އިބްރާހިމް ވަހީދު ހަސަން (އިއްބެ) ގެ ލަނޑުން. ކ. ހުރާ 1-0 ން ބަލިކޮށް އައްޑޫން ދެވަނަ ބުރުގެ ޖާގަ ޔަގީން ކޮށްފި އެވެ.
02 ޑިސެމްބަރ 2024
އިބްރާހިމް ވަހީދު ހަސަން (އިއްބެ) ގެ ލަނޑުން. ކ. ހުރާ 1-0 ން ބަލިކޮށް އައްޑޫން ދެވަނަ ބުރުގެ ޖާގަ ޔަގީން ކޮށްފި އެވެ.
މޮޅާ އެކު އައްޑޫން ވަނީ ފަސް ޕޮއިންޓް ހޯދާފަ އެވެ. މި ވަގުތު ގުރޫޕް ސީގެ ތާވަލުގެ އެއްވަނައިގައި ވެސް އޮތީ އެ ޓީމެވެ. އެކަމަކު މާދަމާ. ޅ. ކުރެންދުއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެގެން ކ. ގުރައިދުއަށް ގުރޫޕްގެ އެއްވަނަ ލިބޭނެ އެވެ.
އައްޑޫ މިރޭ މޮޅުވުމުން، ގުރައިދު އަށް ވަނީ ދެވަނަ ބުރުގެ ޖާގަ ކަށަވަރުވެފަ އެވެ.
ހުރާ މެޗުން ބަލިވުމުން، އެ ޓީމަށް ޖެހޭނީ ގުރައިދު އާއި ކުރެންދޫގެ މެޗުގެ ނަތީޖާ އަށް އިންތިޒާރު ކުރާށެވެ. ކުރެންދޫ މޮޅުވެއްޖެނަމަ، ދެވަނަ ބުރަށް ދާނީ އެ ޓީމެވެ. އެހާހިސާބުން ހުރާ އަށް މުބާރާތް ނިމޭނެ އެވެ. އެކަމަކު ދެވަނަ ބުރުގެ ޖާގަ ކުރެންދުއަށް ޔަގީން ކުރެވެން އޮތް ގޮތަކީ މެޗުން މޮޅުވުމެވެ. މެޗު އެއްވަރުވެއްޖެ ނަމަވެސް ހުރާ ދެވަނަ ބުރަށް ދާނެ އެވެ.
މިރޭގެ މެޗުގެ ފުރަތަމަ ހާފުގައި އައްޑޫގެ ލަނޑު އިއްބެ ޖެހި އެވެ. އެ ޓީމުގެ ހާޒިމް ފައުޒީ ހުރާގެ އޭރިއާ ތެރެއަށް ހުރަސްކޮށް ދިން ބޯޅައިން އިއްބެ ވަނީ ގޯލްގެ ތެރެއަށް ބޯޅަ ވައްދާލައިފަ އެވެ.
އޭދަފުއްޓަށް އެއް ލައްކަ، އައްޑުއަށް ބައި ލައްކަ
އައްޑޫ ބަލިކޮށް އޭދަފުށިން ގޯލްޑް ކަޕް ކާމިޔާބުކޮށްފި
އޭދަފުއްޓާއި އައްޑޫ: 36 އަހަރުގެ ކުރީގެ ހަނދާނެއް
އައްޑު އަށް މަދުން ޓިކެޓް ވިއްކި މައްސަލަ ހޫނުވެއްޖެ
ރާއްޖޭގައި ފުޓްބޯޅަ ކުޅޭގޮތް ޒަމާނީކޮށްލީ އައްޑޫން!
އައްޑޫގެ ސަޕޯޓަރުން ދަތުރުކުރަން ވަކި ފްލައިޓެއް
މިއީ އައްޑޫ ފުޓްބޯޅައިގެ ޖޭމްސް ބޮންޑް!
އަލިފުށި ކަޓުވާލުމަށް ފަހު އައްޑޫ ފައިނަލަށް
މާފުށި ކަޓުވާލުމަށް ފަހު އައްޑޫ ސެމީ އަށް
ހަތް ލަނޑު ޖަހައި އައްޑޫން ފެންވަރު ދައްކާލައިފި