އައްޑޫން ލީޑް ނަގާފައި ވަނިކޮށް، ޅ. ކުރެންދޫން ފަހު ވަގަުތު ނަތީޖާ 1-1 ން އެއްވަރު ކޮށްފި އެވެ.
22 ނޮވެމްބަރ 2024
އައްޑޫން ލީޑް ނަގާފައި ވަނިކޮށް، ޅ. ކުރެންދޫން ފަހު ވަގަުތު ނަތީޖާ 1-1 ން އެއްވަރު ކޮށްފި އެވެ.
މި މެޗަކީ، ގައުމީ ޓީމުގެ ކުރީގެ މިޑްފީލްޑަރު ޝަމްވީލް ގާސިމް (ބޮންޑާ) އެނބުރި ގަލޮޅު ދަނޑަށް އައި މެޗެވެ. އައްޑޫ ޓީމުގެ ކެޕްޓަންގެ ގޮތުގައި ފުޓްބޯޅައިގެ ބޮޑު މުބާރާތަކަށް އެނބުރި އައި މެޗުގައި 42 އަހަރުގެ ބޮންޑާ ވަނީ އައްޑޫ އަށް ލަނޑު ޖަހައި ދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފަ އެވެ.
އޭނާގެ ފުރުސަތަކުން، އައްޑޫ ޓީމުގެ މުހައްމަދު ދާނިޝް އިބްރާހިމް ރަނގަޅު ފުރުސަތެއް ތަނަވަސް ކުރި އެވެ. އެކަމަކު އެ ބޯޅަ ވެސް ކުރެންދޫގެ ކީޕަރު ސުޖަން ޕެރޭރާ ދިފާއު ކުރި އެވެ. ފުރަތަމަ ހާފުގައި އައްޑޫ ޓީމުން ފޮނުވާލި ނުރައްކާތެރި ދެ ބޯޅަ ވެސް ސްރީ ލަންކާގެ ގައުމީ ކީޕަރު ދިފާއު ކުރި އެވެ.
އައްޑޫގެ ހަމަލާތައް ހުއްޓުވުމުގައި ސުޖަން މުޅި މެޗުގައި ވެސް ފެނުނީ ބިޒީ ކޮށެވެ. އެކަމަކު މެޗުގެ އެންމެ މުހިންމު ބޯޅަ އޭނާ އަށް ދިފާއު ނުކުރެވުނެވެ.
ކުރެންދޫގެ އޭރިއާގެ ބޭރުން އައްޑުއަށް ލިބުނު ހިލޭޖެހުން ބޮންޑާ، ފޮނުވާލީ ޕެނަލްޓީ އޭރިއާގެ ތެރެއިން އަރިމަތީގައި ހުރި މުހައްމަދު ހާޒިމް ރިފާތު އަށެވެ. އެ ބޯޅަ އޭނާ ހުރަސްކޮށް ދިނީ ގޯލް ކުރިމައްޗަށެވެ. އެ ބޯޅަ ގޯލަށް ވައްދާލައި އައްޑޫގެ އެހެން ކުޅުންތެރިޔެއް ކަމަށްވާ ހިޒާމް ފައުޒީ އެވެ. އައްޑޫ ޓީމަށް ލީޑް ނަގައި ދިނެވެ.
އޭގެ ފަހުން ލިބުނު ހިލޭ ޖެހުމެއްގައި ވެސް ބޮންޑާ ވަނީ ނުރައްކާތެރި ބޯޅައެއް ކުރެންދޫގެ އޭރިއާގެ ތެރެއަށް ނަގައިދީފަ އެވެ. ކުރެންދޫގެ ހާފުގެ މެދަކާ ހަމައިން ހާފްގެ އަރިމަތިން ލިބުނު ހިލޭޖެހުން ބޮންޑާ އޭރިއާ ތެރެއަށް ނަގައި ދިނުމުން އަލީ ނާފިއު (ކަލޭ) ބޮލުން ޖެހި އެވެ. ބޯޅަ ގޯލަށް އަމާޒު ނުވި އިރު ނާފިއު ހުރީ އޮފްސައިޑް ވެފަ އެވެ.
