ނައިންޓީ ޕްލަސް ގޯލްޑް ކަޕްގެ ގުރޫޕް ސްޓޭޖްގެ ދެވަނަ ބުރުގައި ކ. މާފުށި އިން ފުޓްބޯޅައިގެ ވަރުގަދަ ބ. އޭދަފުއްޓާ ވާދަކޮށް 2-0 އިން މޮޅުވެއްޖެ އެވެ.
09 ޑިސެމްބަރ 2024
ނައިންޓީ ޕްލަސް ގޯލްޑް ކަޕްގެ ގުރޫޕް ސްޓޭޖްގެ ދެވަނަ ބުރުގައި ކ. މާފުށި އިން ފުޓްބޯޅައިގެ ވަރުގަދަ ބ. އޭދަފުއްޓާ ވާދަކޮށް 2-0 އިން މޮޅުވެއްޖެ އެވެ.
މާފުށިން މޮޅަށް ކުޅެ އޭދަފުށީގެ ގޯލާ ދިމާއަށް ގިނަ ހަމަލާތަކެއް ފޮނުވާލި މި މެޗުގައި އެޓީމުން ވަނީ ފުރަތަމަ ހާފުގައި ލީޑު ނަގައިފަ އެވެ. އޭރިއާ ބޭރުން ފޮނުވާލި ހަމަލާ ގޯލުގެ ތިރީ ކަމަށް އަމާޒު ކޮށްލައިގެން މި ގޯލު އެޓީމަށް ޖަހައިދިނީ އިބްރާހިމް އަތީގު ހަސަން (އިއްބެ) އެވެ.
މާފުށީ ސަޕޯޓަރުންގެ ފޯރި ފުރިހަމައަށް ދައްކާލި މި މެޗުގައި އެޓީމުގެ ދެވަނަ ގޯލު ޖެހީ ފުރިހަމަ ވަގުތު ހަމަވެފައި ވަނިކޮށެވެ. ހޫދު ނާޒިރު އޭރިއާ ތެރެއަށް ވަދެ ފޮނުވާޅި ހަމަލާ، އޭދަފުށީގެ ކީޕަރު އަލީ އަޖުފާން އަމްޖަދު ދެ ފަހަރަށް މަތަ ކުރުމުން ވެސް ރީބައުންސްވި ވަގުތު ބޯޅަ ހޯދައި މި ގޯލު ޖަހައިދިނީ އިސްމާއިލް މަފާޒް ހުސެއިން އެވެ.
މެޗަށް ފަހު މާފުށީގެ ސަޕޯޓަރުން ޓީމުގެ ކުޅުންތެރިންނަށް މަރުހަބާ ކިޔަނީ.-- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު
އިތުރު ވަގުތުގައި އޭދަފުށީގެ ކީޕަރު އަޖުފާން އަށް ވަނީ ރަތް ކާޑު ވެސް ދައްކައިފަ އެވެ. އޭނާއަށް ރަތް ކާޑު ދެއްކީ އޭރިއާ ބޭރުން މާފުށީގެ ކުޅުންތެރިޔަކަށް ފައުލް ކޮށްގެންނެވެ. އޭދަފުށީގެ ބެންޗުގައި ކީޕަރެއް ނެތުމުން ފަހު ވަގުތު ގޯލަށް އެރީ އެޓީމުގެ ޑިފެންޑަރު ރައްޒާން ރަޝީދެވެ.
އޭދަފުއްޓަކީ ގުރޫޕް ސްޓޭޖުގެ ފުރަތަމަ ބުރުގައި ކުޅުނު ތިން މެޗު ވެސް ކާމިޔާބު ކުރި ޓީމެކެވެ. ނަމަވެސް މާފުށި ދެވަނަ ބުރުން ޖާގަ ހޯދީ ގުރޫޕްގެ ތިންވަނަ ޓީމުގެ ގޮތުގަ އެވެ.
ފުރަތަމަ ދެ މެޗުން މޮޅެއް ނުހޯދުނު މާފުށި ވަނީ ގުރޫޕް ސްޓޭޖުގެ ފުރަތަމަ ބުރުގެ ފަހު މެޗުގައި 1-0 އިން، އެ ޓީމު ހިމެނުނު ގުރޫޕްގެ އެއްވަނަ ހޯދި އަލިފުށި ބަލިކޮށްފަ އެވެ. އަދި މިރޭ އޭދަފުށި ބަލިކޮށް މާފުށިން މި ވަނީ ކުއާޓާ ފައިނަލްގެ ޖާގައެއް ހޯދުމާ ވެސް ގާތަށް ޖެހިލައިފަ އެވެ.
ގުރޫޕް ސްޓޭޖުގެ ދެވަނަ ބުރުގައި އޭދަފުއްޓާއި މާފުށި ހިމެނެނީ ހއ. ދިއްދުއާ އެއް ގުރޫޕެއްގަ އެވެ. ކުއާޓާ ފައިނަލަށް ދާނީ ގުރޫޕްގެ އެންމެ ރަނގަޅު ދެ ޓީމެވެ.
އޭދަފުށީ ޓީމަށް އެ ރަށުން ރަތްދޫލައިގެ މަރުހަބާއެއް
އޭދަފުއްޓަށް އެއް ލައްކަ، އައްޑުއަށް ބައި ލައްކަ
އޭދަފުށީގެ ތަފާތަކީ ފުޓްބޯޅައަށް ކުރި އިންވެސްޓް
"ރަށު ލޯބީގައި ކުޅޭއިރު އަންނަނީ އާދަޔާހިލާފު ޖޯޝެއް"
އައްޑޫ ބަލިކޮށް އޭދަފުށިން ގޯލްޑް ކަޕް ކާމިޔާބުކޮށްފި
އޭދަފުއްޓާއި އައްޑޫ: 36 އަހަރުގެ ކުރީގެ ހަނދާނެއް
އައްޑު އަށް މަދުން ޓިކެޓް ވިއްކި މައްސަލަ ހޫނުވެއްޖެ
އޭދަފުށި: ނުފޫޒުގަދަ ނަމެއް، މުއްސަނދި ތާރީހެއް
މިއީ ފަންޑިތަވެރިއެއް ނޫން، އޭދަފުށީގެ ލެޖެންޑެއް
އޭދަފުއްޓަކީ ތޯތޯ ޓީމެއްނޫން، މާލެ ބަލިކޮށް ފައިނަލަށް