ފެނަކަ ކޯޕަރޭޝަން ހިންގުން އެސްޓީއޯގެ ދަށަށް ބަދަލު ކުރުމަށް ނިންމާފައި އޮތް ނަމަވެސް، އެ ކުންފުނީގެ ހާލަތު ރަނގަޅު ކުރުމަށް އެހެން ގޮތެއް ހޯދަމުން އަންނަ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.
13 ނޮވެމްބަރ 2024
ފެނަކަ ކޯޕަރޭޝަން ހިންގުން އެސްޓީއޯގެ ދަށަށް ބަދަލު ކުރުމަށް ނިންމާފައި އޮތް ނަމަވެސް، އެ ކުންފުނީގެ ހާލަތު ރަނގަޅު ކުރުމަށް އެހެން ގޮތެއް ހޯދަމުން އަންނަ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.
ފިނޭންސް މިނިސްޓްރީން ބުނީ ފެނަކަ އާއި ސްޓެލްކޯއާ އެއްކޮށްލުން ފަދަ، އެހެން ހައްލެއް ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އަންނަ އަހަރު އެކަމަށް ދާއިމީ ހައްލެއް ހޯދޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ.
އެއް ކުންފުންޏަކުން އެސްޓީއޯއަށް މިވަގުތު އެންމެ ބޮޑު އަދަދެއްގެ ދަރަނި ދައްކަން ޖެހިފައި އޮތީ ފެނަކައިންނެވެ. ފެނަކައިން ތެޔޮ ގަނެގެން އެސްޓީއޯއަށް ދެ ބިލިއަން ރުފިޔާ ދައްކަން އެބަ އޮތެވެ.
އެސްޓީއޯގެ އިތުރުން އެހެން ފަރާތްތަކަށް ދައްކަން ޖެހޭ ފައިސާއާ އެކު ފެނަކައިގެ ދަރަނި 4.1 ބިލިއަން ރުފިޔާއަށް އަރަ އެވެ.
މިދިޔަ އޮގަސްޓް މަހު ސަރުކާރުން ވަނީ އަންނަ ޖެނުއަރީ މަހުން ފެށިގެން ފެނަކަ ކޯޕަރޭޝަން ހިންގުން އެސްޓީއޯގެ ދަށަށް ގެންގޮސް އެސްޓީއޯގެ ސަބްސިޑަރީއެއްގެ ގޮތުގައި ހިންގަން ނިންމައިފަ އެވެ.
އެސްޓީއޯގެ ދަށުން ފެނަކަ ހިންގަން ފަށަންދެން އިންޓެރިމް ބޯޑެއް ވަނީ އެކުލަވާލައިފަ އެވެ.
ފެނަކައަކީ މިވަގުތު އެންމެ ގިނަ މުވައްޒަފުން މަސައްކަތް ކުރާ ކުންފުންޏެވެ. އެ ކުންފުނީގައި 7،000 އަށް ވުރެ ގިނަ މުވައްޒަފުން ތިބިއިރު ލިބޭ އާމްދަނީގެ ގާތްގަނޑަކަށް 13 ޕަސެންޓް ހޭދަކުރަނީ މުވައްޒަފުންނަށް މުސާރަ ދިނުމަށެވެ. މުވައްޒަފުންގެ މުސާރަ އަށް މިދިޔަ އަހަރު 72 މިލިއަން ރުފިޔާ ހޭދަކުރި އެވެ.
އެސްޓީއޯގެ ދަށަށް ފެނަކަ ބަދަލުކުރުން ހުއްޓާލައިފި
ފެނަކައަކީ ފައިދާވާ ކުންފުންޏަކަށް ހެދޭނެ: އެސްޓީއޯ
އެސްއޯއީތަކުގެ ގެއްލުން 2 ބިލިއަނަށް ވުރެ މަތީގައި!
14.7މިލިއަން ރުފިޔާ ހޯދަން ޔާމީން އޮތީ ހުށަހަޅާފައި
އަންނަ އަހަރުގެ 64 ބިލިއަންގެ ބަޖެޓް ފާސްކޮށްފި
ބަޖެޓްގެ ފުރަތަމަ ބަހުސް މަރުހަލާ ނިންމާލައިފި
މުސާރައިގެ ހޭދަ ބޮޑުވުމަކީ ގޮންޖެހުން"
ކުއްޔަށް 178 މިލިއަން، އެމްބަސީތައް އެންމެ ކުރީގައި
ބަޖެޓުގެ 29 ޕަސެންޓް ހޭދަވާނީ ދަރަނި ދައްކަން
ބަޖެޓުން މަޖިލީސް މެންބަރުންނަށް 111 މިލިއަން