ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އާބަން ސެންޓަރުތައް ތަރައްގީ ކުރުމުގެ މަސައްކަތް ފަށަން އެކަމަށް ހާއްސަ ގާނޫނެއް ހަދަން ފާސްކުރި އާބަން ޑިވެލޮޕްމަންޓް ބިލް، ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގު ކުރައްވައިފި އެވެ.
02 ޑިސެމްބަރ 2024
ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އާބަން ސެންޓަރުތައް ތަރައްގީ ކުރުމުގެ މަސައްކަތް ފަށަން އެކަމަށް ހާއްސަ ގާނޫނެއް ހަދަން ފާސްކުރި އާބަން ޑިވެލޮޕްމަންޓް ބިލް، ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގު ކުރައްވައިފި އެވެ.
ރައީސް މިއަދު ތަސްދީގު ކުރެއްވި ގާނޫނަށް އަމަލު ކުރަން ފަށާނީ ހަ މަސް ފަހުންނެވެ.
އާބަން ޑިވެލޮޕްމަންޓް ބިލާ އެކު، އާބަން އޮތޯރިޓީގެ ނަމުގައި ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓްރީގެ ދަށުން އާ އޮތޯރިޓީއެއް އުފައްދާނެ އެވެ. މި އޮތޯރިޓީއަކީ ބޮޑެތި ބާރުތަކެއް ލިބޭ ގޮތަށް އުފައްދާ ތަނެކެވެ. މިސާލެއްގެ ގޮތުން މި ތަން ވެގެންދާނީ ހުޅުމާލެ ތަރައްގީ ކުރާ އެޗްޑީސީ ފަދަ މަސައްކަތްތައް ކުރާ ތަނަކަށެވެ.
އެޗްޑީސީ އާއި މާލޭ ސިޓީ ކައުންސިލާ ދެމެދު ހުޅުމާލެ ތަރައްގީ ކުރުމުގެ ކަންތައްތަކުގައި އަބަދުވެސް ދެބަސްވުން އޮވެ އެވެ. އެފަދަ ދެބަސްވުންތަކެއް ކުރިއަށް އޮތް ތަނުގައި އާބަން އޮތޯރިޓީ އާއި ކައުންސިލްތަކާ ދެމެދު އުފެދިދާނެ ކަމަށް ބައެއް ބޭފުޅުން ލަފާ ކުރައްވަ އެވެ.
ސަރުކާރުން މިހާރު ވަނީ އާބަން ސެންޓަރުތަކުގެ ގޮތުގައި ތަރައްގީކުރާނެ ރަށްތައް ކަނޑައަޅައިފަ އެވެ. އެއީ، ރ. އުނގޫފާރު، ބ. އޭދަފުށި، ޅ. ނައިފަރު، އދ. މަހިބަދޫ، ފ. ނިލަންދޫ، ދ. ކުޑަހުވަދޫ އަދި ލ. ފޮނަދު އެވެ.
އާބަން ޑިވެލޮޕްމެންޓް ބިލާ މެދު ކޮމިޓީ މަރުހަލާގައި ލޯކަލް ގަވަމެންޓް މިނިސްޓްރީން ވަނީ ކަންބޮޑުވުންފާޅުކޮށްފަ އެވެ. މީގެ އިތުރުން އިދިކޮޅު އެމްޑީޕީން ބުނެފައި ވަނީ މި ބިލުން ލާމަރުކަޒީ ނިޒާމުގެ ހަމަތަކަށް ގުޑުން އަރައި، ކައުންސިލްތަކުގެ މަސައްކަތް ހަނިވެގެންދާނެ ކަމަށެވެ.
ލޯކަލް ގަވަމެންޓް މިނިސްޓްރީން ބުނެފައިވާ ގޮތުގައި މި ބިލުން ކައުންސިލްތަކުގެ ބާރު ކުޑަވެގެންދާނެ އެވެ.
"މި ބިލްގައި ލާމަރުކަޒު ނިޒާމާ ތައާރަޒުވާ ބައިވަރު ކަންކަން ފާހަގަކުރެވޭ. މި ބިލް ފާސްވެއްޖެ ނަމަ، ކައުންސިލްތަކުގެ ބާރުތައް ވަރަށް ބޮޑަށް ހަނިވެގެންދާނެ،" ލޯކަލް ގަވަމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ހާޝިމް ވިދާޅުވެފައިވެ އެވެ.
ބިލްގެ މާއްދާތަކުގެ ތެރެއިން އެންމެ ބޮޑު ކަންބޮޑުވުމެއް އުފެދިފައިވަނީ 10 ވަނަ މާއްދާއާ މެދު އެވެ. އެ މާއްދާގައި އޮތީ:
- އާބަން ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅާ ވަކި ސަރަހައްދަކީ ލޯކަލް ކައުންސިލެއްގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ސަރަހައްދެއް ކަމަށްވީ ނަމަވެސް، އެ ސަރަހައްދެއް ޕްލޭން ކުރުމާއި ތަރައްގީ ކުރުމުގެ މަސައްކަތް ކުރާނީ އާބަން އޮތޯރިޓީން.
- އާބަން ސަރަހައްދެއްގައި ދޭން ޖެހޭ ރަށްވެހިކަމުގެ ހިދުމަތްތައް ދިނުމާއި މުނިސިޕަލް ކަންކަން ކުރުމުގެ ބާރު އޮންނާނީ ކައުންސިލްތަކަށް. - ޕްލޭންކޮށް ތަރައްގީ ކުރުމާ ގުޅޭ ގޮތުން ކުރަންޖެހޭ ކަންކަން ވިލަރެސްކޮށް، މަސައްކަތް ކުރިއަށް ގެންދަން ޖެހޭނީ ކައުންސިލާއި އޮތޯރިޓީއާ ދެމެދު ލިޔުމުން ވެވޭ އެއްބަސްވުމެއްގެ ދަށުން.
- ތަރައްގީގެ މަޝްރޫއުތައް ނިމުމާ އެކު އޮތޯރިޓީ އަށް ދީފައިވާ އިހްތިސާސް ނިމުމަކަށް އަންނާނެ.
ލޭންޑް އެންޑް ސާވޭ އޮތޯރިޓީ އުވާލައިފި
ހިޔާ ފްލެޓާއި ވިނަރެސް ފްލެޓްގެ ކުލި ކުޑަކޮށްފި
ޓާމިނަލް ބޭނުންކުރަން ހަތް ފަރާތަކުން ޝައުގުވެރިކަން
ބިލް އަނބުރާ ފޮނުވީ، ސުލޫކުގެ އުސޫލާ ފުށުއަރާތީ
ސުޕްރީމްކޯޓުގެ ބެންޗް ކުޑަކުރާ ބިލު އަނބުރާ މަޖިލީހަށް
ސަރުކާރުން ހިލޭ ހައްޖަށް ފޮނުވާ މީހުން ކަނޑައަޅައިފި
ފްލެޓަށް އެދުނު އެންމެންނަށް ބޯހިޔާވަހިކަން ހަމަޖެހޭނެ
އަންގާރައިން ފެށިގެން މަސްކޭސް ދޭނީ މިފްކޯ ފިހާރަތަކުން
ދިވެހި އަންހެނުންނަށްޓަކައި ގައުމު ފަހުރުވެރިވޭ: ރައީސް
މާލޭ ދެޓާމިނަލެއްގެ ބަނދަރު ފެރީތަކަށް ހުޅުވާލަނީ