Roadha Mihaaru
ކުޑަކުދިން ކިހާއިރަކު ނިދަންޖެހޭ؟

ކުޑަކުދިން ކިހާއިރަކު ނިދަންޖެހޭ؟

15 ޖޫން 2016

ބައެއް މީހުން އެ މީހުންގެ ދަރިން ނިދާނެ އިރަކު ނިދަން ދޫކޮށްލާފައި ތިބެނީ އެވެ. އަނެއް ބަޔަކު އޮންނަނީ އެ މީހުންގެ ޅަ ދަރިން ނިދަން އޮށޯންނަށް ޖެހޭ ވަގުތާއި ހޭލަންވީ ވަގުތު ވެސް ކަނޑައަޅައިފަ އެވެ.

ނިއުމަތުﷲ އިދުރީސް ނިއުމަތުﷲ އިދުރީސް

ބައެއް މީހުން އެ މީހުންގެ ދަރިން ނިދާނެ އިރަކު ނިދަން ދޫކޮށްލާފައި ތިބެނީ އެވެ. އަނެއް ބަޔަކު އޮންނަނީ އެ މީހުންގެ ޅަ ދަރިން ނިދަން އޮށޯންނަށް ޖެހޭ ވަގުތާއި ހޭލަންވީ ވަގުތު ވެސް ކަނޑައަޅައިފަ އެވެ.

އެމެރިކާގެ ތަޖުރިބާކާރުންގެ ޓީމަކުން މިހާރު މި ވަނީ ކުޑަކުދިން ކޮންމެ ދުވަހަކު ނިދަންޖެހޭ ވަގުތުގެ ދިގުމިނާ ބެހޭ އާ ގައިޑްލަނެއް އާންމުކޮށްފަ އެވެ. ތުއްތު ކުދިންނާ ހިސާބުން ފެށިގެން ފުރާވަރުގެ ކުދިންނަށް މި މިންގަނޑުގައި ވަގުތު ކަނޑައަޅާފައިވެ އެވެ. އެންމެ ކުޑަ ކުދިން 16 ގަޑިއިރު ނިދަން ޖެހޭއިރު ފުރާވަރުގެ ކުދިންނަށް އަށް ގަޑިއިރެވެ.

މިއީ އެމެރިކަން އެކަޑަމީ އޮފް ސްލީޕް މެޑިސިން އިން ކުޑަކުދިންނަށް ހާއްސަކޮށްގެން ނެރުނު މިފަދަ ފުރަތަމަ ގައިޑްލައިނެވެ.

މި ދިރާސާގައި ބުނެފައި ވަނީ އެކަށީގެންވާ މިންވަރަށް ނިދުމުން ކުދިންގެ ސަމާލުކަން އިތުރުވެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން އިތުރުވާ ކަމަށެވެ. އެގޮތުން މި ދިރާސާގައި ބައިވެރިކުރި ހުރިހާ އުމުރުފުރައެއްގެ ކުދިންގެ ކިބައިން ވެސް މި ތަފާތު ފެނިފައިވާ ކަމަށް ބުނެފައިވެ އެވެ.

ކޮންމެ ދުވަހަކު/ރެޔަކު ނިދި ބޭނުންވާ މިންވަރު

> 12-16 ގަޑިއިރު: އުމުރުން 4-12 މަހާ ދެމެދުގެ ކުދިންނަށް ދުވާލުގެ ނިންޖާ އެކު މި މިންވަރަށް ނިދި ބޭނުންވޭ.

> 11-14 ގަޑިއިރު: އުމުރުން 1-2 އަހަރާ ދެމެދުގެ ކުދިންނަށް.

> 10-13 ގަޑިއިރު: އުމުރުން 3-5 އަހަރުގެ ކުދިންނަށް.

> 9-13 ގަޑިއިރު: އުމުރުން 6-12 އަހަރުގެ ކުދިންނަށް.

> 8-10 ގަޑިއިރު: އުމުރުން 13-18 އަހަރުގެ ކުދިންނަށް.

ރަނގަޅަށް ނިދި ނުލިބޭ ކުދިންނަށް ފަލަ ބަލީގެ މައްސަލަ އާއި ހަކުރު ބައްޔާއި އެކްސިޑެންޓްތަކާއި ޑިޕްރެޝަން އާއި އަމިއްލަ އަށް މަރުވުމުގެ ފިކުރު އިތުރު ވުމުގެ މައްސަލައާ ކުރިމަތިވާކަން ވެސް ވަނީ ފާހަގަކޮށްފަ އެވެ.