ފުވައްމުލަކުގައި ވާލުގެ އުނދަގޫ ބޮޑުވެ، އާންމު އުނދަގުލަކަށް ވުމުން ބަޑިޖަހައިގެން އެ އެއްޗެހި މަރަން ނިންމައިފި އެވެ.
24 ސެޕްޓެމްބަރ 2024
ފުވައްމުލަކުގައި ވާލުގެ އުނދަގޫ ބޮޑުވެ، އާންމު އުނދަގުލަކަށް ވުމުން ބަޑިޖަހައިގެން އެ އެއްޗެހި މަރަން ނިންމައިފި އެވެ.
ފުވައްމުލަކު ސިޓީ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނީ، އެ ރަށުގައި ވާ ގިނަވެ، ވާލުގެ ސަބަބުން ދަނޑުބިންތަކަށާއި ގަސްތަކަށް ގެއްލުންވުމުގެ އިތުރުން ރަށުގެ އެކި ހިސާބުތަކުގައި ދިރިއުޅެމުން އަންނަ މީހުންނަށް ވެސް އެކި ވަރުގެ އުނދަގޫތަކާއި ކުރިމަތިލާން ޖެހިފައިވާ ކަމުގެ ޝަކުވާ ކައުންސިލަށް ލިބެމުންދާ ކަމަށެވެ.
އެހެންވެ، ސިޓީ ކައުންސިލާއި އެމްއެންޑީއެފް ގުޅިގެން މާދަމާ އިން ފެށިގެން އެ ރަށުގައި ވާ މަދުކުރުމުގެ ޕްރޮގްރާމެއް ހިންގަން ނިންމާފައިވާ ކަމަށް އިއުލާނުގައި ބުންޏެވެ.
"އެހެން ކަމުން 26 ސެޕްޓެމްބަރ 2024 ވަނަ ދުވަހުން ފެށިގެން ރަށުގެ އެކި ހިސާބުތަކުގައި ވާލަށް ބަޑި ޖެހުން ކުރިއަށް ދާނެ ވާހަކަ އާންމުންގެ މައުލޫމާތަށްޓަކައި ދަންނަވަމެވެ،" އިއުލާނުގައިވެ އެވެ.
ވާލާއި ކާޅުގެ އުނދަގޫ ބޮޑުވުމުން ރާއްޖޭގެ އެހެން ބައެއް ރަށްރަށުގައި ވެސް މީގެ ކުރިން ބަޑި ޖަހައިގެން އެ އެއްޗެހި މަރާފައިވެ އެވެ.
މާލޭގައި ވެސް ގައުމީ ފެންވަރުގައި އީދު ފާހަގަކުރަނީ
ސިފައިންގެ މީހަކު ދަންޖެހިގެން މަރުވި މައްސަލައެއް!
ގައުމީ ހިދުމަތުގެ ޕްރޮގްރާމަށް ހާއްސަ އެލަވަންސެއް!
ސިފައިންގެ ވަސީލަތް އިތުރުކުރުމުން ލަދުގަންނާކަށް ނުޖެހޭ
ސިފައިންގެ ވިންދު ހުރިހާ ހިނދަކު މިނިވަންކަން އޮންނާނެ
އަސްކަރިއްޔާ އަށް ގެނައި އާ އުޅަނދުތައް ދައްކާލައިފި
ކިނބޫ ހިފައި ސިފައިންގެ ބެލުމުގެ ދަށަށް
ކިނބުލެއް ފެނިގެން ސިފައިން ހަރަކާތްތެރިިވަނީ
އަސްކަރީ މަނަވަރެއް ތުރުކީން ރާއްޖެއަށް ހަދިޔާކުރަނީ
ޝަހީދުވި އާއިލާތަކަށް މަހަކުހަރަދުވަނީ 261،000ރ.