ގުރޫޕް ގައި ތ. ތިމަރަފުށި 4-0 ން ބަލިކޮށް، ބ. އޭދަފުށިން ގޯލްޑް ކަޕްގެ ދެވަނަ ބުރުގެ ގުރޫޕް ސްޓޭޖުން ޖާގަ ކަށަވަރު ކޮށްފި އެވެ.
27 ނޮވެމްބަރ 2024
ގުރޫޕް ގައި ތ. ތިމަރަފުށި 4-0 ން ބަލިކޮށް، ބ. އޭދަފުށިން ގޯލްޑް ކަޕްގެ ދެވަނަ ބުރުގެ ގުރޫޕް ސްޓޭޖުން ޖާގަ ކަށަވަރު ކޮށްފި އެވެ.
އޭދަފުށީގެ ހަތަރު ލަނޑުގެ ތެރެއިން ދެ ލަނޑު ޖެހީ އެ ޓީމުގެ ކެޕްޓަން މުހައްމަދު ފާސިރު (ފާއްޓޭ) އެވެ.
މުބާރާތުގައި ތިމަރަފުށި ކުޅުނު ފުރަތަމަ މެޗުގައި، އެ ޓީމު ވަނީ މާލެ އަތުން ބަލިވެފަ އެވެ. އެހެންވެ މިއަދު މެޗަށް ނުކުތް އިރު އެ ޓީމަށް އޮތީ ތިން ޕޮއިންޓް ހޯދުން މަޖުބޫރު ވެފަ އެވެ. އެކަމަކު މުބާރާތުގައި ކުރިއަށް ދިއުމުގެ ފުރުސަތު އަދި އެބައޮތެވެ.
ގުރޫޕް ސްޓޭޖްގެ މެޗުތަކެއްގެ ގޮތުގައި ކުރިއަށްދާ ދެވަނަ ބުރަށް، ގުރޫޕް ބީ ން ގަދަ ތިން ޓީމު ވާދަކުރާނެ އެވެ. ރޭ، ތުޅާދޫ ބަލިކޮށް މާލެއިން ވަނީ ދެވަނަ ބުރުން ޖާގަ ހޯދި ފުރަތަމަ ޓީމުގެ ޝަރަފު ހާސިލުކޮށްފަ އެވެ.
ފުރަތަމަ ޑިވިޝަނުގެ ތަޖުރިބާ ވެސް ބޮޑު ތިމަރަފުށިން ވަނީ ފުރަތަމަ 15 މިނެޓްގައި އޭދަފުށީގެ ފަހަތަށް ބާރު ބޮޑުކޮށްފަ އެވެ. އެ ވަގުތުގައި ރަނގަޅަށް ކުޅުނީ ވެސް ތިމަރަފުށީގެ ޓީމެވެ. ނަމަވެސް ފަހުން އޭދަފުށިން ކުޅުން ރަނގަޅުކޮށް މެޗު ވެސް ޑޮމިނޭޓް ކުރި އެވެ.
ފުޓްބޯޅައިގައި އަބަދުވެސް ފޭވަރިޓް، އޭދަފުއްޓަށް ތިމަރަފުށީގެ ގޯލް ހުޅުވަން އުނދަގޫވި އެވެ. ހަމަލާތައް އުފެއްދި ނަމަވެސް އޭގެ ފުރުސަތުތައް ގޯލަށް ހެދުނީ ފުރަތަމަ ހާފުގެ ފަހުކުޅުގަ އެވެ. އެ ޓީމުގެ ފުރަތަމަ ލަނޑު އަލީ ނަސީމް (ދިއްލި) ޖެހީ އިޝާން އިބްރާހިމް (ސައްޓު) ތަނަވަސްކޮށް ދިން ފުރުސަތަކުންނެވެ.
ތުޅާދޫ މެޗުގައި ހެޓްރިކް ހެދި އައްޔަ، އަށް އިޝާން ދިން ފުރުސަތު ބޭކާރުކޮށް ނުލައި ގޯލްގެ ތެރެއަށް ވައްދާލި އެވެ. ދެވަނަ ހާފުގައި ތިމަރަފުށިން ކުޅުން ރަނގަޅު ކުރި އެވެ.
ނަމަވެސް ލަނޑު ޖެހުގައި އަނެއްކާވެސް ތަފާތުވީ އޭދަފުއްޓެވެ. މަޝްހޫރު އަލީ ފާސިރު (ސެންޓޭ) ގެ ބޭބެ، ފާއްޓޭ އޭދަފުއްޓަށް ލީޑް ފުޅާކޮށް ދިނީ މެޗުގެ 70 ވަނަ މިނެޓްގަ އެވެ.
އޭގޭ 10 މިނެޓް ފަހުން އަނެއްކާވެސް އޭނާ ވަނީ އެ ޓީމަށް ތިންވަނަ ލަނޑު ޖަހައި ދީފަ އެވެ. އެ ޓީމުގެ ހަތަރުވަނަ ލަނޑު ލިބުނު ޕެނަލްޓީއަކުން ޖެހީ ހުސައިން ޝަރީފެވެ.
އޭދަފުށީ ޓީމަށް އެ ރަށުން ރަތްދޫލައިގެ މަރުހަބާއެއް
އޭދަފުއްޓަށް އެއް ލައްކަ، އައްޑުއަށް ބައި ލައްކަ
އޭދަފުށީގެ ތަފާތަކީ ފުޓްބޯޅައަށް ކުރި އިންވެސްޓް
"ރަށު ލޯބީގައި ކުޅޭއިރު އަންނަނީ އާދަޔާހިލާފު ޖޯޝެއް"
އައްޑޫ ބަލިކޮށް އޭދަފުށިން ގޯލްޑް ކަޕް ކާމިޔާބުކޮށްފި
އޭދަފުއްޓާއި އައްޑޫ: 36 އަހަރުގެ ކުރީގެ ހަނދާނެއް
އައްޑު އަށް މަދުން ޓިކެޓް ވިއްކި މައްސަލަ ހޫނުވެއްޖެ
އޭދަފުށި: ނުފޫޒުގަދަ ނަމެއް، މުއްސަނދި ތާރީހެއް
މިއީ ފަންޑިތަވެރިއެއް ނޫން، އޭދަފުށީގެ ލެޖެންޑެއް
އޭދަފުއްޓަކީ ތޯތޯ ޓީމެއްނޫން، މާލެ ބަލިކޮށް ފައިނަލަށް