18 ސެޕްޓެމްބަރ 2024
ފުޓްބޯޅަ ސްކޫލް ހަދަން ހުޅުމާލެ 1 އިން އެފްއޭއެމަށް ދޫކުރި ބިމަށް ކުލި ނުދައްކާތީ އެޗްޑީސީން އެ ބިން އަތުލައިފި އެވެ.
ފުޓްބޯޅަ ސްކޫލް ހަދަން ހުޅުމާލެ 1 އިން އެފްއޭއެމަށް ދޫކުރި ބިމަށް ކުލި ނުދައްކާތީ އެޗްޑީސީން އެ ބިން އަތުލައިފި އެވެ.
ބޯޑިން ސްކޫލެއް ގޮތަށް ފުޓްބޯޅަ އަށް ހާއްސަ ސްކޫލެއް ހެދުމަށް އެފްއޭއެމުން ބިން ހޯދައި އެކޮމެޑޭޝަން އިމާރާތެއް އެތަނުގައި ހެދި އެވެ. "ގައުމީ ފުޓްބޯޅަ ސްކޫލްގެ ނަމުގައި" އެ ތަން ހިންގަން ރެއާލް މެޑްރިޑްގެ ކުރީގެ ޑިފެންޑަރު މިޝޭލް ސަލްގާޑޯއާ އެކު 2021 ގައި އެފްއޭއެމުން އެއްބަސްވުމެއް ވެސް ހެދި އެވެ. އެކަމަކު، ފުޓުބޯޅަ ސްކޫލާ ގުޅޭ އެއްވެސް ކަމެއް ނުކޮށް، ފަހުން ފެނުނީ އެ ބިމުގެ ބައެއް ތަންތަން ވިޔަފާރިތަކަށް ކުއްޔަށް ދޫކުރި ތަނެވެ.
އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް އިސްވެ ހުރެ މިދިޔަ އަހަރުތަކުގައި ހިންގި ބޮޑު ހިޔާނާތާ ގުޅިގެން، އެ އިދާރާގެ ކަންކަން ބޮއްސުންލައިގެން ދިއުމުން އެ ތަން ހަމަޔަކަށް އަޅުވަން ފީފާ އިން ހަވާލުކުރި ނޯމަލައިޒޭޝަން ކޮމިޓީން މިއަދު ބޭއްވި މީޑިއާ ބްރީފިންގައި ޗެއާމަން އަހުމަދު ޒުހޫރު ވިދާޅުވީ އެފްއޭއެމްގެ ބެލުމުގެ ދަށުގައި އޮތް ބިން އަނބުރާ އެޗްޑީސީ އަށް ނެގި ކަން އެ ކުންފުނިން އަންގާފައިވާ ކަމަށެވެ.
FAM ge Gaumee Footboalha School ge project bimaa hama
The most trusted news source in the Maldives
Mihaaru
"މިހާރު" ގެ އާކައިވުން: އެފްއޭއޭއެމްގެ ގައުމީ ފުޓްބޯޅަ ސްކޫލްގެ ޕްރޮޖެކްޓް ބިމާހަމަ
ބައްސާމަށް އެޑްރެސްކޮށް އެޗްޑީސީން ފޮނުވި ސިޓީގައި ވާހަކަތައް ނޫސްވެރިންނާ ހިއްސާ ކުރައްވަމުން ޒުހޫރު ވިދާޅުވީ، އެ ބިމުގެ ކުލީގެ ގޮތުގައި 8 މިލިއަން ރުފިޔާ އެޗްޑީސީ އަށް ދައްކަން ޖެހެ އެވެ.
"އެ ސިޓީގައި ބުނެފައި އެބައޮތް އެފްއޭއެމުން އެ ބިން ވަކި ކުރި ވާހަކަ،" ގައުމީ ފުޓްބޯޅަ ދަނޑުގެ ވީއައިޕީ ރޫމްގައި ބޭއްވި މީޑިއާ ބްރީފިންގައި ޒުހޫރު ވިދާޅުވި އެވެ.
"އެކަޑެމީއެއް ހެދުމަށްޓަކައި އަޅުގަނޑުމެންނާ [އެފްއޭއެމާ] ހަވާލު ކުރެވިފައި އޮތް ބިމެއް. އެފްއޭއެމްގެ ކުރީގެ މެނޭޖްމެންޓުން އެކަމަށް އިސްކަމެއް ނުދެވި އޮތުމުގެ ސަބަބުން އަދި ދައްކަން ޖެހޭ ކުލި ނުދެއްކި އޮތުމުގެ ސަބަބުން އެ ބިން ވަކިކުރި ކަމަށް [އެޗްޑީސީން] ވިދާޅުވެފައި އޮންނަނީ."
