އަޒަރުބައިޖާންގެ ވެރިރަށް ބަކޫ އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް އަޒަރުބައިޖާން އެއާލައިންގެ ސީދާ ދަތުރުތައް މިއަދު ފަށައިފި އެވެ.
09 ނޮވެމްބަރ 2024
އަޒަރުބައިޖާންގެ ވެރިރަށް ބަކޫ އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް އަޒަރުބައިޖާން އެއާލައިންގެ ސީދާ ދަތުރުތައް މިއަދު ފަށައިފި އެވެ.
އަޒަރުބައިޖާން އެއާލައިނުގެ ފުރަތަމަ ފްލައިޓް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަށް ޖައްސާފައިވަނީ މިއަދު ހެނދުނު 09:45 ގަ އެވެ.
އެއާޕޯޓު ހިންގާ އެމްއޭސީއެލްގެ ޗީފް ކޮމާޝަލް އޮފިސަރު މުހައްމަދު މިހާދު ވިދާޅުވީ އާ ރޫޓުގެ ސަބަބުން ދެ ގައުމުގެ މެދުގައި ދަތުރުފަތުރުގެ ގުޅުން ވަރުގަދަވެ، އަޒަރުބައިޖާނުން ރާއްޖެއަށް ޒިޔާރަތްކުރާ ޓޫރިސްޓުންނަށް ފަސޭހައިން ދަތުރުކުރެވޭނެ މަގު ހުޅުވޭނެ ކަމަށެވެ.
އަޒަރުބައިޖާން އެއާލައިންގެ ޗީފް ކޮމާޝަލް އޮފިސަރު ޖަމީލް މަނިޒާޑޭ ވިދާޅުވީ ވިންޓާ ސީޒަންގައި ރާއްޖެ ފަދަ މަގްބޫލު މަންޒިލަކަށް ސީދާ ދަތުރުތައް ފެށުމަކީ އަޒަރުބައިޖާނުގެ ޓޫރިސްޓުންނަށް ލިބޭ ބޮޑު ފަސޭހައެއް ކަމަށެވެ.
އަޒަރުބައިޖާން އެއާލައިނުން ބަކޫ އިން ރާއްޖެއަށް ހަފްތާއަކު ދެ ފްލައިޓެއް އޮޕަރޭޓްކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އެ ދަތުރުތަކުގައި ބޭނުންކުރާނީ އެއާބަސް ބ787ީ މަރުކާގެ މަތިންދާ ބޯޓެވެ.
އެމްއޭސީއެލްއިން ރޯދައަށް އެއާޕޯޓް ސާފުކުރަނީ
އެފްކޮމް ކާގޯ އިން ރާއްޖެއަށް ކާގޯ ފްލައިޓްތައް އަޅަނީ
އެއާޕޯޓުގެ ޓްރެފިކް ހަމައަކަށް އެޅިއްޖެ: އެމްއޭސީއެލް
ވައިގަދަވުމުގެ ސަބަބުން ފްލައިޓްތައް ޖެއްސުމުގައި ދަތިތަކެއް
އާ އަހަރަށް މަހުޖަނުންގެ ޖެޓުތައް ރާއްޖެ އަށް
އެއާޕޯޓުން ކުނި އުފުލުން އަނެއްކާވެސް ވެމްކޯއަށް
ސީ-ޓު-އެއާ ހިދުމަތުން 1،000 ޓަނުގެ މުދާ ބޭރަށް
އެއާ އަރަބިއާގެ ޝެޑިއުލް ދަތުރުތައް ފަށައިފި
އާ ބެގޭޖް ހޭންޑްލިން ސިސްޓަމެއް ތައާރަފްކުރަނީ
އެމްއޭސީއެލްގެ ކޮންމެ މުވައްޒަފަކަށް 25،000ރ.