ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) އިން ހުޅުމާލޭގެ ގެއެއް ނީލަމުގައި ވިއްކާލަން މިއަދު އިއުލާންކޮށްފި އެވެ.
24 އޮކްޓޯބަރ 2024
ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) އިން ހުޅުމާލޭގެ ގެއެއް ނީލަމުގައި ވިއްކާލަން މިއަދު އިއުލާންކޮށްފި އެވެ.
އެޗްޑީއެފްސީން އިއުލާންކުރީ ހުޅުމާލެ ގޯތި ނަންބަރު 10718 (އޯކިޑް ހިޔާ) ކިޔާ އިމާރާތާއި ގޯތި ނީލަމުގައި ވިއްކާލުމަށެވެ. އެއީ، އެ ކޯޕަރޭޝަނުން މއ. ޗަންޕާމާގެ، ހަދީޖާ އަބްދުއްސައްތާރާއި ދަފްތަރު ނަންބަރު 3290 ޖަމީލު އުސްމާނަށް ދޫކޮށްފައިވާ ލޯނަކަށް ރަހުނުކޮށްފައިވާ ގެއެއް ކަމަށް ވެސް އެ އިއުލާނުގައި ބުންޏެވެ.
ޖަމީލް އުސްމާނަކީ ރައްޔިތުންގެ މަޖިލީހުގެ ގެމަނަފުށީ ދާއިރާގެ ކުރީގެ މެމްބަރެވެ.
ވިއްކާލަން އިއުލާން ކޮށްފައިވާ އޯކިޑް ހިޔާއަކީ 1،951 އަކަފޫޓުގެ ގޯއްޗެކެވެ.
އެ ގެ ވިއްކުމުގެ ހުއްދަ ސިވިލް ކޯޓުން އެޗްޑީސީއެފްއަށް މިދިޔަ މަހުގެ 30 ވަނަ ދުވަހު ދީފައިވާ ކަމަށް ވެސް އެ އިއުލާނުގައި ބުންޏެވެ.
އެ އިއުލާނުގައި ބުނީ އެ ގެ ގަތުމަށް ހުށަހެޅޭނެ އެންމެ ދަށް އަގަކީ 25.7 މިލިއަން ރުފިޔާ ކަމަށެވެ. އަދި އަގު ހުށަހެޅުމުގެ މުއްދަތު ހަމަވާނީ އަންނަ މަހުގެ 14 ވަނަ ދުވަހުގެ ކަމަށާއި ހުށަހަޅާ އަގުތަކުގެ ސިޓީ ހުޅުވުން ވެސް އޮންނާނީ ހަމަ އެ ދުވަހު ކަމަށް ވެސް އެ އިއުލާނުގައި ބުންޏެވެ.
އެޗްޑީއެފްސީން ބުނީ ނީލަން ނިންމާލާނީ ރަސްމީ ބަންދު ދުވަސްތައް ނުހިމެނޭ ގޮތަށް ވިދިވިދިގެން ތިން ދުވަހު އެއް އަގެއްގައި އޮތުމުން ކަމަށެވެ. ނީލަން ނިންމުމަށް އެ ކުންފުނިން ކަނޑައަޅައިފިކަން އަންގާ ތާރީހުން ފެށިގެން 10 ދުވަހުގެ ތެރޭގައި، އެންމެ މަތީ އަގު ހުށަހެޅި ފަރާތުން އެ ފައިސާ ކުންފުންޏަށް ނުދައްކައިފިނަމަ، އެ ހުށަހެޅުން ބާތިލުކޮށް، ދެވަނައަށް އެންމެ މަތީ އަގު ހުށަހެޅި ފަރާތަށް ފުރުސަތު ދޭނެ އެވެ. ނަމަވެސް ކުންފުނިން ބޭނުންވެއްޖެ ނަމަ އަލުން ނީލަށް ހުޅުވާލާނެ ކަމަށް އެޗްޑީއެފްސީން ބުންޏެވެ.
އެކަމަކު އެ އިއުލާނުގައި ބުނި ގޮތުގައި، އިމާރާތުގެ ވެރިފަރާތުން އެޗްޑީއެފްސީއަށް ނުދައްކާ ހުރި ލޯނުގެ ފައިސާ މި މުއްދަތުގެ ތެރޭގައި ދައްކަން ބޭނުންވެއްޖެނަމަ، ގޭގެ ވެރިފަރާތަށް އިސްކަން ދޭނެ އެވެ.
މިދަނީ 40،000 ހައުސިން ޔުނިޓް އަޅަމުން: މުއިއްޒު
ބާކީ ފްލެޓް ދޭނީ 15،000 ފޯމު ބަލާފައި:މުއްތަލިބު
ފްލެޓްތަކަށް ޝަރުތު ހަމަވީ 1،820 މީހުން
އެޗްޑީސީގެ ސީއެފްއޯ އާއި ބިޒްނަސް ހެޑް ވަކިކޮށްފި
ޕޮލިސް ފްލެޓުގެ ކޮރަޕްޝަނުން 355މިލިއަންގެ ގެއްލުން!
ރޯދައިގެ ކުރިން ފްލެޓް ލިސްޓު އާންމުކުރާނަން: ރައީސް
ގޯތި ސްކީމްގެ ތަހުގީގަށް 16 މީހަކު މައުލޫމާތު ދީފި
ދައުވާކުރަން އުޅެނީ ހައުސިންގެ ކުރީގެ ވެރިންނަށް!
ގޯތި މައްސަލަ:އިލެކްޓްރޯނިކް ސާމާނުތަކެއް ހިފަހައްޓައިފި
ފްލެޓްތަކުގެ މައްސަލާގައި ދައުވާކުރުމާމެދު މަޝްވަރާކުރަނީ