އައްޑޫ ޓީމުގައި ފުރަތަމަ ޑިވިޝަނުގެ ތަޖުރިބާކާރު ކުޅުންތެރިން ގިނަ އެވެ. ބޮންޑާގެ އިތުރުން އެ ޓީމުގެ ޑިފެންޑަރު އަބްދުﷲ ހަނީފް (ބެންޖޯ) ކުޅެމުން ދަނީ ޕްލޭއާ ކޯޗެއްގެ ގޮތުގަ އެވެ. ޓީމުގެ ކޯޗަކަށް ވެސް ޖަހާފައި ވަނީ އޭނާގެ ނަމެވެ.
އަލީ ނާފިއު އާއި އަހްމަދު ޒައުލް ނިޒާރު އަކީ ވެސް ފުރަތަމަ ޑިވިޝަނުގައި މީގެ ކުރިން ކުޅުންތެރިންނެވެ. މެޗުން ނުފެނުނަމަވެސް ޓީމުގެ ސްކޮޑްގައި އިސްމާއީލް އީސާ (މެސީ) އާއި އިބްރާހިމް ވަހީދު ހަސަން (އިއްބެ) ވެސް ވަނީ ހިމަނައިފަ އެވެ.
އައްޑޫ މޮޅުވާން ކުރެންދޫން ފުރުސަތެއް ނުދިނެވެ. އައްޑޫގެ އޭރިއާގެ ބޭރުން އޭރިއާގެ އަރިމަތިން ކުރެންދުއަށް ލިބުނު ހިލޭޖެހުން ފޮނުވާލީ އެ ޓީމުގެ ބެލްޖިއަމްގެ މިޑްފީލްޑަރު ޖޯޑީ ވުލޫގަލްސް އެވެ. ބޯޅަ އޮޅާލުމަށް ފަހު އޭނާ ފޮނުވާލީ ގޯލްގެ މަތީ ކަނަށެވެ.
ކުރެންދޫން ނަތީޖާ ހަމަހަމަ ކުރުމުން އައްޑޫން އަލުން ލީޑް ނަގަން މަސައްކަތް ކުރި އެވެ. އެ ޓީމުގެ ޒައުލް ބާރު ހަމަލާއެއް ފޮނުވާލި އެވެ. އެކަމަކު އެ ބޯޅަ ވެސް ސުޖަން ދިފާއު ކުރި އެވެ.
އޭދަފުއްޓަށް އެއް ލައްކަ، އައްޑުއަށް ބައި ލައްކަ
އައްޑޫ ބަލިކޮށް އޭދަފުށިން ގޯލްޑް ކަޕް ކާމިޔާބުކޮށްފި
އޭދަފުއްޓާއި އައްޑޫ: 36 އަހަރުގެ ކުރީގެ ހަނދާނެއް
އައްޑު އަށް މަދުން ޓިކެޓް ވިއްކި މައްސަލަ ހޫނުވެއްޖެ
ރާއްޖޭގައި ފުޓްބޯޅަ ކުޅޭގޮތް ޒަމާނީކޮށްލީ އައްޑޫން!
އައްޑޫގެ ސަޕޯޓަރުން ދަތުރުކުރަން ވަކި ފްލައިޓެއް
މިއީ އައްޑޫ ފުޓްބޯޅައިގެ ޖޭމްސް ބޮންޑް!
އަލިފުށި ކަޓުވާލުމަށް ފަހު އައްޑޫ ފައިނަލަށް
މާފުށި ކަޓުވާލުމަށް ފަހު އައްޑޫ ސެމީ އަށް
ރަށްވެހިކަމުގެ މައްސަލަ މާލޭގެ ކޮޅަށް، މެޗު މިއަދު