ސިޔާސީ މަގާމަކަށް އައްޔަންކޮށްފައިވާ މީހަކު ޝަރުއީ ދާއިރާ އަށް ނުފޫޒު ފޯރުވާކަން އެނގިވަޑައިގެންފި ނަމަ އެ މީހަކު ވަގުތުން މަގާމުން ވަކިކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
18 ނޮވެމްބަރ 2024
ސިޔާސީ މަގާމަކަށް އައްޔަންކޮށްފައިވާ މީހަކު ޝަރުއީ ދާއިރާ އަށް ނުފޫޒު ފޯރުވާކަން އެނގިވަޑައިގެންފި ނަމަ އެ މީހަކު ވަގުތުން މަގާމުން ވަކިކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
މި ސަރުކާރަށް އެއް އަހަރު ފުރުން ފާހަގަކުރަން ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތުގައި އެ މަނިކުފާނު ވިދާޅުވީ ނޮވެމްބަރު 17، 2023 ގެ 5:03 އިން ފެށިގެން ޝަރުއީ ދާއިރާ އަށް ނުފޫޒު ފޯރުވުން ނިމިފައިވާ ކަމަށެވެ. އެއީ އެ މަނިކުފާނު ވެރިކަމުގެ ހުވާކުރެއްވި ވަގުތެވެ.
ސިޔާސީ މަގާމަކަށް އައްޔަން ކޮށްފައިވާ އެއްވެސް މީހަކު، އެ މަނިކުފާނަށް އެނގިވަޑައިގެން ޝަރުއީ ދާއިރާއަށް ނުފޫޒެއް ނުފޯރުވާ ކަމަށް ވިދާޅުވެ، ރައީސް މުއިއްޒު ވަނީ އައްޔަން ކުރައްވާފައިވާ އެއްވެސް މީހަކު އެ ދާއިރާ އަށް ނުފޫޒު ފޯރުވާ ނަމަ އެކަން އަންގައިދިނުމަށް އެދިވަޑައިގެންފަ އެވެ. އޭރުން އެ މީހަކު ވަގުތުން މަގާމުން ވަކިކުރާނެ ކަމަށް ވިދާޅުވި އެވެ.
"ތިއިން އެއްވެސް ބޭފުޅަކު، ރާއްޖޭގެ ރައްޔިތުން ގާތު އެދޭ ވާހަކައެއް މި ދަންނަވަނީ، އެއްވެސް ރައްޔިތަކަށް އަޅުގަނޑު އައްޔަންކޮށްފައި ހުރި މީހެއް ޝަރުއީ ދާއިރާ އަށް ނުފޫޒެއް ފޯރުވާކަމަށް ފެނިވަޑައިގަންނަވަންޏާ އަޅުގަނޑަށް އެކަން އަންގާލަދެއްވާ. އެ މީހަކު ވަގުތުން ވަކިކުރާނަން. ކޮންމެ މީހެއް ވިއަސް ވަކިކުރާނަން،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
"އެއީ އަޅުގަނޑު ބޭނުމެއް ނޫން ޝަރުއީ ދާއިރާގެ ކަމެއްގައި ނުފޫޒު ފޯރުވާކަށް. އެކަން ނިމިއްޖެ މި ގައުމުގައި."
ރައީސް ވިދާޅުވީ އަދަބު ދޭނީ ސިޔާސީ ވެގެން ނޫން ކަމަށާއި އޮންނަ ނިޒާމްގެ ތެރެއިން ކަމަށެވެ.
ނަމަވެސް، ބަދަލުހިފުމުގެ ރޫހުގައި ބައެއް ބޭފުޅުން ސޯޝަލް މީޑިއާގައި ވަރަށް ގިނަ ވާހަކަތައް ދައްކާ ކަމަށާއި އެ މަނިކުފާނަށް ރައްޔިތުން ފުރުސަތު ދިނީ ބަދަލު ހިފަން ބޭނުން ނުވާތީ ކަމަށް ރައީސް ވިދާޅުވި އެވެ.
ސިޔާސީ ކުށްވެރިންނެއް ވެސް ނުތިބޭނެ ކަމަށާއި އަދުލް އިންސާފު ގާއިމްވާނެ ކަމަށް ވިދާޅުވި އެވެ.
ރައީސްގެ ނިންމުމުން އަދުލުއިންސާފުގެ މަސައްކަތްހަލުވިވާނެ
ޖުޑިޝަރީއަށް އާމްދަނީން ވަކި ޕަސެންޓެއް ކަނޑައަޅަނީ
ފަހުމީއަށް ރައީސް އޮފީސް މިނިސްޓަރު ފެންވަރުގެ މަގާމެއް
އުއްތަމަފަނޑިޔާރަކަށް ޣަނީ އައްޔަން ކުރަން ހުށަހަޅައިފި
ޖޭއެސްސީން ލަފާދޭން ނިންމީ ޣަނީ އައްޔަންކުރަން
ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓުގެ އާ އިމާރާތް ހުޅުވައިފި
ސިޔާސީ މުވައްޒަފުންގެ އަދަދަކީ 922: ރައީސް އޮފީސް
ސަލީމާއި ހަމީދުގެ ނަން ރައީސް މަޖިލީހަށް ފޮނުވައިފި
ޖޭއެސްސީން އިސްކަންދިނީ ސަލީމާއި ހަމީދުގެ ނަމަށް
މަގާމުގައި ތިބޭ މީހުން ދުރުކުރުމުގެ ބާރު ރައްޔިތުންނަށް