އާދައިގެ ކަރުދާހަށް ޕްރިންޓުކޮށްފައި ހުންނަ 500ރ. ގެ ވަގު ނޫޓުތަކެއް ދައުރުވާތީ އެކަމަށް ސަމާލުވާން ފުލުހުން މިއަދު އެދިއްޖެ އެވެ.
31 އޮކްޓޯބަރ 2024
އާދައިގެ ކަރުދާހަށް ޕްރިންޓުކޮށްފައި ހުންނަ 500ރ. ގެ ވަގު ނޫޓުތަކެއް ދައުރުވާތީ އެކަމަށް ސަމާލުވާން ފުލުހުން މިއަދު އެދިއްޖެ އެވެ.
ވަގު ނޫޓުން މުއާމަލާތް ކުރުމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރު ކުރުމާ ގުޅިގެން ފުލުހުންގެ ވެބްސައިޓްގައިވަނީ ފަހަކަށް އައިސް އާދައިގެ ކަރުދާހަށް ޕްރިންޓުކޮށްފައި ހުންނަ 500 ރުފިޔާގެ ސައްހަ ނޫން ނޫޓުތަކެއް ދައުރުވަމުންދާ ކަމަށެވެ.
އެހެންވެ، ވިޔަފާރީގެ މުއާމަލާތްތަކާއި ފައިސާގެ މުއާމަލާތްތައް ކުރުމުގައި ދިވެހި ރުފިޔާގެ ތަފާތު ނޫޓުތަކުގައި ހުންނަ ސެކިއުރިޓީ ފީޗާސްތައް ހުރިތޯ ބެލުމަށާއި ފައިސާ ޕްރިންޓުކޮށްފައިވާ ކަރުދާހުގެ ކޮލިޓީ ބެލުން ފަދަ ކަންކަމަށް ސަމާލުކަން ދިނުމަށް ވަނީ އެދިފަ އެވެ.
އެފަދަ މައްސަލައެއް ދިމާވެއްޖެނަމަ ލަސްނުކޮށް ފުލުހުންނަށް ރިޕޯޓުކުރުމަށް އެ އިދާރާއިން އެދެ އެވެ.
ސައްހަ ނޫން ފައިސާއިން މުއާމަލާތްކުރިކަމުގެ ތުހުމަތުގައި ދެމީހަކު ހައްޔަރުކޮށްފިhttps://t.co/ZP7nbSjaJW pic.twitter.com/aRBqLxPI4f
— Maldives Police (@PoliceMv) October 31, 2024
ވަގު ނޫޓު ބޭނުންކޮށްގެން ވިޔަފާރި ކުރުމުގެ ތުހުމަތުގައި މާލެއިން ހައްޔަރު ކޮށްފައިވަނީ ތ. ތިމަރަފުށީ ސަލްވާ، އައިޝަތު ޝިޒްނީ އާއި ސ. ހިތަދޫ އަތަމާވިލާ، މައުޒޫ މުހައްމަދެވެ.
ފުލުހުންނަށް މިދިޔަ އަންގާރަ ދުވަހު ހުށަހެޅި މައްސަލައާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި އެ ދެ މީހުން ބަލައި ފާސްކޮށް، 500ރ. ގެ 24 ވަގު ނޫޓު ފެނިފައިވެ އެވެ. އަދި އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ވަނީ 30 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފަ އެވެ.
މަކަރާއިހީލަތް ހަދައިގެން އަހަރުތެރޭ 9 ފަހަރު ހައްޔަރު
ވަގު ޑޮލަރުގެ ވިޔަފާރި ފުޅާކޮށް ކުރާ ބަޔަކު ހައްޔަރު
މަރުވެފައި އޮތް މީހާގެ ބަނޑުން 78 ބުލެޓްގެ ޑްރަގް
ނަދީމް: މަސައްކަތެއް ނުކުރިއަސް އަގުބޮޑު ކާރުގައި!
އައްޑޫން ހައްޔަރުކުރި ޑްރަގް ބޮޑުންގެ ވަނަވަރު އާންމުކޮށްފި
މަސްތުން ސަލާމަތްކުރާކަމުގެ އިހުސާސް ކުރެވޭނެ: އިހުސާން
އެންމެފަހުން ސަނީއުމަރު ކޯޓު އަމުރެއްގެ ދަށުން ހަައްޔަރު
ފުރަން އުޅެނިކޮށް ސަނީ ފުލުހުންގެ ބެލުމުގެ ދަށަށް
މައްސަލަ ބަލަން ސަނީ އުމަރު ފުލުހަށް ހާޒިރުކޮށްފި
ހިޔާ ފްލެޓެއްގައި ހަށިވިއްކި ބަޔަކު ހައްޔަރު