އިސްލާމީ މަރުކަޒުގެ މުންނާރު ކައިރީ އޮތް މަސްފެންގަނޑު ސްޓެލްކޯގެ ފަރާތުން ކޮށް ނިންމައި އިސްލާމިކް މިނިސްޓްރީއާ މިއަދު ހަވާލު ކޮށްފި އެވެ.
21 ނޮވެމްބަރ 2024
އިސްލާމީ މަރުކަޒުގެ މުންނާރު ކައިރީ އޮތް މަސްފެންގަނޑު ސްޓެލްކޯގެ ފަރާތުން ކޮށް ނިންމައި އިސްލާމިކް މިނިސްޓްރީއާ މިއަދު ހަވާލު ކޮށްފި އެވެ.
އިސްލާމީ މަރުކަޒުގެ މުންނާރު ކައިރީގައި އޮންނަ މަސްފެންގަނޑަކީ މީގެ 40 އަހަރު ކުރިން އެ މިސްކިތް ހުޅުވުއިރު ވެސް ހަދާފައިވާ ތަނެކެވެ. އެކަމަކު، އެ މަސްފެންގަނޑު މަރާމާތު ނުކޮށް ގިނަ ދުވަސްތަކެއް ވުމުން ބޭނުމެއް ނުކުރެ އެވެ.
އެހެންވެ، އިސްލާމީ މަރުކަޒު ހުޅުވިތާ 40 އަހަރު ފުރުން ފާހަގަކުރުމާ ދިމާކޮށް، މަސްފެންގަނޑު މަރާމާތު ކޮށްދޭނެ ބަޔަކު ހޯދަން އިސްލާމިކް މިނިސްޓްރީން މިދިޔަ މަހު ފުރުސަތު ހުޅުވައިލުމުން ސްޓެލްކޯ އިން ބޭނުންވީ އެ ކުންފުނީގެ ސީއެސްއާރު ޕްރޮޖެކްޓެއްގެ ގޮތުގައި އެކަން ކޮށްދޭށެވެ.
އިސްލާމީ މަރުކަޒު ކައިރީގައި ހަދާފައިވާ މަސްފެންގަނޑު މަރާމާތުކޮށްފައި..-- ފޮޓޯ: އިސްލާމިކް މިނިސްޓްރީ
އެ ތަން ނިންމައި މިނިސްޓްރީއާ ހަވާލު ކުރީ މިއަދު އެކަމަށްޓަކައި އެ ސަރަހައްދުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.
އެ ރަސްމިއްޔާތުގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ އާއި އެ ކުންފުނިން މަސައްކަތުގައި އުޅުނު މުވައްޒަފުންނާއި އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް އަލީ ސައީދާއި އެ މިނިސްޓްރީގެ ބޭފުޅުން ވެސް ބައިވެރިވެވަޑައިގަތެވެ.
އިސްލާމީ މަރުކަޒު ކައިރީގައި ހަދާފައިވާ މަސްފެންގަނޑު މަރާމާތުކޮށްފައި..-- ފޮޓޯ: އިސްލާމިކް މިނިސްޓްރީ
މުންނާރު ކައިރީ އޮންނަ މަސްފެންގަނޑު މީގެ ކުރިން އޮންނަނީ ވަރަށް ހަޑި ކޮށެވެ. ނަމަވެސް މިހާރު ވަނީ އެތަން އެއްކޮށް ސާފުކޮށް ކުލަ ބަދަލުކޮށް މަސް ވެސް ލައިފަ އެވެ.
އިސްލާމީ މަރުކަޒާއި އެ ތަނުގެ ތެރޭގައި ހަދާފައިވާ ބޮޑު މިސްކިތް ހުޅުވީ މީގެ 40 އަހަރު ކުރިން ނޮވެމްބަރު 11، 1984 ގަ އެވެ.
މަސްފެންގަނޑު ހަދަންކުރި އިއުލާނު ބާތިލުކޮށްފި
ޕީކް ސީޒަނަށް ހުޅުމާލޭގައި ދެ ތެޔޮ ޓޭންކް ބަހައްޓަނީ
ފައިސާ ދެއްކިފަހުން އުމްރާއަށް ނުގެންދެވޭކަން އަންގައިފި
ހާފިޒުން ދަސްވެނިވުމުގެ ހަފުލާ ކުލަގަދަކޮށް 27 ގައި
ދެ ބިލް ފޮނުވީ ރޯދައިގެ ކަރަންޓަށް ޑިސްކައުންޓު ދޭން
ރީޑިން ނަގަން 350 މުވައްޒަފުން މާދަމާ ނިކުންނަނީ
އާ ޑިޒައިންތަކަކަށް ހަ ރަށެއްގައި މިސްކިތްތައް އަޅަނީ
މިހާތަނަށް ޖޫރިމަނާ ދެއްކީ 3 ކުންފުނިން: މިނިސްޓްރީ
ޓްރާންސްފޯމަރު "ވަގު" ހުއްޓުވުމުން ބޯފަޅާލައިފި
އުމްރާއަށް ދިޔަ 24 މީހަކު ރާއްޖެ ނާދެވިފައި