މާލޭގެ ގެއަކަށް މީހަކު ވައްދައި އެ މީހާ ބަރަހަނާކޮށް، ބިރު ދައްކައިގެން ކޭޝް ކާޑުގެ ޕިން ނަމްބަރު ހޯދުމަށް ފަހު އެކައުންޓްގައިވާ ފައިސާތައް ފޭރުނު މައްސަލާގައި ތިން މީހެއްގެ މައްޗަށް ދައުވާ ކޮށްފި އެވެ.
09 އޮކްޓޯބަރ 2024
މާލޭގެ ގެއަކަށް މީހަކު ވައްދައި އެ މީހާ ބަރަހަނާކޮށް، ބިރު ދައްކައިގެން ކޭޝް ކާޑުގެ ޕިން ނަމްބަރު ހޯދުމަށް ފަހު އެކައުންޓްގައިވާ ފައިސާތައް ފޭރުނު މައްސަލާގައި ތިން މީހެއްގެ މައްޗަށް ދައުވާ ކޮށްފި އެވެ.
މި މައްސަލާގައި ދައުވާ ކޮށްފައިވަނީ މއ. މަސްފަން، އާއިޝަތު އާއި މއ. މަސްފަން، މުހައްމަދު ރީހާން އަދި ސ. ހިތަދޫ / ސޯމާ، ޝަފީގު އިބްރާހީމްގެ މައްޗަށެވެ. ތިން މީހުން ވެސް ތިބީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ބުނީ، ދިލްބަހާރުމަގުގައި ހުންނަ މއ. މަސްފަންގެ ކައިރީގައި ހުރި މީހަކަށް ގޮވައި އޭނާ އެ ގެއަށް ވައްދައިގެން މިދިޔަ ޖުލައި މަހުގެ ތެރޭގައި ފޭރުނު މައްސަލާގައި ދައުވާ ކުރުމަށް މިދިޔަ މަހުގެ 23 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.
މި މީހުންގެ މައްޗަށް ކޮށްފައިވަނީ އެނގި ހުރެ ހުއްދަ ނޫން ގޮތުގައި މައުލޫމާތު ހޯދުމުގެ ކުށުގެ ދައުވާ އާއި އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާގެ އިތުރުން ފޭރުމުގެ ދައުވާ އެވެ.
ހާދިސާގައި ކަން ހިންގާފައިވާ ގޮތް ކަމަށް ފުލުހުން ކޯޓުގައި މީގެ ކުރިން ބުނެފައިވަނީ އަނިޔާ ލިބުނު މީހާ މަސްފަންގެ އަށް ވެއްދި ކަމަށް ބެލެވެނީ އަންހެނެއް ކަމަށެވެ. އޭނާ އެ ގެއަށް ވަނުމުން ދެ ފިރިހެނުން އޭނާ ހިފަހައްޓައި، ވަޅިއަކުން ބިރުދައްކައި ބަރަހަނާކޮށް، އޭނާގެ ފޯނު އަތުލި ކަމަށް ވެސް އެ އަމުރުގައިވެ އެވެ.
އަދި އޭނާގެ އެކައުންޓުން އެހެން އެކައުންޓަކަށް 20،000ރ. ފޮނުވާފައިވާ ކަމަށާއި އަނިޔާ ލިބުނު މީހާގެ ކާޑު ބޭނުންކޮށްގެން އޭޓީއެމުން 25،000ރ. ނަގާފައިވާ ކަމަށް ވެސް ބަންދު އަމުރުގައި ވެ އެވެ.
ޝަރީއަތް ނިމެންދެން އެ މީހުން ބަންދުކުރަން ނެރުނު ކޯޓު އަމުރުގައި ބުނެފައިވަނީ އެ ހާދިސާ ހިނގި މއ. މަސްފަންގެ އަކީ ތަކުރާރުކޮށް އެކި ބޭނުންތަކަށް މީހުން ވެއްދުމަށް ފަހު ބިރުދައްކާ ކަމުގެ ރެކޯޑް އޮތް ތަނެކެވެ.
މި ފަހުން މީހުން ތަންތަނަށް ވައްދައިގެން ފޭރުމާއި ބިރުދެއްކުމުގެ ކުށްތައް މާލެ ސަރަހައްދުގައި ވަނީ ގިނަވެފަ އެވެ. އެ ކުށް ކުރަނީ، ގްރޫޕް ހަދައިގެން ކަން ވެސް ފުލުހުން މިހާތަނަށް ހާމަކުރި މައުލޫމާތުތަކުން އެނގެ އެވެ.
ދިގަލި ޝަރީއަތް ނިމެންދެން ބަންދުކޮށްފި
ސިނގިރޭޓް ވައްކަމަށް އެހީވި ކަމަށް ތުހުމަތުކޮށްފި
ހަތަރު އަނބު ބިން ކަމަށް ބުނާ ދެ މީހަކު ބަންދަށް
ފެނަކަ ސައީދުގެ ޕާސްޕޯޓު ދޫނުކުރަން އެދިއްޖެ
52 ފަހަރު ހައްޔަރުކުރި މީހަކު ހަތް މަހަށް ޖަލަށް
ޗޮކްލެޓެއް ވަގަށްނެގި މީހަކު 15 ދުވަހަށް ބަންދުކޮށްފި
52 ފަހަރު ހައްޔަރުކުރި ފަވާޒުގެ މައްސަލަ ޕީޖީއަށް
އަންހެން ހެދުން އަޅައިގެން ވައްކަންކޮށްފި
ރައުދުގެ މައްޗަށް ދައުވާކުރަން ޕީޖީއަށް ފޮނުވައިފި
ޝަމްއާންގެ މައްޗަށް މަނީލޯންޑްރިންގެ ދައުވާ