިއަދު ހެނދުނު ފެނިއްޖެ އެވެ.

އެނގިފައިވާ ގޮތުގައި، ކުޅުދުއްފުށީގެ އުތުރު ބަނދަރުގެ ފަޅުތެރޭގައި މަރުވެފައި އޮއްވައި ހެނދުނު 8:30 ހާއިރު ފެނުނީ އެ ރަށު ޑެއިޒީފެހި، މުހައްމަދު ހަސަން އެވެ. އެއީ އުމުރުން 36 އަހަރުގެ މީހެކެވެ.

އެ މައްސަލާގައި ފުލުހުން ދެންމެ ބުނީ ކުޅުދުއްފުށީ ފަޅުތެރެއިން ޚަބަރު ހުސްވެފައިވާ އޮތް މީހަކު ފެނިގެން އެ "ސީން" ގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

ކުޅުދުއްފުށިން މަރުވެފައި އޮއްވައި ފެނުނު މުހައްމަދު ހަސަން.

ކުޅުދުއްފުށިން މަރުވެފައި އޮއްވައި ފެނުނު މުހައްމަދު ހަސަން.

އެކަމާ ގުޅޭ ތަފްސީލު ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.

ނަމަވެސް ކުޅުދުއްފުށިން ވާހަކަ ދެއްކި މީހަކު "މިހާރު" އަށް ބުނީ، އެ މީހާ ވަނީ މަރުވެފައި ކަމަށާއި ހަށިގަނޑު ވެސް އޮތީ "ހަރުވެފައި" ކަމަށެވެ.