ގޯލްޑް ކަޕުގައި ބ. އޭދަފުއްޓާ ދެކޮޅަށް މާލެއިން ކުޅުނު މެޗުގެ ފަހު ވަގުތު، ކީޕަރު އާތިފް އަހްމަދަށް އަނިޔާވުމުން ކީޕަރުގެ ޖޯޒީ ލައި އަތައް އަންގިލައްވައިގެން ޓީމުގެ ކެޕްޓަން ރިލްވާން ވަހީދު ގޯލް ބަލަހައްޓައިފި އެވެ.
02 ޑިސެމްބަރ 2024
ގޯލްޑް ކަޕުގައި ބ. އޭދަފުއްޓާ ދެކޮޅަށް މާލެއިން ކުޅުނު މެޗުގެ ފަހު ވަގުތު، ކީޕަރު އާތިފް އަހްމަދަށް އަނިޔާވުމުން ކީޕަރުގެ ޖޯޒީ ލައި އަތައް އަންގިލައްވައިގެން ޓީމުގެ ކެޕްޓަން ރިލްވާން ވަހީދު ގޯލް ބަލަހައްޓައިފި އެވެ.
މެޗުގެ ފަހު ވަގުތު އާތިފަށް އަނިޔާވެ، އޭނާ ދަނޑުން ބޭލީ އަށިގަނޑަށްލައިގެންނެވެ. ފުރަތަމަ ޑިވިޝަނުގައި ތަޖުރިބާކާރު ކީޕަރު ތޮލާލް ހަސަން ވެސް ބެންޗުގައި ހުއްޓެވެ.
އެކަމަކު އެ މެޗުގައި ދެން އިތުރު ބަދަލެއް ކުރެވޭކަށް މާލެ ޓީމަކަށް ނެތެވެ. މެޗަށް އެ ޓީމުގެ ބަދަލު ވަނީ ހަމަވެފަ އެވެ. މަޖުބޫރުވީ ދަނޑުގައި ހުރި ކުޅުންތެރިޔަކު ގޯލަށް ކުޅުވާށެވެ. ބެންޗު ކައިރިއަށް ގޮސް ކީޕަރުގެ ޖޯޒީ ލައި އަންގި ލެއްވީ ރިލޭ އެވެ.
މިއީ ގަލޮޅު ދަނޑުގައި އޭނާ ގޯލް ބެލެހެއްޓި ފުރަތަމަ ފަހަރެވެ. އެކަމަކު މީގެ ކުރިން ފުޓްސަލްގައި އޭނާ ކީޕަރަކަށް ކުޅެ ގޯލްޑް ބަލަހައްޓާފައި ވެއެވެ. އެންމެ ފަހުގެ ގޯލްޑަށް ފުޓްސަލް މުބާރާތުގައި މައްޗަންގޮޅި ޓީމުގެ ގޯލް ރިލޭ ބެލެހެއްޓި އެވެ.
އޭނާ ބުނީ ޓީމުން ބޭނުންވެއްޖެނަމަ، ކޮންމެ މަގާމަކަށް ވެސް ކުޅެން ޖެހުނަސް އޭނާ އެކަމަށް ފުރަގަސް ނުދޭނެ ކަމަށެވެ.
"ޓީމުން އެ ވަގުތެއްގައި ބޭނުންވި ރޯލެއް އަދާކުރަމުން މިހާތަނަށް ވެސް މިއައީ. ކުޅުނު ކޮންމެ ޓީމެއްގައި ވެސް މަސައްކަތްކޮށްފައި ހުންނާނީ އެގޮތަށް. ޓީމަށްޓަކައި ކޮންމެ މަގާމަކަށް ކުޅެން ޖެހުނަސް ތިއީ ނުކުރެވޭނެ ކަމެކޭ ނުބުނަން. ރޭ ގެ މެޗުގައި ވެސް އެކަން އެ ފެނުނީ،" ރިލޭ ބުންޏެވެ.
މެޗުން އޭނާގެ ޓީމު ބަލިވީ 2-0 ންނެވެ. ރިލޭ ބުނީ ރޭގެ މެޗުގައި މުޅި ޓީމުގެ ފަރާތުން ފެނުނީ ދަށް ކުޅުމެއް ކަމަށެވެ.
"މެޗަށް ނުކުތީ މޮޅުވާން. ދެވަނަ ބުރަށް ގޮސްފައި އޮތީމަ ކުޅުންތެރިންނަށް މާ ފަސޭހަކޮށް މެޗު ނެގުނީހެން ހީވަނީ. މެންޓަލިޓީ އެގޮތަށް ވިސްނަންޏާ ދެން މެޗުގައި ކިތަންމެ މަސައްކަތެއް ކުރިއަސް ނަތީޖާއެއް ނާންނާނެ. އެކަން ފެނިގެން ދިޔައީ،" ރިލޭ ބުންޏެވެ.
"ކުޅުންތެރިން ޒިންމާނަގައި މިކަންކަން ރަނގަޅުކޮށް ދެވަނަ ބުރަށް ނުކުންނާނެ. ނޮކައުޓް ސްޓޭޖް މެޗެއްގައި މިހެން ދިމާނުވިކަން އެއީ ނަސީބު. އިރާދަކުރެއްވިއްޔާ ހެދުނު ގޯސްތައް ރަނގަޅުކޮށްގެން ނުކުންނާނީ."
އޭނާ ބުނީ ދެން އަންނަ މެޗެއްގައި މާލޭގެ ސަޕޯޓަރުން ވެސް ދަނޑަށް ވަދެ ޓީމުގެ ފަހަތުގައި ތިބޭނެކަމަށް އޭނާ އުއްމީދު ކުރާ ކަމަށެވެ.
ގްރީންގެ ތަފާތަކީ ބަދަހި އާއިލާއެއްގެ ގޮތުގައި އޮތުން
ބްރެޒިލް އެފްއޭގެ އިންތިހާބުން ރޮނާލްޑޯ ވަކިވެއްޖެ
ލިވަޕޫލްގައި ވެންޑައިކް ދެމިހުންނާނެކަން ޔަގީނެއް ނޫން
ވޯލްޑް ކަޕްގެ ޓާސްކްފޯހުގެ ޗެއާމަނަކަށް ޓްރަމްޕް
ބާސާ އަށް ހުރިހާ ތައްޓެއް ހޯދޭނެ: ރަފީނިއާ
ޕީއެސްޖީން ލީގު ބުރުގެ އެއްވަނަ ލިވަޕޫލް ކަޓުވާލައިފި
ޔުނައިޓެޑްގެ އާ ސްޓޭޑިއަމް ހަދަން ޓްރެފޯޑް ތަޅާލަނީ
ހޯމްއަވޭ ފޯމެޓް ފެނަށް، ސާފް ޗެމްޕިއަންޝިޕް ލަންކާއަށް
ލިވަޕޫލުގެ ކިޓް ޕާޓްނަރަކަށް އެޑިޑާސް
ކޯޓުއާއަށް ޖާގަ ދޭތީ ދެ ވަނަ ކީޕަރު ޓީމުން ވަކިވެއްޖެ