ފުޓްބޯޅަ ސްކޫލް ހެދުމަށް އެފްއޭއެމަށް ދޫކޮށްފައިވާ ސަރަަހައްދުގައި އިމާރާތެއް ހަދަން ފަށާފައި: އެ ބިމުގެ ކުއްޔަށްވާ އަށް މިލިއަން ރުފިޔާ އެފްއޭއެމު ނުދައްކާ --- ފައިލް ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އެޗްޑީސީގެ ޗެއާމަންކަން ވެސް ކުރިން ކުރެއްވި ޒުހޫރު ވިދާޅުވިގޮތުގައި، އެފްއޭއެމަށް ދޫކުރި ބިމުގެ ކުލީގެ ގޮތުގައި 8 މިލިއަން ރުފިޔާ އެޗްޑީސީ އަށް ދައްކަން ޖެހޭކަން ލިޔެކިޔުންތަކުން ވެސް އެނގެ އެވެ.
"އެހެން ނަމަވެސް 8 މިލިއަން ރުފިޔާއަކީ އަޅުގަނޑުމެންނަށް މި ވަގުތު ދެއްކޭނެ ފައިސާއެއް ނޫން،" ޒުހޫރު ވިދާޅުވި އެވެ.
Football ge tharaggee ah feshi mashroouthah haraabuve gudhankoffai
The most trusted news source in the Maldives
"މިހާރު" ގެ މެދު ސޮފްހާ: ފުޓުބޯޅައިގެ ތަރައްގީ އަށް ފެށި މަޝްރޫއުތައް ޚަރާބުވެ "ގުދަންކޮށްފައި"
އޭނާ ވިދާޅުވީ، އެޗްޑީސީ އަށް އަނބުރާ ބިން ނެގިކަން އެނގުމުން ސަރުކާރާ ވާހަކަ ދައްކައިގެން އަލުން އެ ބިން އެފްއޭއެމަށް ހޯދޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އެ މައްސަލާގައި އެޗްޑީސީގެ ވެރިންނާ ބައްދަލު ކުރައްވަން އެޕޮއިންޓްމަންޓަކަށް އެދިވަޑައިގެންފައިވީ ނަމަވެސް އަދި ބައްދަލުވުން ހަމަނުޖެހޭ ކަމަށް ޒުހޫރު ވިދާޅުވި އެވެ.
ބައްސާމްގެ ލީޑަޝިޕްގައި ރާއްޖޭގެ ފުޓުބޯޅަ އިދާރާ އެފްއޭއެމް ވަނީ އެތައް ބަޔަކަށް ބޮޑެތި އަދަދުތަކުން ދަރައިފަ އެވެ. ބައެއް މައްސަލަތައް ޝަރުއީ މަރުހަލާ އަށް ވެއްދުމުން ފައިސާ ދައްކަން އަންގައި އެފްއޭމްގެ މައްޗަށް ހުކުމްތައް ވެސް ވަނީ ކޮށްފަ އެވެ. އެކަމަކު، އެ ކުންފުނީގެ އެއްވެސް އެކައުންޓެއްގައި މިހާރު ފައިސާއެއް ނެތެވެ.
ހުޅުމާލޭ ބިމުގެ މައްސަލަ: އެފްއޭއެމް ބަނގުރޫޓުވެދާނެ!
މޯލްޑިވިއަނަށް އެފްއޭއެމް 7.4 މިލިއަން ދަރާފައި
އެފްއޭއެމަށް މާލީ ލަފާ ދޭން ކުންފުންޏެއް ހަމަޖައްސައިފި
އެފްއޭއެމް ސަލާމަތް ކުރަން ކުރެވޭނީ ކޮން ކަމެއް؟
އެފްއޭއެމްގެ ދަރަނި ދައްކަން މަގުޗާޓެއް އެކުލަވާލަނީ
ކޮމިޓީއަށް އެހީވާން ފީފާގެ ޓީމެއް ރާއްޖެ އަންނަނީ
ކްލަބްތައް ހިންގަން ފައިސާ ނުދެވޭނެ: ޒުހޫރު
އެފްއޭއެމުން ގެއްލުނު ފައިސާހޯދަން ލިޔުންތައް އެއްކުރަނީ
އެފްއޭއެމްގެ އެކައުންޓްތަކުގައި ފައިސާއެއް ނެތް: ޒުހޫރު
ކޮމިޓީގެ ފުރަތަމަ ޕްރެސް ކޮންފަރެންސް މާދަމާ