އައިލެންޑް އޭވިއޭޝަންގެ މީގެ ހަތް އަހަރު ކުރީގެ ބިލްތަކަށް ވެސް އެފްއޭއެމުން ފައިސާ ނުދައްކާ ކަމަށާއި ތަކުރާރުކޮށް އެދުމުން ވެސް މިހާތަނަށް 7.4 މިލިއަން ރުފިޔާ ނުދައްކާ ހުރުމުން އެ ފައިސާ ދައްކަން އެ ކުންފުނިން އަންގައިފި އެވެ.
16 އޮކްޓޯބަރ 2024
އައިލެންޑް އޭވިއޭޝަންގެ މީގެ ހަތް އަހަރު ކުރީގެ ބިލްތަކަށް ވެސް އެފްއޭއެމުން ފައިސާ ނުދައްކާ ކަމަށާއި ތަކުރާރުކޮށް އެދުމުން ވެސް މިހާތަނަށް 7.4 މިލިއަން ރުފިޔާ ނުދައްކާ ހުރުމުން އެ ފައިސާ ދައްކަން އެ ކުންފުނިން އަންގައިފި އެވެ.
އެ ކުންފުނިން މި މަހު އެފްއޭއެމަށް ފޮނުވި ސިޓީއެއްގައި 2016 އަދި 2017 ގެ ބިލްތަކަކަށް ފައިސާ ނުދައްކާ އެބަހުރި ކަމަށް ވަނީ ބުނެފަ އެވެ. އެ ސިޓީގައިވާ ގޮތުން 7,426,687.94ރ. އެފްއޭއެމުން އައިލެންޑް އޭވިއޭޝަނަށް ދައްކަން ޖެހެ އެވެ.
އެ އިންވޮއިސްތަކަށް ފައިސާ ހޯދުމަށް އެފްއޭއެމްގެ ކުރީގެ ލީޑާޝިޕްގެ އެކި ބޭފުޅުންނާ ގުޅައިގެން ވާހަކަ ދެކެވި އިންވޮއިސްތަކުގެ ތަފްސީލު މެއިލްކޮށް އެ ފައިސާ ހޯދުމަށް ކުރިން ވެސް މަސައްކަތްކޮށްފައި ވާނެ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ. އަދި މިކަމާ ގުޅޭ ބައްދަލުވުންތައް ބޭއްވިކަން ވެސް ފާހަގަކޮށްފައިވެ އެވެ.
"ނަމަވެސް މި ކުންފުންޏަށް ފައިސާ ލިބިފައިނުވާކަން ހިތާމަޔާ އެކު ދަންނަވަމަވެ.،" އެފްއޭއެމް އެންސީގެ ޗެއާޕާސަން އަހްމަދު ޒުހޫރަށް އެޑްރެސްކޮށް އައިލެންޑް އޭވިއޭޝަނުން ފޮނުވި ސިޓީގައިވެ އެވެ.
ދަރަނި ބޮޑުވެ އެފްއޭއެމް ސަލާމަތް ނުވާ ހިސާބުގައި އޮތް އިރު ނޯމަލައިޒޭޝަން ކޮމިޓީ އަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ފައިސާގެ މުއާމަލާތްތަކުގެ ލިޔެކިޔުންތައް އެ އެސޯސިއޭޝަނުގައި ނެތުން ކަމަށް މިދިޔަ މަހު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ޒުހޫރު ވިދާޅުވެފައިވެ އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި އައިލެންޑް އޭވިއޭޝަނުން ޑިމާންޑް ކުރާ ފައިސާއަށް ހޯދި ހިދުމަތްތަކުގެ ލިޔެކިޔުންތައް ވެސް އެފްއޭއެމްގައި ފެންނާކަށް ނެތެވެ.
އެފްއޭއެމްގެ ދަރަނި މިހާރު ވަނީ 150 މިލިއަނަށް އަރައިފަ އެވެ. ކުރިން 85 މިލިއަން ރުފިޔާގައި ހުރި ދަރަނި ކުއްލިއަކަށް އެހާ ބޮޑުވެގެން ދިޔައީ ދެކުނު ކޮރެއާގެ ކުންފުންޏަކަށް 52 މިލިއަން ރުފިޔާ ދައްކަން ސިވިލް ކޯޓުން އެފްއޭއެމްގެ މައްޗަށް ހުކުމް ކުރުމުންނެވެ.
އެފްއޭއެމް ސަލާމަތް ކުރަން ކުރެވޭނީ ކޮން ކަމެއް؟
އެފްއޭއެމްގެ އެކައުންޓްތަކުގައި ފައިސާއެއް ނެތް: ޒުހޫރު
ޕްރެޒިޑެންޓްސް ކަޕް ވާންޖެހޭނީ ޝަރަފުވެރި ތައްޓަކަށް
ފުޓްބޯޅަ ސީޒަން ފަށާ އާ ތާރީހަކީ އޭޕްރީލް އަށެއް
އެފްއޭއެމްގެ ކޮންގްރެސްއެއް އަންނަ މަހު
އެފްއޭއެމްގެ އާ ޗެއާމަނަކަށް ކުރީގެ ޕީޖީ މުއިއްޒު
އެފްއޭއެމް ނޯމަލައިޒޭޝަން ކޮމިޓީން ޒުހޫރު ވަކިކޮށްފި
ނޯމަލައިޒޭޝަން ކޮމިޓީން އަހްމަދު އިސްތިއުފާ ދީފި
ޒުހޫރާ އެކު، ހާލަތު ބަދަލުވުމުގެ އުންމީދު ކުޑަ؟!
އެފްއޭއެމްގެ ވަގުތީ ޖެނަރަލް ސެކްރެޓަރީ އަކަށް ޝުޖާ