ނައިންޓީ ޕްލަސް ގޯލްޑް ކަޕުގައި ވާދަކުރާ ބ. އޭދަފުށީ ޓީމަށް މިޑްފީލްޑަރު ނިޝާމް މުހައްމަދު ރަޝީދު (ޕޮގް) ދޫކުރަން ކްލަބް އީގަލްސް އިން ކީ އަގުކުޑަކޮށްފި ކަމަށާއި، އެހެންކަމުން މުބާރާތުގެ ބާކީ ބައިގައި އޭނާ އޭދަފުށީ ޓީމުން ފެންނާނެ ކަމަށް އެ ރަށު ޓީމުގެ އޮފިޝަލަކު ބުނެފި އެވެ.
09 ޑިސެމްބަރ 2024
ނައިންޓީ ޕްލަސް ގޯލްޑް ކަޕުގައި ވާދަކުރާ ބ. އޭދަފުށީ ޓީމަށް މިޑްފީލްޑަރު ނިޝާމް މުހައްމަދު ރަޝީދު (ޕޮގް) ދޫކުރަން ކްލަބް އީގަލްސް އިން ކީ އަގުކުޑަކޮށްފި ކަމަށާއި، އެހެންކަމުން މުބާރާތުގެ ބާކީ ބައިގައި އޭނާ އޭދަފުށީ ޓީމުން ފެންނާނެ ކަމަށް އެ ރަށު ޓީމުގެ އޮފިޝަލަކު ބުނެފި އެވެ.
އީގަލްސް އިން އެންމެ ފުރަތަމަ ބުނީ ނިޝާމް ދޫކުރެވޭނީ 200،000 ރުފިޔާގެ ރިލީޒް ފީ އެއް ދެއްކުމުން ކަމަށެވެ. އޭދަފުށިން އެ ރަށް ނިސްބަތްވާ ޒުވާން މިޑްފީލްޑަރުގެ ނަން ޓީމު ލިސްޓުގައި އެންމެ ފުރަތަމަ ޖެހި ނަމަވެސް ކުޅެވޭ ގޮތް ނުވީ އެ އަދަދު ދައްކަން ޖެހުމުންނެވެ.
އޭދަފުށިން އެކަމާ ގުޅޭ ގޮތުން އީގަލްސް އަށް ސިޓީއެއް ވެސް ފޮނުވި އެވެ. އެކަމަކު އެ ކްލަބުން ވަނީ ޓްރާންސްފާ ފީ ނުދެނީސް ދޫނުކުރާނެ ކަމަށް އަންގައިފަ އެވެ. ނަމަވެސް ފަހުން މަޝްވަރާކޮށްގެން މިވަނީ އަގުކުޑަކޮށްފަ އެވެ.
"އީގަލްސް އިން ވަނީ ރިލީޒް ފީ ކުޑަކޮށް ދީފައި. ދެވަނަ ބުރުގައި އިރާދަކުރެއްވިއްޔާ ނިޝާމް އޭދަފުށީ ޓީމުން ފެންނާނެ. މިހާރު އޭނާ އޭދަފުށީ ޓީމުގެ ޕްރެކްޓިހުގައި ވެސް ބައިވެރިވޭ،" އޭދަފުށީ ޓީމުގެ އޮފިޝަލް ބުންޏެވެ.
ގޯލްޑް ކަޕުގައި ދެވަނަ ބުރުގައި އޭދަފުށީގެ ފުރަތަމަ މެޗުގައި މިރޭ ނުކުންނާނީ ކ. މާފުއްޓާ ދެކޮޅަށެވެ. އެކަމަޖު މި މެޗުގައި އޭނާ ނުފެނިދާނެ އެވެ.
"މި މެޗުގައި ޕޮގް އަށް ކުޅެވޭނެ ކަމެއް ނޭނގޭ. އެކަމަކު [ދެވަނަ ބުރުގެ] ދެވަނަ މެޗުގައި ކުޅެވޭ ވަރަށް ހުރިހާ ކަމެއް ނިމެނޭ،" އޮފިޝަލް ބުންޏެވެ.
އޭދަފުށީ ޓީމަށް އެ ރަށުން ރަތްދޫލައިގެ މަރުހަބާއެއް
އޭދަފުއްޓަށް އެއް ލައްކަ، އައްޑުއަށް ބައި ލައްކަ
އޭދަފުށީގެ ތަފާތަކީ ފުޓްބޯޅައަށް ކުރި އިންވެސްޓް
"ރަށު ލޯބީގައި ކުޅޭއިރު އަންނަނީ އާދަޔާހިލާފު ޖޯޝެއް"
އައްޑޫ ބަލިކޮށް އޭދަފުށިން ގޯލްޑް ކަޕް ކާމިޔާބުކޮށްފި
އޭދަފުއްޓާއި އައްޑޫ: 36 އަހަރުގެ ކުރީގެ ހަނދާނެއް
އައްޑު އަށް މަދުން ޓިކެޓް ވިއްކި މައްސަލަ ހޫނުވެއްޖެ
އޭދަފުށި: ނުފޫޒުގަދަ ނަމެއް، މުއްސަނދި ތާރީހެއް
މިއީ ފަންޑިތަވެރިއެއް ނޫން، އޭދަފުށީގެ ލެޖެންޑެއް
އޭދަފުއްޓަކީ ތޯތޯ ޓީމެއްނޫން، މާލެ ބަލިކޮށް ފައިނަލަށް