Roadha Mihaaru

ފަޔަށް ވަޒަނެއް އަރައިގެން ފަރުވާ ހޯދުމަށް ފަހު ގޯވިންދާ ގެއަށް

ބޮލީވުޑްގެ އެކްޓަރު ގޯވިންދާގެ އަމިއްލަ ބަޑީގެ ވަޒަނެއް އޭނާގެ ފަޔަށް އަރައިގެން ލިބުނު އަނިޔާއަށް ފަރުވާދިނުމަށް ފަހު ހޮސްޕިޓަލުން ގެއަށް އިއްޔެ ދޫކޮށްލައިފި އެވެ.

ވަޒަނެއް އަރައިގެން ފަރުވާ ހޯދުމަށްފަހު ގޯވިންދާ ގެއަށް

ބޮލީވުޑްގެ އެކްޓަރު ގޯވިންދާގެ އަމިއްލަ ބަޑީގެ ވަޒަނެއް އޭނާގެ ފަޔަށް އަރައިގެން ލިބުނު އަނިޔާއަށް ފަރުވާދިނުމަށް ފަހު ހޮސްޕިޓަލުން ގެއަށް އިއްޔެ ދޫކޮށްލައިފި އެވެ.

މުމްބާއީގެ ކްރިޓިކެއާ އޭޝިއާ ހޮސްޕިޓަލުގައި ގޯވިންދާ އެޑްމިޓްކުރީ މިދިޔަ އަންގާރަ ދުވަހު ހެނދުނު އެވެ. އޭނާ އެޑްމިޓްކުރީ އަމިއްލަ ބަޑީގެ ވަޒަނެއް ފަޔަށް އަރައިގެން ލިބުނު އަނިޔާއަށް ފަރުވާދިނުމަށެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، އޭނާގެ ފަޔަށް ވަޒަން އެރީ އެ ބަޑި ސާފުކުރަން އުޅުމުގެ ތެރޭގައި އޮޅިގެން ކަމަށް ގޯވިންދާ ވަނީ ބުނެފަ އެވެ. އެއީ ގޯވިންދާގެ އަމިއްލަ ބަޑިއެކެވެ. އަދި އެ ބަޑި ގެންގުޅުމުގެ ލައިސަންސް ވެސް އޭނާގެ އަތުގައި އޮވެ އެވެ.

އެ ހާދިސާ ހިނގި ވަގުތު ގޭގައި އުޅުނީ އޭނާ އެކަންޏެވެ. އަދި އެ ހާދިސާ ހިނގީ އޭގެ އިރުކޮޅެއް ފަހުން އޭނާ ފުރަން އެއާޕޯޓަށް ދާން ވެސް އޮއްވާ ކަމަށް އާއިލާއާ ހަވާލާދީ ނޫސްތަކުން ރިޕޯޓްކޮށްފައިވެ އެވެ.

ފަޔަށް ވަޒަނެއް އަރައިގެން ފަރުވާ ހޯދުމަށް ފަހު ގޯވިންދާ ހޮސްޕިޓަލުން ގެއަށް ދާން ނުކުތް ވަގުތު އެތަނަށް ޖަމާވެ ތިބި ފޭނުންނާ އޭނާ ބައްދަލުކުރަނީ.

ފަޔަށް ވަޒަނެއް އަރައިގެން ފަރުވާ ހޯދުމަށް ފަހު ގޯވިންދާ ހޮސްޕިޓަލުން ގެއަށް ދާން ނުކުތް ވަގުތު އެތަނަށް ޖަމާވެ ތިބި ފޭނުންނާ އޭނާ ބައްދަލުކުރަނީ.

ނަމަވެސް، ޝައްކުވާ ބައެއް ކަންތައްތައް ހުރުމުން މުމްބާއީގެ ފުލުހުން އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުންޏެވެ.

ގޯވިންދާ ވަނީ ފުލުހުންނަށް ބަޔާން ވެސް ދީފަ އެވެ. ނަމަވެސް، ގޯވިންދާގެ ބަޔާން ފުލުހުންނަށް ގަބޫލުނުކުރެވޭ ކަމަށް ބައެއް ނޫސްތަކުން ބުންޏެވެ.

ހޮސްޕިޓަލުން ބުނީ ވަޒަން އެރުމުގެ ސަބަބުން ގޯވިންދާގެ ފުރާނައަށް ނުރައްކާވާ ވަރުގެ އަނިޔާއެއް ނުލިބޭ ކަމަށާއި އޭނާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށެވެ. އޭނާގެ ފަޔަށް ވަން ވަޒަން ނަގައި އެތަން ފަހާފައިވާ ކަމަށާއި އަދި 3-4 ހަފުތާ ވަންދެން އަރާމުކުރަން އިރުޝާދު ދީފައިވާ ކަމަށް ވެސް ހޮސްޕިޓަލުން ބުންޏެވެ.

ގޯވިންދާ ހޮސްޕިޓަލުގައި އޮތްއިރު އޭނާގެ ތިމާގެ މީހުންނާއި ފިލްމީ ދާއިރާގައި އޭނާއާ ގާތް ގުޅުމެއް ބާއްވާ ގިނަ ބަޔަކު ވަނީ ހާލު ބަލަން ޒިޔާރަތްކޮށްފަ އެވެ. އަދި އިއްޔެ އޭނާ ހޮސްޕިޓަލުން ގެއަށް ދޫކޮށްލި ވަގުތުގައި އޭނާގެ ގިނަ އަދަދެއްގެ ފޭނުން ވަނީ ހޮސްޕިޓަލު ކައިރިއަށް ޖަމާވެ، އެމީހުންގެ ޝުއޫރު ފާޅުކޮށްފަ އެވެ.