އދ. އަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ފުރާވަޑައިގެންފި އެވެ.
14 ޑިސެމްބަރ 2024
އދ. އަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ފުރާވަޑައިގެންފި އެވެ.
ރައީސް އޮފީހުން ބުނީ ދެ ދުވަހުގެ އެ ދަތުރުފުޅުގައި އެ އަތޮޅުގެ ވެރިރަށް މަހިބަދު އާއި ދަނގެތި އަދި އޮމަދު އަށް އެ މަނިކުފާނު ވަޑައިގަންނަވާނެ ކަމަށެވެ.
ހުރިހާ ރަށަކަށް ވަޑައިގެނުގެންނެވުނަސް ވީހާ ވެސް ގިނަ ރަށްތަކެއްގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވާނެ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
މިއީ މި މަހު ރައީސް އަތޮޅު ތެރެއަށް ކުރައްވާ ދެ ވަނަ ދަތުރުފުޅެވެ.
މި މަހުގެ ފުރަތަމަ ހަފުތާގައި ރައީސް ވަނީ އއ. އަތޮޅާއި މާލެ އަތޮޅުގެ ބައެއް ރަށްތަކަށް ވަޑައިގެންފަ އެވެ. އެ އަތޮޅުތަކުގެ ކައުންސިލާއި އަންހެނުން ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކާ ވެސް ރައީސް ބައްދަލުކުރެެއްވި އެވެ.
ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާއި، އަތޮޅުތަކާއި ރަށްތަކާއި ސިޓީތަކުގެ ލޯކަލް ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ރައީސް ފަށްޓަވައިގެން މިހާރު ކުރިއަށް ގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގައި އެ ރަށްރަށުގެ ރައްޔިތުންގެ ހާލު ބައްލަވައި ރައްޔިތުން އެންމެ އެދޭ ކަންކަން އޮޅުންފިލުވައި ތަރައްގީގެ މަޝްރޫއުތައް ތަރުތީބުކުރާނެ ގޮތާމެދު މަޝްވަރާކުރައްވާނެ އެވެ.
ރައީސް މުއިއްޒު ވަނީ މިހާތަނަށް 185 ރަށެއްގެ ކައުންސިލާ ބައްދަލުކުރައްވާފަ އެވެ.
ރައީސް އޮފީސް ކައިރީގައި މީޑިއާ ފެންޑާ ހުޅުވައިފި
މިނިސްޓްރީގައި ކަތުރުފަނި އަޅައިގެން ކަންބޮޑުވުން
ޖެނެރޭޝަނަލް ބޭންގެ ބިލް ރައީސް ތަސްދީގުކުރައްވައިފި
މަހުގެ އަގު 20ރ. އަށް ބަދަލުކޮށްދޭން އެދިއްޖެ
މަގާމުގައި ތިބޭ މީހުން ދުރުކުރުމުގެ ބާރު ރައްޔިތުންނަށް
"ދީނުގައި އިސްކަން ދެނީ އާއިލީ ގުޅުން ހަރުދަނާކުރަން"
ރޯދަމަހު އުމްރާވެރިންނަށް އެއް މިލިއަން ޑޮލަރު ދޫކުރި
"ވާނުވާގައި" ތިބި ބަޔަކު ޓެގާއެކު ދޫކޮށްލެވޭތޯ ބަލަނީ
ތެލެސީމިއާ ކުދިންގެ މައްސަލަތައް ހައްލުކުރާނަން: ރައީސް
ވާނުވާ ބަންދު: މޮނީޓާކުރެވޭ ގޮތަށް ދޫކޮށްދޭން އެދިއްޖެ