26 ސެޕްޓެމްބަރ 2024
ކެންސަރަށް ފަރުވާކުރުމަށް ފަހު ކުޑަކުދިންނަށް ދިމާވާ ގޮންޖެހުންތަކާ ބެހޭގޮތުން ލިޔެފައިވާ ފޮތެއް ނެރެފި އެވެ.
ކެންސަރަށް ފަރުވާކުރުމަށް ފަހު ކުޑަކުދިންނަށް ދިމާވާ ގޮންޖެހުންތަކާ ބެހޭގޮތުން ލިޔެފައިވާ ފޮތެއް ނެރެފި އެވެ.
ކެންސަރަށް ހޭލުންތެރިކުރުވައި ދިރާސާ ކުރުމަށް 2012 ގައި އުފެއްދި ޖަމިއްޔާ، ކެންސަ ސޮސައިޓީން މިއަދު ނެރުނު އެ ފޮތުގެ ނަމަކީ "ކުޑަކުދިންގެ ކެންސަރުބަލީގެ ފަރުވާއަށް ފަހު މުޖުތަމައުއިން ދިމާވާ ގޮންޖެހުންތަކަށް ހޭލުންތެރިކަން އިތުރުކުރުމުގެ އަތްމަތީ ފޮތް" އެވެ.
އެ ޖަމިއްޔާއިން ބުނީ ފޮތް އެކުލަވާލީ ދިރާގާއި ޔުނިސެފާއި އެޑިޔުކޭޝަން މިނިސްޓްރީން ގުޅިގެން ކަމަށެވެ.
ފޮތް ނެރެދެއްވީ ދިރާގުގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ އިސްމާއިލް ރަޝީދާއި އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހުސައިން ސައީދާއި ކެންސާ ސޮސައިޓީގެ ޗެއާޕާސަން ޖުވޭރިޔާ ސައީދާއި ޔުނިސެފްގެ ޑެޕިޔުޓީ ރެޕްރެޒެންޓޭޓިވް އިޒީ ފެއިންގޯލްޑް އެވެ.
އެ ޖަމިއްޔާއިން ބުނީ ޓީޗަރުންނާއި ބެލެނިވެރިންގެ އިތުރުން ކުޑަކުދިން ބަލަހައްޓާ މީހުންނަށް އެ ފޮތުން ގިނަ ފައިދާތަކެއް ކުރާނެ ކަމަށެވެ. އަދި އެ ފޮތަށް ސްކޫލުތަކުގެ ބެލެނިވެރިންނާއި ޓީޗަރުން ހޭލުންތެރިކުރުމަށް މައުލޫމާތު ފޯރުކޮށްދިނުމުގެ މަސައްކަތް ކުރާނެ ކަމަށް ވެސް ބުންޏެވެ.
ކުޑަކުދިންނަށް ޖެހޭ ކެންސަރު ރާއްޖޭގައި ގިނަ ކަމަށް ރާއްޖޭގެ ޑޮކްޓަރުން ވެސް ވަނީ މީގެ ކުރިން ފާހަގަކުރައްވައިފަ އެވެ. އެންމެ އާންމުކޮށް ކުޑަކުދިންނަށް ޖެހޭ ކެންސަރުގެ ބާވަތްތަކުގެ ތެރޭގައި ލޫކީމިއާ، ބްރެއިން އެންޑް ސްޕައިނަލް ކޯޑް ޓިއުމާ އަދި ބޯން ކެންސާ ހިމެނެ އެވެ.
ޑޮކްޓަރުން ވިދާޅުވާގޮތުން ރާއްޖޭގައި އެންމެ ގިނަކަމަށް ފާހަގަކުރެވެނީ ލޭގެ ކެންސަރު ނަމަވެސް، ސޮލިޑް ޓިއުމާ ކެންސަރު ވެސް ރާއްޖޭގައި ގިނަ އެވެ.
ކެންސަރު ބަލިކުރެވޭނެ، މި ކިޔައިދެނީ ތަޖުރިބާ!
ލޭގެ ކެންސަރު ޖެހި 11 މަހުގެ ކުއްޖަކު ނިޔާވެއްޖެ
އާދައިގެ ރޯގާއަކުން ގޮސް އެންމެ ފަހުން މަރާ ހަނގުރާމަ
ބަނޑު ފުއްޕުން ވީ ކެންސަރަށް، މަރުވީ ދޮޅު އަހަރުގައި
ކުޑައިރުގެ ކެންސަރުން ސަލާމަތްވެ އާދައިގެ ދިރިއުޅުމުގައި
ކެންސަރު ހުރި ދަރިފުޅާމެދު ބައްޕައެއްގެ ޝުކުރުވެރި ހިތް
ކެންސަރު މަހާސިންތާގެ ދެވަނަ ބުރު ފަށައިފި
ކެންސަރަށް ހާއްސަ ބޭސްތަކެއް ރާއްޖޭގައި ތައާރަފްކޮށްފި
ޑިޓިއުންގެ ލަވައިން ކެންސަރުބަލީގެ ޗެމްޕިއަނުންގެ ވާހަކަ
ކެންސަރުގެ ހިތި ރަހައިން ފާތުން ނެރުނު "ރަސްރަހަ"