03 އޮކްޓޯބަރ 2024
އެމްއައި ކޮލެޖުގައި ދަނޑުވެރިކަމާ ގުޅޭ ގޮތުން ހިންގާ އެގްރިކަލްޗާ ޕްރޮގްރާމް ނިންމި ފުރަތަމަ ބެޗުގެ ދަރިވަރުންގެ ތެރެއިން އެންމެ މޮޅު ދަރިވަރުންނަށް "ޓޮޕް އެޗީވާސް" އެވޯޑު ދީފި އެވެ.
އެމްއައި ކޮލެޖުގައި ދަނޑުވެރިކަމާ ގުޅޭ ގޮތުން ހިންގާ އެގްރިކަލްޗާ ޕްރޮގްރާމް ނިންމި ފުރަތަމަ ބެޗުގެ ދަރިވަރުންގެ ތެރެއިން އެންމެ މޮޅު ދަރިވަރުންނަށް "ޓޮޕް އެޗީވާސް" އެވޯޑު ދީފި އެވެ.
އެ ކޮލެޖުން ބޭއްވި ހާއްސަ ރަސްމިއްޔާތުގައި މި އެވޯޑު ދަރިވަރުންނާ ހަވާލުކޮށްދެެއްވީ މިނިސްޓާ އޮފް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ ޑރ. އާއިޝަތު ރަމީލާ އެވެ.
މި ރަސްމިއްޔާތުގައި، ދަނޑުވެރިކަމުގެ އަމިއްލަ މަސައްކަތްތައް ފަށަން އެ ދަރިވަރުންނަށް "ސީޑް މަނީ" ވެސް ވަނީ ހަދިޔާކޮށްފަ އެވެ. މި ރަސްމިއްޔާތުގައި އެ ޕްރޮގްރާމްގެ އެންމެ މޮޅު ފަސް ދަރިވަރުންނަށް އެ ކޮލެޖުން ވަނީ ދަނޑުވެރިކަމުގެ އަމަލީ ތަޖުރިބާ ހޯދާއި އިތުރު ހުނަރުތައް ދަސްކުރުމަށް، ސްރީ ލަންކާއަށް ދިއުމުގެ ފުރުސަތު ދީފަ އެވެ.
މި ރަސްމިއްޔާތުގައި މިނިސްޓަރު ރަމީލާ ވަނީ ދަނޑުވެރިކަމުގެ ދާއިރާއިން މަތީ ތައުލީމު ހާސިލްކުރުމަކީ ގައުމުގެ ކާބޯތަކެތީގެ ރައްކާތެރިކަމަށް މުހިންމު ކަމެއްގެ ގޮތުގައި ސިފަކުރައްވައިފަ އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި މި ސަރުކާރުން ދަނޑުވެރިކަމުގެ ދާއިރާ ތަރައްގީކޮށް ކުރިއަރުވައި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރަން ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ. އަދި އަމިއްލަ ފަރާތްތަކުން އެ ދާއިރާ ތަރައްގީކުރަން ކުރާ މަސައްކަތްތަކަށް ސަރުކާރުގެ އެއްބާރުލުން ލިބޭނެ ކަމަށް ވިދާޅުވި އެވެ.
މި ރަސްމިއްޔާތުގައި އެމްއައި ކޮލެޖުން ވަނީ އެގްރިކަލްޗާ ޕްރޮގުރާމުގެ 10 ސްކޮލާޝިޕް ފުރުސަތު އިއުލާނުކޮށްފަ އެވެ.
އެމްއައި ކޮލެޖުން މި ޕްރޮގުރާމަކީ ރާއްޖޭގައި ދެމެހެއްޓެނިވި ގޮތުގައި ދަނޑުވެރިކަން ކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ސިފަކުރެ އެވެ.
އެމްއައި ކޮލެޖަކީ ރާއްޖޭގައި އެގްރިކަލްޗާގެ ދާއިރާ އެންމެ ފުޅާ ދާއިރާގައި ކިޔަވައިދެމުން އަންނަ ކޮލެޖެވެ. މި ކޮލެޖުން މި ދާރިއާއިން ދޭ ތައުލީމު އިތުރަށް ފުރިހަމަކުރުމުގެ ގޮތުން 2022 ވަނަ އަހަރު ވަނީ އައްޑޫގައި އެގްރިކަލްޗާ ސްކޫލެއް ހުޅުވައި ރިސާޗް ލެބެއް ވެސް ގާއިމުކޮށްފަ އެވެ.
އެމްއައި ކޮލެޖުން ބުނީ އެ ކޮލެޖުގެ ޗެއާމަން އަހުމަދު މޮޓާކީގެ އުއްމީދަކީ ރާއްޖޭގައި މި ދާއިރާ މިހާރަށްވުރެ ފުޅާކޮށް، މި ދާއިރާއިން ތައުލީމީ ބަޔަކު ބިނާކުރުމެވެ.
އެމްއައި ކޮލެޖުގެ 13 ކެމްޕަސް ހުރެ އެވެ. މި ކޮލެޖަކީ 4 ދާއިރާގެ ފެކަލްޓީތަކަކުން ގިނަ ޕްރޮގުރާމުތަކެއް ހިންގާ ކޮލެޖެކެވެ.
މި ކޮލެޖުން ކުރިއަށް އޮތް ޖެނުއަރީ އިންޓޭކަށް އެ ކޮލެޖުގެ އައްޑޫ ކެމްޕަހުގައި ގާޑަނިން ދާއިރާއިން ކިޔެވުމުގެ ފުރުސަތު ހުޅުވާލާނެ އެވެ.
މައި ކޮލެޖުން ލ. ގަމުގައި ބެޑްމިންޓަން މުބާރާތެއް
ބިޒްނަސް އެކްސެލެންސްގެ 6 އެވޯޑެއް އެމްއައި ކޮލެޖަށް
އާ ފުރުސަތުތައް ހޯދަން އެމްއައި ކޮލެޖުން ބަންގްލަދޭޝަށް
މާލޭ ގޭގައި ގަސްހައްދާ މީހުންނަށް އެމްއައިގެ ތަމްރީނެއް
އެމްއައި ކޮލެޖުން އަގުހުރި އިނާމުތަކެއް ދޭ މުބާރާތެއް
އަންނަ މަހުގެ އިންޓޭކަށް އެމްއައި ކޮލެޖުގެ އޯޕަން ޑޭ
އެމްއައި ކޮލެޖުން ގާޑެނިން ކޯހެއް ފަށައިފި
އެމްއައި ކޮލެޖުން ލޭ ހަދިޔާކުރުމުގެ ކޭމްޕެއް ބާއްވައިފި
ގައުމީ ދަރިންތަކެއް ބިނާ ކުރުމުގައި އެމްއައި ކޮލެޖް
އެމްއައި ކޮލެޖްގެ އޮރިއެންޓޭޝަން ބާއްވައިފި