ރާއްޖޭގެ ޑިޕްލޮމެޓިކް ޕާސްޕޯޓާއި އޮފިޝަލް ޕާސްޕޯޓް އޮންނަ ފަރާތްތަކަށް ވިސާއާ ނުލައި އަޒަރުބައިޖާނަށް ދަތުރުކޮށް، 90 ދުވަހަށް އެ ގައުމުގައި ތިބެވޭ ގޮތަށް އެ ގައުމާއެކު ދިވެހި ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
15 ނޮވެމްބަރ 2024
ރާއްޖޭގެ ޑިޕްލޮމެޓިކް ޕާސްޕޯޓާއި އޮފިޝަލް ޕާސްޕޯޓް އޮންނަ ފަރާތްތަކަށް ވިސާއާ ނުލައި އަޒަރުބައިޖާނަށް ދަތުރުކޮށް، 90 ދުވަހަށް އެ ގައުމުގައި ތިބެވޭ ގޮތަށް އެ ގައުމާއެކު ދިވެހި ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އަޒަރުބައިޖާނުގެ ވެރިރަށް ބާކޫގައި މިހާރު ކުރިއަށްދާ ކޮންފަރެންސް އޮފް ދަ ޕާޓީސް އޮފް ދަ ޔޫއެންއެފްސީސީސީގެ ހަވާސާގެ ތެރެއިން ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޚަލީލާއި އަޒަރުބައިޖާންގެ ފޮރިން މިނިސްޓަރު ޖޭހުން ބައިރަމޯވް އާ ބައްދަލު ކުރެއްވުމަށް ފަހުގަ އެވެ.
މި ބައްދަލު ކުރެއްވުމުގައި ދެ އެއްބަސްވުމެއްގައި ދެ ގައުމުން ސޮއިކޮށްފައިވާ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުންޏެވެ. އެއީ ވިސާއަށް ލުއި ފަސޭހަ ގޮތެއް ހޯދައިދިނުމުގެ އެއްބަސްވުމަކާއި ދެ ގައުމަށް ފައިދާވާނެ ގޮތަށް ޓޫރިޒަމް ކުރިއެރުވުމުގެ އެއްބަސްވުމެކެވެ.
ފުރަތަމަ އެއްބަސްވުމުގެ ދަށުން ރާއްޖޭގެ ޑިޕްލޮމެޓިކް އަދި އޮފިޝަލް ޕާސްޕޯޓް އޮންނަ މީހުންނަށް ވިސާއާ ނުލައި އަޒަރުބައިޖާނަށް އެތެރެވުމާއި ޓްރާންސިޓުވުމުގެ އިތުރުން 90 ދުވަހަށް އެ ގައުމުގައި ތިބުމުގެ ހުއްދަ ލިިބިގެން ދާނެ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ. އަދި މި އެއްބަސްވުމުގެ ދަށުން ހުރިހާ ދިވެހިންނަށް ވެސް ވިސާއާ ނުލައި އެ ގައުމަށް ދަތުރު ކުރެވޭނެ އިންތިޒާމްތައް ހަމަޖައްސަން މަޝްވަރާތައް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
"މި އެއްބަސްވުމަކީ ހުރިހާ ދިވެހިރައްޔިތުންނަށް ވިސާއަކާ ނުލައި ދަތުރު ކުރެވޭނެ ގޮތް މަގުފަހިކޮށްދިނުމަށް ޓަކައި ކުރެވޭ މަސައްކަތަށް އެޅުނު މުހިއްމު ފިޔަވަޅެކެވެ. އެގޮތުން މިކަމާގުޅޭ މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ވެސް އެއްބަސްވެވުނެވެ." ފޮރިން މިނިސްޓްރީން ބުންޏެވެ.
ޓޫރިޒަމް އެއްބަސްވުމުގެ ދަށުން އިގްތިސާދީ ގޮތުންނާއި ސަގާފީ އަދި އިޖްތިމާއީ ގޮތުން ދެ ގައުމަށް ވެސް ފައިދާވާނޭ ގޮތަށް ފަތުރުވެރިކަން ކުރިއެރުވުމަށް އެއްބަސްވެފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
ރާއްޖޭގެ ޑިޕްލޮމެޓިކް ޕާސްޕޯޓް ލިބެނީ ދައުލަތުގެ އިސްވެރިންނާއި އެ ބޭފުޅުންގެ އާއިލާތަކަށެވެ. އަދި އޮފިޝަލް ޕާސްޕޯޓް ލިބޭނީ ރަސްމީ ހައިސިއްޔަތެއް އޮންނަ އަދި އިމިގްރޭޝަނުން ކަނޑައަޅާ ވަކި ފަރާތްތަކަކަށް އެކަންޏެވެ.
ޣައްޒާ ބިނާކުރުމާއެކު ހައްގުތައް ވެސް އިޔާދަކޮށްދޭންޖެހޭ
ހަލީލް، ލަންކާގެ ބޮޑުވަޒީރާ ބައްދަލުކުރައްވައިފި
ގުޅުން ރަނގަޅުކުރަން އިންޑިއާ ސަފީރާއެކު މަޝްވަރާކޮށްފި
ރާއްޖޭން ޔޫކްރެއިން ކޮޅަށް ބުރަވި ވާހަކަ ދޮގުކޮށްފި
ރައީސް އެސްޓޯނިއާއަށް ފުރާވަޑައިގެންފި
ރާއްޖެ-ޔޫއޭއީގެ ގުޅުން ބަދަހިކުރަން މަޝްވަރާކުރައްވައިފި
"އިންޑިއާއާ އެކު އޮންނަ ގުޅުން ހީނަރުވިޔަ ނުދޭނެ"
އިންޑިއާ އަށް ފަހު ފޮރިން މިނިސްޓަރު ހަލީލް ޔޫއޭއީއަށް
"އިންޑިއާ އައުޓް ކެމްޕެއިނާ ސަރުކާރާ ގުޅުމެއް ނެތް"
ރާއްޖެއަކީ ނެއިބަހުޑް ފަސްޓްގެ އެންމެ ސާފު މިސާލު