ފިއުލް ސަޕްލައިސް މޯލްޑިވްސް (އެފްއެސްއެމް)ގެ މުވައްޒަފުންތަކެއް އެ ކުންފުނީގެ ތެލުން ވައްކަންކޮށް، އެ ތެޔޮ ވިއްކައިގެން ލިބުނު ފައިސާ ލޯންޑާކުރި ކަމަށް ޝައްކު ކުރެވޭ މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފި އެވެ.
01 ޑިސެމްބަރ 2024
ފިއުލް ސަޕްލައިސް މޯލްޑިވްސް (އެފްއެސްއެމް)ގެ މުވައްޒަފުންތަކެއް އެ ކުންފުނީގެ ތެލުން ވައްކަންކޮށް، އެ ތެޔޮ ވިއްކައިގެން ލިބުނު ފައިސާ ލޯންޑާކުރި ކަމަށް ޝައްކު ކުރެވޭ މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފި އެވެ.
ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެފްއެސްއެމްގެ މުވައްޒަފުންތަކެއް އެ ކުންފުނީގެ ތެލުން ވައްކަންކޮށް، އޭގެން ލިބޭ ފައިސާ ލޯންޑާކުރަމުން ދާ ކަމަށް ޝައްކު ކުރެވޭ މައްސަލައެއް ފުލުހުން ތަހުގީގުކުރަމުންދާ ކަމަށެވެ.
އެ ތަހުގީގުގެ ތެރެއިން ފުލުހުންގެ ހާއްސަ ޓީމުތަކުން މިހާތަނަށް 10 މީހުންނާއި ދެ ގެއެއް އަދި ތެޔޮ އުފުލާ ދެ ބާޖު ބަލައި ފާސްކޮށް، މައްސަލައާ ގުޅުންހުރި އިލެކްޓްރޯނިކް ސާމާނާއި ލިޔެކިޔުން ވެސް ހޯދާފައިވާ ކަމަށް އިހުސާން ވިދާޅުވި އެވެ.
ތަހުގީގު ކުރިއަށް ދާ ވަރަކުން ފުލުހުންގެ ފަރާތުން އެ މައްސަލައާ ގުޅޭ އިތުރު ތަފްސީލު ހާމަކުރާނެ ކަމަށް ވެސް އިހުސާން ވިދާޅުވި އެވެ.
"މިފަދަ މައްސަލަތައް ހޯދާ ފުރިހަމައަށް އަވަހަށް ތަހުގީގުކޮށް ވަކި މީހަކު އިސްތިސްނާނުކޮށް ގާނޫނީ ފިޔަވަޅު އެޅުމަކީ ރައީސް ޑރ. މުއިއްޒު ވަރަށް އިސްކަންދެއްވާ ކަމެއް،" އިހުސާން ވިދާޅުވި އެވެ.
މީގެ ކުރިން ވެސް މި ކަހަލަ މައްސަލައެއް ވަނީ ފެންމަތިވެފަ އެވެ. މިދިޔަ ޖެނުއަރީ މަހު ފުލުހުން ބުނި ގޮތުގައި، އެމްޕީއެލްއަށް ޑެލިވަރީ ނުކުރާ ތެޔޮތަކެއް އެމްޕީއެލްއަށް ލިބިފައިވާ ކަމަށް ބަޔާންކޮށް، 119 ޑެލިވަރީ އޯޑާއަކަށް އެމްޕީއެލްއިން އެފްއެސްއެމްއަށް ފައިސާ ދޫކޮށް އެ ފައިސާއަށް ހިޔާނާތްތެރިވެފައިވާ ކަމަށް ތުހުމަތުކުރެވޭ ހެކި ވަނީ ލިބިފަ އެވެ.
އޭރު ފުލުހުން ބުނި ގޮތުގައި، ޖުމްލަ 6.7 މިލިއަނަށް ވުރެ ގިނަ ރުފިޔާ އެމްޕީއެލްގައި މަސައްކަތްކުރާ މުވައްޒަފުންނާއި އެފްއެސްއެމްގައި މަސައްކަތްކުރާ މުވައްޒަފުން ގުޅިގެން ހިޔާނާތްތެރިވި ކަމަށް ތަހުގީގަށް ވަނީ ހޯދިފަ އެވެ.
އެ މައްސަލާގައި ޝާމިލުވަނީ އެއް ބިދޭސީއަކާއި ހަތަރު ދިވެއްސެކެވެ. އެއީ އެފްއެސްއެމްގައި މަސައްކަތްކުރާ ތިން މުވައްޒަފަކާއި އެމްޕީއެލްގައި މަސައްކަތްކުރާ ދެ މުވައްޒަފެކެވެ. އެ އެންމެންގެ މައްޗަށް ދައުވާކުރަން ވެސް ފޮނުވި އެވެ.
ޑޮލަރު ފޭރުމުގައި ބައިވެރިވި ހަތަރު މީހަކު ހައްޔަރު
ހުޅުމާލޭގައި ފޭރުނު މައްސަލާގައި މީހަކު ހައްޔަރުކޮށްފި
ޝިފާއުގެ މައްޗަށް 16 ދައުވާއެއް ސާބިތުވެއްޖެ
ހެކި ގެއްލެނީ، މިވަރުން އިތުބާރު ކުރާނީ ކިހިނެއް؟
ސިނގިރޭޓް ވަގަށް ނެގި މައްސަލާގައި ބިދޭސީއަކު ހައްޔަރު
އޮޕަރޭޝަން އަލިމަގު: "އެންމެންނަކީ ވިޔަފާރީގައި އުޅޭ މީހުން"
"ޑްރަގްގެ ވިޔަފާރިކުރާ ނަމަ އުޅެން އުނދަގޫކުރާނަން"
ވަގު ސިނގިރޭޓާ ގުޅޭ މައުލޫމާތު ދޭން ފުލުުުހުން އެދިއްޖެ
އެއާޕޯޓުން ފޭރުނު 'އެންމެ ޑޮލަރެއް' ވެސް އަދި ނުފެނޭ
ހައްޔަރުކުރި މީހުން ޑޮލަރު ގުނާތަން ސީސީޓީވީއަށް ފެނޭ!